Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކަ

17 މިލިޔަން ރުފިޔާ ހޯދަން ފެނަކައިން ދައުވާ ކުރާ މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފި

2 މެއި 2017 | އަންގާރަ 12:21

ޝަރޫ ލޯންޗް ސާވިސް އިން ބޭނުން ވަނީ 2030 ގެ ނިޔަލަށް ފައިސާ ދައްކައި ޚަލާސްކުރަން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 2 މެއި 2017 | އަންގާރަ 12:21
ފެނަކަ ކޯޕްރޭޝަން

ފެނަކަ ކޯޕްރޭޝަން

ލޯންޗްގެ ހިދުމަތް ދެމުން ގެންދާ ކޮންފުންޏެއް ކަމަށްވާ ޝަރޫ ލޯންޗް ސާވިސް އަތުން 17 މިލިޔަން ރުފިޔާ ހޯދުމަށް ފެނަކަ ކޯޕްރޭޝަނުން ދައުވާ ކުރާ މައްސަލައިގައި އަންގާރަ ދުވަހަށް ސިވިލް ކޯޓުގައި ތާވަލް ކުރި މައްސަލަ ފެނަކައިން އެދިގެން ކެންސަލް ކޮށްފިއެވެ.

ސިވިލް ކޯޓުން މައުލޫމާތު ދިން އޮފިޝަލް ވިދާޅުވީ އަންގާރަ ދުވަހު 11:30 އަށް ތާވަލް ކުރި މައްސލަ ކެންސަލް ކުރީ ދައުވާކުރާ ފަރާތުން އެދިގެން ކަމަށެވެ.

Advertisement - newsAdvertisement

ފެނަކައިން ޝަރޫ ލޯންޗް ސާވިސްއާ ދެކޮޅަށް ދައުވާ ކުރާ މައްސަލަ މިހާރު ވަނީ ބަޔާންތައް ބަދަލުކޮށް ނިމި މައްސަލައިގެ އަޑުއެހުންތަށް ފެށަން ޖެހިފައެވެ. އެގޮތުން އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތީ މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕްރޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެފައި ވަނީ ވާހަކަ ދައަކައިގެން މައްސަލަ އަށް ހައްލެއް ހޯދުމަށް ކުރި މަސައްކަތުގައި ޝަރޫ ލޯންޗް ސާވިސް އިން ހުށަހެޅީ އެ ކުންފުނިން ފެނަކަ އަށް ދޭން ޖެހޭ ފައިސާ 2030 ވަނަ އަހަރާ ހަމައަށް ދައްކައި ޚަލާސްކުރާ ގޮތަށް ކަމަށެވެ.

ނަމަވެސް ޝަރީފް ވިދާޅުވީ ޝަރޫ ލޯންޗް ސާވިސް އިން ހުށަހެޅި އެ ހުށަހެޅުން ފެނަކައިން ގަބޫލު ކޮށްފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި ފެނަކަ އިން އެދުނީ އެ ކުންފުނިން ދީފައިވާ ތިން ޗެކަށް ތިން ޕޭމެންޓެއްގެ މަތިން ފައިސާ ދައްކާ ހަލާސް ކުރުމަށް ކަމަށެވެ. ނަމަވެސް ފެނަކައިގެ އެ ހުށަހެޅުމަށް ޝަރޫ ލޯންޗް ސާވިސް އިން އެގޮތަށް އެއްބަސްނުވުމުން މައްސަލަ ޝަރީޢަތަށް ފޮނުވީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މައްސަލަ ކުރިއަށްދާ ގޮތަށް ބަލާއިރު މައްސަލަ ދިގުދަންމައި، މައްސަލަ ލަސްކުރުމަށް ޝަރޫ ލޯންޗް ސާވިސް އިން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން ތަފާތު އެކި އިޖުރާއީ ނުކުތާތަށް ނަގައިގެން މައްސަލަ ލަސްކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން އިތުރު ބަޔަކާ ދެކޮޅަށް ދައުވާ ކުރަން ޖެހޭތޯ ބެލުމަށާއި ފައިސާ ނުލިބުމުގެ ސަބަބުން ކުންފުންޏަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް ފައިނޭންޝަލް ޑެމޭޖް އެސެސްމެންޓެއް ހަދައިދިނުމަށް އެދި އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެ އެސެސްމެންޓުން އިތުރު ބަޔަކާ ދެކޮޅަށް ދައުވާ ކުރަންޖެހޭ ކަމަށް ފާހަގަކުރެވިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށެވެ.

ފެނަކައިން 17 މިލިއަން ރުފިޔާގެ ޗެކެއް، ޝަރޫ ލޯންޗް ސާވިސަސް އަށް ދޫކުރީ 15.42 ގެ ރޭޓުން ޑޮލަރު ގަތުމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފެނަކައަށް ޑޮލަރު ދޭން އެއްބަސްވެފައި އޮތީ 30 ދުވަހުގެ ތެރޭގައެވެ. އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ދިން ޗެކު ބައުންސްވި ހިސާބުންނެވެ.

ފެނަކައިގެ 17 މިލިއަން ރުފިޔާގެ މައްސަލައާ ގުޅިގެން ޝަރޫ ލޯންޗް ސާވިސްގެ މެނޭޖިންގ ޑިރެކްޓަރު ފުލުހުން ހައްޔަރުކޮށް ތަހުގީގު ހިންގާފައި ވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އޭސީސިން ބަލަމުން އަންނަނީ އެ ފައިސާ ދިނުމުގައި ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަންގެ އެއްވެސް ކަމެއް ހިންގާފައި ވޭތޯ އެވެ.

މި މައްސަލަ ފެންމަތިވުމާ އެކު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު ކަމުގައި ހުންނެވި މުހައްމަދު ނިމާލް މަގާމުން ވަކިކޮށް އެ މަގާމަށް ޝަރީފް ހަމަޖެއްސެވި އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީން ވަނީ ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމަށް ނިމާލް އައްޔަން ކުރައްވާފަ އެވެ. އަދި އޭގެ ފަހުން އެމްއާރުޑީސީގެ އެމްޑީގެ މަގާމަށް ވަނީ ބަދަލުކުރައްވާފައެވެ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް