Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާފަރު އެއަރޕޯޓު ތަރައްގީ ކުރުން

މާފަރު އެއަރޕޯޓު ތަރައްގީ ކުރުމުގެ ބޮޑެތި މަޝްރޫއުތަކެއް ފަށަނީ

ފެބްރުއަރީ 28 ވަނަ ދުވަހު ޓެންޑަރިންނަށް ހުޅުވާލާފައި ވަނީ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 28 ފެބުރުއަރީ 2021 | އާދީއްތަ 23:57
މާފަރު އެއާރޕޯޓަށް ޖައްސާފައިވާ ޕްރައިވެޓް ޖެޓް ތަކެއް

މާފަރު އެއާރޕޯޓަށް ޖައްސާފައިވާ ޕްރައިވެޓް ޖެޓް ތަކެއް

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ ބޮޑެތި މަޝްރޫއުތަކެއް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާން ކުރައްވައިފިއެވެ.

ރައީސް ސޯލިގް ވިދާޅުވީ މާފަރު އެއަރޕޯޓްގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އަބޫދާބީ ފަންޑުން އެޕްރޫވަލް ލިބި، ފެބްރުއަރީ 28 ވަނަ ދުވަހު ޓެންޑަރިންނަށް ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މިއާއިއެކު އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ން ބާއްވަމުން އަންނަ ސިލްސިލާ ރަށްވެހި ފަތިސް ކެމްޕެއިން ބައްދަލުވުމުގެ ތެރެއިން ނ. އަތޮޅުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާއި ބައްދަލުކުރައްވާ އެރަށްތަކަށް ބޭނުންވާ ތަރައްގީއާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގައި މިވަގުތު ހިންގަމުންދާ އެއަރޕޯޓްތަކުގެ ތެރެއިން އެންމެ މުހިންމު އެއް އެއަރޕޯޓްކަމަށެވެ.

އެގޮތުން، 2019 ވަނަ އަހަރު އެކަނިވެސް އިންޓަރނޭޝަނަލް 229 ފްލައިޓް މާފަރު އެއަރޕޯޓަށް ޖައްސާފައިވާއިރު، 2021 ވަނަ އަހަރުގެ ފުރަތަމަ ދެމަސް ދުވަހުގެ ތެރޭހައި ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް މާފަރު އެއަރޕޯޓަށް ޖައްސާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން ފާއިތުވި އަހަރު ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް މާފަރު އެއަރޕޯޓަށް ޖައްސާފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. ބޯޑަރު އަލުން ހުޅުވާލިއިރު، އިންޓަނޭޝަނަލް އެއާޕޯޓަކުން ލިބޭ ހިދުމަތްތަކާ އެކު މާފަރި އެއަރޕޯޓް ހުޅުވާފައިވާއިރު ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި ހިދުމަތްދޭން ފަށާފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އަދި މިހާރު މާފަރު އެއަރޕޯޓް ހިންގަނީ އައިލެންޑް އޭވިއޭޝަނުންނެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
24 ޖެނުއަރީ 2017

އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި

24 ޖެނުއަރީ 2017
އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު