Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ

އެމްއެންޔޫގެ ކެމްޕަހެއް ހިންނަވަރުގައި!

މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ބެލުމަށްފަހު ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށް

އަތޫފް އާތިފް
އަތޫފް އާތިފް | 25 ފެބުރުއަރީ 2021 | ބުރާސްފަތި 14:42
ޅ. ހިންނަވަރު، ހިންނަވަރުގައި ގައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް އެޅުން އެއީ ރައީސް ޞާލިޙްގެ ވައުދުފުޅެއް

ޅ. ހިންނަވަރު، ހިންނަވަރުގައި ގައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް އެޅުން އެއީ ރައީސް ޞާލިޙްގެ ވައުދުފުޅެއް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ކެމްޕަހެއް ޅ.ހިންނަވަރުގައި އެޅުމަށް ނިންމާ ހިންނަވަރު ކެމްޕަސް ކުރެހުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ބީއޯކިއު ހަދައިދީ ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކޮށްދިނުމަށް ހުޅުވާލައިފިއެވެ.

އެމްއެންޔޫއިން ނެރުނު ބަޔާނެއްގައި ބުނީ އެ ޔުނިވަރސިޓީގެ ހިންނަވަރު ކެމްޕަހުގެ ކުރެހުންތަކަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނެސް ވަށާފާރު ފައިނަލް ކުރުމަށްފަހު އެކުރެހުންތަކުގެ މައްޗަށް ބިނާކޮށް ބީއޯކިއު ހަދައިދިނުމަށާއި، ޓެންޑަރ ޑޮކިއުމެންޓް ތައްޔާރު ކޮށްދިނުމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން 8 މާރޗް ވާ ހޯމަ ދުވަހުގެ 10:00ގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައި އޮންނާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

އެމްއެންޔޫއިން ބުނީ މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ބެލުމަށްފަހު ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށް ކަމަށެވެ. އަދި މިކަމަށް އެދި ހުށަހަޅަންޖެހޭ ފޯމުތައް 8 މާރޗްވާ ހޯމަ ދުވަހު ބާއްވާ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށް ދެވޭނެ ކަމަށެވެ.

އެމްއެންޔޫއިން ބުނީ ބީލަން ހުށަހެޅުން އޮންނާނީ 15 މާރޗްވާ ހޯމަ ދުވަހުގެ 10:00 ގައި އެމްއެންޔޫގެ އިދާރީ މަރުކަޒުގައި ކަމަށެވެ. އަދި 8 މާރޗްވާ ހޯމަ ދުވަހުގެ ބައްދަލުވުމަށް ހާޒިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ. އަދި އިތުރު މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ އެމްއެންޔޫގެ ނަމްބަރު 3345190 މި ނަންބަރަށް ގުޅުމުން ނުވަތަ އެމްއެންޔޫގެ އީމެއިލް އެޑްރެސްprojects@mnu.edu.mvއަށް ކުރުމުން ލިބޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ގައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ހިންނަވަރުގައި އެޅުން އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާ ވައުދެކެވެ. އަދި މި ކެމްޕަސްގެ ސަބަބުން ޅ. އަތޮޅުގެ ހުރިހާ ރަށަކަށް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

އިތުރަށް ކިޔާލަން

15 އޯގަސްޓު 2019

ހިންނަވަރުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ؛ ފުލުހުން

15 އޯގަސްޓު 2019
ހިންނަވަރުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ؛ ފުލުހުން
03 އޯގަސްޓު 2019

ހޯމް މިނިސްޓްރީން އީދު ފާހަގަކުރުން ހިންނަވަރުގައި

03 އޯގަސްޓު 2019
ހޯމް މިނިސްޓްރީން އީދު ފާހަގަކުރުން ހިންނަވަރުގައި
24 ފެބުރުއަރީ 2019

ހިންނަވަރުގައި ހުރި މައްސަލަތައް ކައުންސިލުން ރައީސް ސޯލިހާ ހިއްސާކުރައްވައިފި

24 ފެބުރުއަރީ 2019
ހިންނަވަރުގައި ހުރި މައްސަލަތައް ކައުންސިލުން ރައީސް ސޯލިހާ ހިއްސާކުރައްވައިފި
20 އޮކްޓޯބަރު 2018

މަންދު ކޮލެޖްގެ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ތަފާތު 50 ކެމްޕަހެއްގައި އެއްފަހަރާ ކޭކު ފަޅައިފި

20 އޮކްޓޯބަރު 2018
މަންދު ކޮލެޖްގެ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ތަފާތު 50 ކެމްޕަހެއްގައި އެއްފަހަރާ ކޭކު ފަޅައިފި
24 ސެޕްޓެމްބަރު 2018

އެމްއެންޔޫގެ ރިޔާސީ ބަހުސްގެ ދައުވަތު އިބޫ ގަބޫލުފުޅު ކުރައްވައިފި

24 ސެޕްޓެމްބަރު 2018
އެމްއެންޔޫގެ ރިޔާސީ ބަހުސްގެ ދައުވަތު އިބޫ ގަބޫލުފުޅު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު