Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕަ އެމެރިކާ

ކޮޕަ އެމެރިކާގައި އޮސްޓްރޭލިއާ އާއި ގަތަރު ވާދަނުކުރާނެ

24 ފެބުރުއަރީ 2021 | ބުދަ 13:53

އެ ދެ ގައުމަށް ފުރުސަތު ގެއްލުނީ ކޮލިފިކޭޝަން މެޗުތައް ޖޫން މަހަށް ފަސްކުރުމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 ފެބުރުއަރީ 2021 | ބުދަ 13:53
2019 ވަނަ އަހަރު ބޭއްވި ކޮޕަ އެމެރިކާގެ ގުރުއަތުލުމުގެ ތެރެއިން

2019 ވަނަ އަހަރު ބޭއްވި ކޮޕަ އެމެރިކާގެ ގުރުއަތުލުމުގެ ތެރެއިން

މި އަހަރަށް ތާވަލުކޮށްފައިވާ ދެކުނު އެމެރިކާގެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕަ އެމެރިކާގައި އޭޝިއާއިން ބައިވެރިވާ އޮސްޓްރޭލިއާ އާއި ގަތަރު ވާދަނުކުރާނެ ކަމަށް ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލްއިން ބުނެފިއެވެ.

މި އަހަރު ބާއްވާ ކޮޕަ އެމެރިކާއަކީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ފެށިގެން ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އާޖެންޓީނާ އާއި ކޮލޮމްބިއާގައި ބާއްވަން ތާވަލުކުރި މުބާރާތެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މި މުބާރާތް ވަނީ މި އަހަރުގެ ހޫނު މޫސުމަށް ފަސްކޮށްފައެވެ.

ކޮންމެބޯލްއިން ފަހަކަށް އައިސް ކޮޕަ އެމެރިކާއަށް އޭޝިއާގެ ގައުމުތަކަށް ދައުވަތު ދޭއިރު، މި އަހަރުގެ މުބާރާތުގައި އޭޝިއާއިން ބައިވެރިވާން އޮތީ އޮސްޓްރޭލިއާ އާއި ގަތަރެވެ. އެގޮތުން 2019 ވަނަ އަހަރު މުބާރާތުގެ ގުރުއަތުލުން ބޭއްވިއިރު، އޮސްޓްރޭލިއާ ހިމެނުނީ އާޖެންޓީނާ، ބޮލީވިއާ، އުރުގުއޭ، ޗިލީ އަދި ޕެރެގުއޭއާއެކު ގްރޫޕް އޭގައެވެ. އަދި ގަތަރު ހިމެނުނީ ކޮލޮމްބިއާ، ބްރެޒިލް، ވެނެޒުއޭލާ، އެކުއެޑޯ އަދި ޕެރޫއާއެކު ގްރޫޕް ބީގައެވެ.

އެކަމަކު ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތައް ޖޫން މަހަށް ފަސްކުރުމަށް އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ނިންމުމުން، އެ ގައުމުތަކަށް ވަނީ ކޮޕަ އެމެރިކާގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައެވެ. ކޮންމެބޯލްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ގޮންޒާލޯ ބެއްޔޯސޯ ވިދާޅުވީ އެ ދެ ގައުމަށް ކޮޕަ އެމެރިކާގައި ވާދަކުރުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހުމުން، މުބާރާތުގައި ދެ ގައުމު ވާދަނުކުރާ ގޮތަށް މިހާރު ނިންމާފައިވާ ކަމަށެވެ.

މި އަހަރުގެ ކޮޕަ އެމެރިކާ ޖޫން މަހުގެ 11 ވަނަ ދުވަހު ފެށިގެން ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އާޖެންޓީނާ އާއި ކޮލޮމްބިއާގައި ބާއްވާއިރު، ގްރޫޕް އޭގެ މެޗުތައް ކުޅޭނީ އާޖެންޓީނާގައެވެ. އަދި ގްރޫޕް ބީގެ މެޗުތައް ކުޅޭނީ ކޮލޮމްބިއާގައެވެ. އަދި އެއަށްފަހު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ކޮލޮމްބިއާގެ މެޓްރޯ ސްޓޭޑިއަމުގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
18 ޖެނުއަރީ 2017

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް