Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގައިދުރުކަމާއެކު ނަމާދުކުރަން އެންގުން

ކޮވިޑްގެ ޙާލަތު ގޯސްވެ ޖަމާޢަތުގައި ގައިދުރުކަމާއެކު ނަމާދުކުރުން ކުރިއަށްގެންދިޔުމަށް އަންގައިފި

ކޮވިޑް-19ގެ ހާލަތު ގޯސްވެ މާލެ ސަރަހައްދުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލަންޖެހޭ ޙާލަތަށް ވަނީ ގޮސްފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 1 މާރިޗު 2021 | ހޯމަ 13:46
އިސްލާމީ މަރުކަޒު

އިސްލާމީ މަރުކަޒު

ކޮވިޑްގެ ޙާލަތު ގޯސްވެ ޖަމާޢަތުގައި ގައިދުރުކަމާއެކު ނަމާދުކުރުން ކުރިއަށްގެންދިޔުމަށް އަންގައިފިއެވެ.

މާލޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ މި ސަރަހައްދުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލަންޖެހޭ ޙާލަތަށް ގޮސްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން ކޮވިޑް-19 ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދިއުމާއި، ޙާލަތު އިތުރަށް ގޯސްވަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދެއްވާފައިވާތީ، ފަތުވާ މަޖިލީހާއި ދީނީ ޢިލްމުވެރިންނާ މަޝްވަރާކޮށް، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 01 މާރޗް 2021 ވާ ހޯމަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން ކޮވިޑްގެ މިޙާލަތުން ލުޔެއް ލިބެންދެން ގްރޭޓަރ މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާޢަތް، ގައި ދުރުކަމާއެކު ކުރިއަށް ގެންދިއުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ. މިގޮތަށް ނިންމާފައިވަނީ މިސްކިތުގެ ޖަމާޢަތް މެދުކަނޑާލައި މިސްކިތް ބަންދުކުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްދަތިކަމަކަށްވުމާއި، މިޙާލަތުން އަރައިގަތުމަށް ކުރެވެން އޮތްކަމަކީ މިސްކިތް ބަންދު ކުރުމުގެ ބަދަލުގައި ގައިދުރުކަމާއިއެކު ނަމާދުގެ ޖަމާޢަތް، ހެދުން ކަމުގައި ފަތުވާ މަޖިލީހާއި ބައެއް ޢިލްމުވެރިން ލަފާދެއްވާފައިވާތީކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ޙާލަތު ރަނގަޅުވާން ފެށުމާއެކު ކުރިއެކޭ އެއްގޮތަށް ޖަމާޢަތުގައި ނަމާދު ޤާއިމު ކުރެވިގެންދާނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް ފާހަގަކޮށްފައެވެ. އެގޮތުން މިސްކިތްތަކުން ކާޕެޓް ނެގުމާއި، ކޮންމެ ނަމާދެއްގެ ކުރިން މިސްކިތުގައި މޮޕްލައި ސާފުކުރުމާއި، ސައބޯނި ލައިގެން އަތްދޮވެވޭނެ އިންތިޒާމު ޤާއިމުކުރުމަށް ސިޓީ ކައުންސިލުން ސަމާލުކަން ދިނުމަށް ވަނީ އަންގާފައެވެ. އަދި ކޮންމެހެން ބޭނުންކުރަންޖެހޭ ޙާލަތުގައި ނޫނީ އެއަރކޯން ބޭނުން ނުކުރުމާއި، އެއަރކޯން ބޭނުންކުރާނަމަ މިސްކިތުގެ ދޮރުތައް ދޭތެރެދޭތެރެއިން ހުޅުވާ ވައި ބަދަލުވާނެ ގޮތް ހެދުމަށްވެސްވަނީ އަންގާފައެވެ. ބަންގިއަށްފަހު 5 މިނިޓުތެރޭގައި ޤަމަތްދީ ނަމާދު ފެށުމަށާއި އެއްވެސް ނަމާދެއް 7 މިނިޓަށްވުރެ ދިގުނުކުރުމަށްވަނީ އަންގާފައެވެ. އަދި ހުރިހާ ނަމާދެއްގައިވެސް ސޫރަތުލް ފާތިޙާއަށްފަހު ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުމަށް މިސްކިތްތަކުގެ އިމާމުންނަށްވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން މިސްކިތްތަކަށް ނަމާދަށް ދާ މީހުން ސަމާލުކަންދޭންޖެހޭ ކަންކަންވެސް އިސްލާމިކް މިނިސްޓްރީންވަނީ އަންގާފައެވެ. އެގޮތުން ގެއިން ވުޟޫކޮށްގެން މިސްކިތަށް ދިޔުމާއި، އަމިއްލަ މުސައްލަ ބޭނުންކުރުމާއި، މިސްކިތުގައި މާސްކު އެޅުމާއި، މިސްކިތަށް ވަނުމާއި ނުކުތުމުގައްޔާއި، ނަމާދަށް ސަފު ހެދުމުގައި ގައިދުރުކަން ޤާއިމުކުރުމަށްވަނީ އިލްތިމާސްކޮށްފައެވެ. އަދި ފުއްޕާމޭގެ ބަލިތައް ހުންނަމީހުންނާއި ރޯގާގެ ޢަލާމަތްތައް ހުރި މީހުންނާއި ޢުމުރުން ދުވަސްވީ މީހުން ގޭގައި ނަމާދުކުރުމަށްވަނީ އިރުޝާދުދެއްވާފައެވެ. ހަމައެއާއެކު ނަމާދުކުރުމަށްފަހު މިސްކިތުގައި މަޑުނުކުރުމަށާއި މިސްކިތުގައި ހުންނަ ޚަތިމް ބޭނުން ނުކުރުމަށްވެސްވަނީ އިލްތިމާސްކޮށްފައެވެ. އަދި މިސްކިތާއި މިސްކިތުން ބޭރުގައިވެސް އަތާ އަތްޖޯޑުކޮށް ސަލާމްކުރުން ފަދަ ކަންކަމުން ދުރުހެލިވުމަށް ސަމާލުކަން ދިނުމަށްވެސް މިނިސްޓްރީންވަނީ އެދިފައެވެ.

ކޯވިޑް-19ގެ ކޭސްތައް މާލެ ސަރަޙައްދުގައި އިތުރުވުމާ ގުޅިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މިދިޔަ އަހަރު މެދުކަނޑާލިއެވެ. އެހެންނަމަވެސް ކޮވިޑްގެ ކޭސްތައް މަދުވުމާ ގުޅިގެން މިސްކިތްތައް އަލުން ހުޅުވާ ޖަމާޢަތުގައި ނަމާދުކުރަން ފެށިއެވެ. ކޮވިޑްގެ ކޭސްތައް ކަންބޮޑުވާ މިންވަރަށް އިތުރުވުމާ ގުޅިގެން ޢާއްމުކޮށް މީހުން އެއްވާ ހުރިހާ ތަންތަނެއް ބަންދުކުރުމަށް އެޗްޕީއޭއިންވަނީ ނިންމާފައެވެ. އަދި ސްކޫލްތަކުގައި ގްރޭޑް 8ން ދަށުގެ ހުރިހާ ގުރޭޑެއްގައި ކިޔެވުން އޮންލައިންކޮށް ކުރިއަށްގެންދަންވެސްވަނީ ނިންމާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދުގެ ހާލު ގޯސްވެ، އައިޖީއެމްއެޗުގައި ފަރުވާ ދެނީ

ފަނޑިޔާރު އަލީ ހަމީދުގެ ހާލު ގޯސްވެ، އައިޖީއެމްއެޗުގައި ފަރުވާ ދެނީ

06 ފެބުރުއަރީ 2018
އަދީބުގެ ހާލުކޮޅު ގޯސްވެ، އުނދަގޫތައް ކުރިމަތިވާތީ ބޯ ބާލައިފި

އަދީބުގެ ހާލުކޮޅު ގޯސްވެ، އުނދަގޫތައް ކުރިމަތިވާތީ ބޯ ބާލައިފި

02 ޖެނުއަރީ 2018
މޫސުން ގޯސްވެ، ޔެލޯ އެލަރޓް ނެރެފި!

މޫސުން ގޯސްވެ، ޔެލޯ އެލަރޓް ނެރެފި!

17 ޑިސެމްބަރު 2017
މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި

06 ނޮވެމްބަރު 2017
މޫސުން ގޯސްވެ، ވައިޓް އެލާރޓް ނެރެފި

މޫސުން ގޯސްވެ، ވައިޓް އެލާރޓް ނެރެފި

02 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު