Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޔޫރޮޕާ ލީގު

ގަދަ 16 ގައި ޔުނައިޓެޑާއި މިލާނުގެ ކުރިމަތިލުމެއް

ގަދަ 16 ގެ މެޗުތައް އޮންނާނީ އަންނަ މަހު 11 އާއި 18 ގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 ފެބުރުއަރީ 2021 | ހޮނިހިރު 00:48
2019 ވަނަ އަހަރު އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި ޔުނައިޓެޑާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން

2019 ވަނަ އަހަރު އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި ޔުނައިޓެޑާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ގައި މެންޗެސްޓާ ޔުނައިޓެޑާއި އޭސީ މިލާން ބައްދަލުކުރަން ޖެހިއްޖެއެވެ.

މި ފަހަރުގެ މުބާރާތުގައި ޔުނައިޓެޑާއި މިލާން ބައްދަލުކުރާއިރު، މިއީ ޔޫރޮޕާ ލީގުގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި ދެ ޓީމުގެ ދެމެދު ޔޫރަޕުގެ މުބާރާތްތަކުގައި ޖުމްލަ 10 މެޗު ކުޅެފައިވާއިރު، ޔޫރަޕިއަން ކަޕުގައި ޔުނައިޓެޑާއި މިލާން ވަނީ ހަތަރު ފަހަރު ބައްދަލުކޮށްފައެވެ. އަދި އޭގެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ހަ ފަހަރެއްގެ މަތިން މި ދެ ޓީމު ބައްދަލުކޮށްފައިވެއެވެ.

ޔުނައިޓެޑާއި މިލާނުގެ ކުރިމަތިލުންތަކުގެ ނަތީޖާއަށް ބަލާއިރު، މިލާން ފަސް މެޗުން މޮޅުވެފައިވާއިރު، ޔުނައިޓެޑުވެސް ވަނީ ފަސް މެޗުން މޮޅުވެފައެވެ. އަދި އެންމެ ފަހުން ޔޫރަޕުގެ މުބާރާތެއްގައި މި ދެ ޓީމު ބައްދަލުކޮށްފައިވަނީ 2009-10 ވަނަ އަަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައެވެ. އެ ފަހަރު ކުޅުނު ދެ މެޗުންވެސް ޔުނައިޓެޑް ވަނީ މޮޅުވެފައެވެ. އަދި އޭގެ ފަހުން 2019 ވަނަ އަހަރު އޮތް އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައިވެސް ޔުނައިޓެޑާއި މިލާން ވަނީ ބައްދަލުކޮށްފައެވެ.

ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ގުރުއަތުލުން ހުކުރު ދުވަހު ބޭއްވިއިރު، ގަދަ 16 ގައި އާސެނަލް ނުކުންނާނީ އޮލިމްޕިއާކޯސްއާ ދެކޮޅަށެވެ. އަދި ޑީނަމޯ ޒަގްރެބާ ދެކޮޅަށް ޓޮޓެންހަމް ހޮޓްސްޕާ ނުކުންނައިރު، ރޭންޖާސް ކުޅެން ޖެހޭނީ ސްލާވިއާ ޕްރާގާ ދެކޮޅަށެވެ.

ޔޫރޮޕާ ލީގުގެ ގަދަ 16 ގެ މެޗުތައް:

އަންނަ މާޗު މަހު ގަދަ 16 ގެ މެޗުތައް ކުޅޭއިރު، ފުރަތަމަ ލެގުގެ މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ މާޗު މަހުގެ 11 ވަނަ ދުވަހުއެވެ. އަދި ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އެ މަހުގެ 18 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު