Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރ ކައުންސިލްތަކާ ބައްދަލުކުރެއްވުން

ފަޤީރުންގެ ދަފްތަރު އެކުލަވާލުމާ ގުޅޭގޮތުން ބައެއް ކައުންސިލްތަކާ މިނިސްޓަރ ބައްދަލުކުރައްވައިފި

24 ފެބުރުއަރީ 2021 | ބުދަ 08:35

މި ބައްދަލުވުންތައް އޮތީ 18 ފެބްރުއަރީ 2021 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 24 ފެބުރުއަރީ 2021 | ބުދަ 08:35
ިއިސްލާމިކް މިނިސްޓަރ ކައުންސިލްތަކާ ބައްދަލުކުރެއްވުން

ިއިސްލާމިކް މިނިސްޓަރ ކައުންސިލްތަކާ ބައްދަލުކުރެއްވުން

2021 ވަނަ އަހަރުގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، ބައެއް ރަށްރަށު ކައުންސިލްތަކުގެ ރައީސުންނާ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ބައްދަލުކުރައްވައިފިއެވެ.

ދެ ގަޑިއަކަށް ބަހާލައިގެން ބޭއްވުނު މި ބައްދަލުވުންތައް އޮތީ 18 ފެބްރުއަރީ 2021 ވީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. މިގޮތުން އޮންލައިންކޮށް ބޭއްވުނު ފުރަތަމަ ބައްދަލުވުމުގައި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއާއެކު ބޭއްވުނު ބައްދަލުވުމުގައި އައްޑޫސިޓީގެ މޭޔަރާއި ފުވައްމުލަކު ސިޓީގެ ޑެޕިޔުޓީ މޭޔަރ ބައިވެރިވެވަޑައިގެންފައި ވާއިރު، އެ ދެ ކައުންސިލުގެ ޓީމެއް ވެސް މި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާޒް އައްޝައިޚް އިލްޔާސް ޖަމާލު ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ، މި ދުވަސްވަރަކީ ކޮވިޑްގެ ސަބަބުން މި ދެ ސިޓީ މޮނިޓަރިންގެ ޙާލަތުގައި އޮތް ދުވަސްވަރަކަށް ވުމާއެކު ފަޤީރުންގެ ދަފްތަރު އެކުލަވާލުމުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކާމެދުގައެވެ. އެހެންކަމުން، މިކަންކަން ހައްލުކުރާނެ ގޮތްތަކާއި، މި ޙާލަތުގައި ވެސް ކައުންސިލުތަކުން ރައްޔިތުންނަށް އެއްބާރުލުންދީ، މިކަމުގައި ކައުންސިލުތަކުން އަދާކުރަންޖެހޭ ދައުރުގެ މުހިންމުކަން ފާހަގަކޮށް މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މިނިސްޓްރީން ހިއްސާކުރާ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށް ދިނުމަށާއި،  މިހާރަށްވުރެވެސް ކައިރިން މިނިސްޓްރީއާއި ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ދިމާވާ ދަތިތައް ހައްލުކުރެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މީގެ އިތުރުން މި ފަހަރު ފޯމަށް ގެނެވިފައިވާ މުހިއްމު ބަދަލުތަކާބެހޭ ގޮތުން ވެސް މިނިސްޓަރ ގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

ޒަކާތްނެގުމާއި ބެހުމުގެ މަސައްކަތަކީ ދީނީ މުހިއްމު ޝިޢާރެއްކަން ފާހަގަކޮށް މި މަސައްކަތުގައި ކައުންސިލްތަކާއި މިނިސްޓްރީ ގުޅިގެން މަސައްކަތްކުރުމާއި، ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރުމުގެ މުހިއްމުކަން މިނިސްޓްރ އޮފް ސްޓޭޓްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ދަފްތަރު އެކުލަވާލުމުގައި ދިމާވެފައިވާ ބައެއް ގޮންޖެހުންތައް ހިއްސާކުރައްވަމުން، މޮނީޓަރިންގެ ހާލަތުގައި ދެ ސިޓީ އޮތް ނަމަވެސް މި އަހަރު ދަފްތަރު އެކުލަވާލުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އައްޑޫ ސިޓީގެ މޭޔަރުގެ އިތުރުން ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރ ވަނީ ދެއްވާފައެވެ.  

މި ބައްދަލުވުމުގެ އިތުރުން، ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ރަށު ކައުންސިލުގެ ރައީސުންނާ އެކުވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައިވެސް މަޝްވަރާކުރެވުނީ ވޭތުވެދިޔަ އަހަރުތަކުގައި ދަފްތަރު އެކުލަވާލުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި، ކުރިމަގުގައި ކަންކަން އިޞްލާޙުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ފޯމު ފުރުމުގައި އާންމު ފަރާތްތަކަށް ދިމާވާ ދަތިތަކާމެދުގައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
15 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް