Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ތަރައްޤީގެ މަޝްރޫޢުތައް

އައްޑޫގައި ކުރިއަށްގެންދާ ތަރައްޤީ މަޝްރޫޢުތަކުގެ ފެންވަރާ މެދު ސުވާލެއް ނެތް – ފައްޔާޒް

އެފްސްކޯން އަކީ މުޅި ދުނިޔޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ތެރެއިން 17 ވަނައިގައި އޮތް ކުންފުނި

އަތޫފް އާތިފް
އަތޫފް އާތިފް | 22 ފެބުރުއަރީ 2021 | ހޯމަ 19:51
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވާހަކަ ދައްކަވަނިކޮށް

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވާހަކަ ދައްކަވަނިކޮށް

އައްޑޫ ސިޓީގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ފެންވަރާ މެދު ސުވާލެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ އައްޑޫގައި މި ސަރުކާރުން ހިންގަމުން އަންނަ ތަރައްޤީގެ ބޮޑު ބިޔަ މަޝްރޫޢުތައް ކުރިއަށްގެންދާ އިންޑިއާގެ ކުންފުންޏާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށާއި، އެގޮތުން "އެފްސްކޯން" އަކީ މުޅި ދުނިޔޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ތެރެއިން 17 ވަނައިގައި އޮތް ކުންފުނި ކަމަށެވެ.

Advertisement - newsAdvertisement

ފައްޔާޒް އިތުރަށް ވިދާޅުވީ ކިތަންމެ ފެންވަރު ރަނގަޅު ކުންފުންޏަކާއި މަސައްކަތް ހަވާލުކުރި ނަމަވެސް، މަސައްކަތްތައް ނިމޭއިރު މައްސަލަތަކެއް ހުރުން އެކަށީގެންވާ ކަމަށާއި، އެކަމަކު މަސައްކަތް ކުރިއަށްދާއިރު ސަރުކާރުން ބަލަންޖެހޭ ކަންކަން ބަލައިފިނަމަ އެފަދަ މައްސަލަތައް ދިމާނުވާނެ ކަމަށެވެ. އަދި އައްޑޫގައި ހިނގަމުން އަންނަ ތަރައްޤީގެ މަޝްރޫޢުތައް ގޯސްކޮށްދާނަމަ، އައްޑޫގެ ރައްޔިތުންވެސް މަޑުން ނުތިބޭނެ ކަމަށާއި، މި ސަރުކާރަކީ ރައްޔިތުންގެ އާދޭސް އަޑުއަހާ އެކަމަށް ހައްލު ހޯދައިދޭނެ ސަރުކާރެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އައްޑޫގެ ތަރައްޤީގެ މަޝްރޫޢުތަކަކީ އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް (އެކްޒިމް) ގެ 800 މިލިޔަން ޑޮލަރު (12.4 ބިލިއަން ރުފިޔާ) ގެ ލައިން އޮފް ކްރެޑިޓުގެ (އެލްއޯސީ) ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހުނު ދެވަނައަށް އެންމެ ބޮޑު މަޝްރޫޢެވެ. މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ އައްޑޫގެ ތަރައްޤީއަށް ބޭނުންވާ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުންމ މަގުތައް ހެދުމާއެކު އައްޑުއަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ފެންހިންދާ ނިޒާމެއް ގާއިމުކުރުމެވެ.

އިތުރަށް ކިޔާލަން

05 މެއި 2017

އައްޑޫގައި އަންހެން ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ

05 މެއި 2017
އައްޑޫގައި އަންހެން ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ
05 އެޕްރީލު 2017

ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

05 އެޕްރީލު 2017
ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
18 މާރިޗު 2017

އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ

18 މާރިޗު 2017
އައްޑޫގައި އިތުރު އެކްސިޑެންޓެއް، ސީރިއަސް އަނިޔާތަކެއް ނުވޭ
08 މާރިޗު 2017

ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން

08 މާރިޗު 2017
ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން
08 މާރިޗު 2017

އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

08 މާރިޗު 2017
އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު