Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދިނުން

އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅުއަޅާނަން: ފުލުހުން

ރައްކާތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 26 ފެބުރުއަރީ 2021 | ހުކުރު 10:09
ޕީޕީއެމް/ޕީއެންސީ މުޒަހަރާ ރޫޅާލުމުގެ ތެރެއިން،

ޕީޕީއެމް/ޕީއެންސީ މުޒަހަރާ ރޫޅާލުމުގެ ތެރެއިން،

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކާ ޚިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

ފުލުހުން ބުނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް ފެބްރުއަރީ 13 ވަނަ ދުވަހުން ފެށިގެން، ވަކި ގޮތެއް އަންގަންދެން، މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމުތަންތަނަށް އެއްވެ އުޅުން ހުއްޓައިލުމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ. އަދި އެޗްޕީއޭގެ އެންގުންތަކާ ޚިލާފަށް، އަދި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ވެސް ޚިލާފަށް ހުކުރު ދުވަހު މާލޭގެ އެކި ސަރަހައްދުތަކުގައި އެއްވުންތަކެއް ބޭއްވުމަށް ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ކޮވިޑް-19 ފެތުރުން އިންތިހާއަށް އިތުރު ވެފައިވާ މި ނާޒުކު ދަނޑިވަޅަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރަން ޖެހޭ ވަގުތު ކަމަށެވެ.

ފުލުހުން ބުނީ މިފަދަ ގާނޫނާއި ގަވައިދާ ޚިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި ހުރިހާ ރައްޔިތުން ވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކޮށް ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައިވާއިރު، އެޗްޕީއޭގެ އެންގުންތަކާ ޚިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ގާނޫނާއި ގަވާއިދާ ޚިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭކަމަށް ފުލުހުން ބުނެފައިވާއިރު، ހުކުރު ދުވަހުގެ ހަވީރު 4:00ގައި ސަރުކާރާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީ މުޒާހަރާ ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

ނަން ހާމަނުކުރުމަށް އެދި ރާއްޖެއެމްވީއަށް މައުލޫމާތު ދިން ޕީޕީއެމްގެ ކައުންސިލް މެމްބަރަކު ބުނީ މާލެސިޓީގެ އެކި ހިސާބުތަކަށް ނިސްބަތްވާ ކުދިންނަށް ބޮލަކަށް 150 ރުފިޔާ އާއި 250ރުފިޔާގެ ރޭޓުން ފައިސާ ދީގެން މުޒާހަރާއަށް ނެރުމަށް ނިންމާފައިވާ ކަމަށެވެ. މުޒާހަރާގެ މަސްލަހަތު ނަގާލުމުގެ ގޮތުން އެކި ފަރާތްތަކަށް ބޭނުންވާ ފައިސާ އަދި ޒުވާނުން ބޯން ބޭނުންކުރާ އެކި ޒާތުގެ އެއްޗެހި މުޒާހަރާ އިންތިޒާމް ކުރާ ފަރާތުން ހަމަޖައްސައިދެމުންދާ ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނު ހުސައިންމަނިކު ޕީޕއެމްގެ ލީޑަރޝިޕް މެމްބަރުންނަށް ފޯނުން ގުޅުއްވާ މާދަމާގެ މުޒާހަރާއަށް ތާއިދުކުރައްވާ ކަމަށް ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް މާދަމާގެ މުޒާހަރާއަށް ނިކުމެވެން ނެތް ކަމަށް ވިދާޅުވި ކަމަށް ޕީޕީއެމް ކައުންސިލް މެމްބަރުން ބުންޏެވެ. އަދި މުޒާހަރާއަށް ނުކުމެވެން ނެތް ނަމަވެސް މުޒާހަރާގައި ބައިވެރިވުމަށް ކުދިން ފޮނުވާނެ ކަމަށް ވިދާޅުވި ކަމަށް ވެސް އެ ކައުންސިލް މެމްބަރު ބުންޏެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި މުޒާހަރާއަށް ފަންޑު ކުރުމުގައި އެހީތެރިވެ ދެނީ މާލޭގެ މަޝްހޫރު ދެ ވިޔަފާރިވެރިޔަކާއި، މަޖިލީހުގައި ތިއްބެވި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ބައެއް މެމްބަރުންނާއި، ޔާމީން ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި، ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވާ އިދިކޮޅަށް ނިސްބަތްވާ ބައެއް ކެންޑިޑޭޓުންނެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު