Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް 2017

އަހަރުތަކަކަށް ފަހު ހިންނަވަރުގައި އެމްޑީޕީގެ މައްޗަށް ޕީޕީއެމް ކުރި ހޯދައިފި

ފާއިތުވި ދެ ދައުރުގައި ވެސް ކާމިޔާބު ހޯދާފައި ވަނީ އެމްޑީޕީން

ރާއްޖެ އެމްވީ | 7 މެއި 2017 | އާދީއްތަ 06:49
ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހް ކެމްޕެއިންގައި.

ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހް ކެމްޕެއިންގައި.

ޅ. ހިންނަވަރުގައި އަހަރުތަކަކަށް ފަހު ފުރަތަމަ ފަހަރަށް އިންތިޚާބެއްގައި އެމްޑީޕީގެ މައްޗަށް ޕީޕީއެމުން ކުރި ހޯދައިފިއެވެ.

ހިންނަވަރު ފާހަގަކުރެވިފައި ވަނީ އެމްޑީޕީގެ ވަރުގަދަ މަރުކަޒެއްގެ ގޮތުގައެވެ. ނަމަވެސް ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެކަން ވަނީ ބަދަލުވެގެން ގޮސްފައެވެ. ރަށު ކައުންސިލްގެ ފަސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި ކާމިޔާބުކުރާނެ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކަނީ ޕީޕީއެމްއެވެ.

Advertisement - newsAdvertisement

މިހާތަނަށް ސާފުވި ވޯޓަށް ބަލާއިރު ހިންނަވަރުގެ އެމްޑީޕީ ކެނޑިޑޭޓް ގޮސްފައި ވަނީ ފަސް ވަނައަށެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން މިހާތަނަށް ސާފުވި ވޯޓުން ފިރާޒް އިސްމާއީލް އަށް ލިބިފައި ވަނީ 1254 ވޯޓެވެ. މި ދާއިރާ އިން އެންމެ ގިނަ ވޯޓު މިހާތަނަށް ލިބިފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ އިބްރާހީމަށެވެ. އޭނާ އަށް 1388 ވޯޓު ލިބުނު އިރު އެ ޕާޓީގެ ސޯލިހް އިބްރާހީމް އަށް 1376 ވޯޓު، ރިޝްވާން އާދަމް އަށް 1363 ވޯޓު އަދި އާދަމް އަނީސް އަށް 1361 ވޯޓު ލިބިފައިވާ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ.

ރަށު ކައުންސިލް ގެއްލުނު ނަމަވެސް އަތޮޅު ކައުންސިލްގެ ހިންނަވަރު ދާއިރާގައ، މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ކުރި ލިބިފައި ވަނީ އެމްޑީޕީ އަށެވެ. އެ ގޮތުން މާލެ އާއި ހިންނަވަރުގެ ފޮށިން އެމްޑީޕީގެ ކެންޑިޑޭޓް ޝިހާން ހަސަން އަށް 612 ވޯޓު ލިބިފައިވާ އިރު ޕީޕީއެމްގެ ކެންޑިޑޭޓް އިބްރާހީމް އާތިފް އަށް މި ދެ ފޮށިން ލިބިފައި ވަނީ 509 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިހާތަނަށް އިބޫ ވަނީ ހަ ފަހަރެއްގެ މަތިން ގޮނޑި ދިފާއުކުރައްވާފައެވެ. އަދި ކައުންސިލް އިންތިހާބުގައި ފާއިތުވި ދެ ދައުރު ވެސް ކުރި ހޯދާފައި ވަނީ އެމްޑީޕީންނެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލަކު އަދި މާލެ ފަދަ އާބާދީ ބޮޑު ސަރަހައްދުތަކުން އެމްޑީޕީން ކުރި ހޯދައި، ކުރިން ޕީޕީއެމްގެ ދާއިރާތައް ވެސް އެމްޑީޕީން ކާމިޔާބުކޮށްފައިވާ އިރު އަބަދު ވެސް އެމްޑީޕީގެ ވަރުގަދަ ދާއިރާއެއްގެ ގޮތުގައި އޮތް ހިންނަވަރު އެމްޑީޕީ ބަލިވުމުން ގިނަ ބަޔަކު ދަނީ އެކަމާ މެދު ސުވާލު އުފައްދައި ފާޑުކިޔަމުންނެވެ. އެގޮތުން ޕީޕީއެމަށް ތާއީދުކުރާ ފަރާތްތަކުން ބުނެފައި ވަނީ މިއީ އެންމެ ފަހުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިބޫއާ ވާދަކުރައްވައި ހަނި ގޮތަކަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އަދި މިހާރު ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ނާޒިމް އިބްރާހީމްގެ ބުރަ މަސައްކަތުން ހޯއްދެވި ކާމިޔާބީއެއް ކަމަށެވެ. އެގޮތުން ނާޒިމް ގެންދަވަނީ ރަށުގެ ކުރިއެރުމަށް މަސައްކަތްތައް ކުރައްވަމުން ކަމަށާއި ހާއްސަކޮށް އިންތިޚާބު ކައިރިވެފައި ވަނިކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސެލްފް ސާވިސް ބޭންކިންގެ ނިޒާމެއް ހުޅުވިގެން ދިއުމަކީ ވެސް އެ ދާއިރާ ބަދަލުވުމަށް މެދުވެރިވި ސަބަބެއް ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ކޮންމެއަކަސް މި ނަތީޖާއަކީ ކުރިއަށް އޮތް އިންތިހާބުތަކުގައި އެމްޑީޕީން ވެސް އަދި ހަ ވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ އިބޫ އަށް ވެސް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު