Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިސޯޓުތަކުގައި ކޮވިޑް-19 ފެތުރުން

ލަކްސް ސައުތް އަރިއެޓޯލް ރިސޯޓް އެންޑް ވިލާސްގައި ކޮވިޑް-19ގެ އައުޓްބްރޭކެއް!

22 ފެބުރުއަރީ 2021 | ހޯމަ 05:12

މިމަހުގެ 19ގައި 9 މީހުން، މިމަހުގެ 20ގައި 4 މީހުން ޕޮޒިޓިވްވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 22 ފެބުރުއަރީ 2021 | ހޯމަ 05:12
އާދިއްތަ ދުވަހުގެރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވާހަކަދައްކަވަނީ

އާދިއްތަ ދުވަހުގެރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވާހަކަދައްކަވަނީ

ލަކްސް ސައުތް އަރިއެޓޯލް ރިސޯޓް އެންޑް ވިލާސްގައި ކޮވިޑް-19ގެ އައުޓްބްރޭކެއް އައިސްފައިވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.

އާދިއްތަ ދުވަހުގެރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ލަކްސް ސައުތް އަރިއެޓޯލް ރިސޯޓް އެންޑް ވިލާސްގައި އައުޓްބްރޭކެއް ކުރިއަށްދާއިރު، މިމަހުގެ 19ގައި 9 މީހުން ، މިމަހުގެ 20ގައި 4 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު މީހުންނާއި އަލާމާތްތައް ފެނިގެން ނެގުނު ސާމްޕަލްތަކުގެ ތެރެއިން އާދިއްތަ ދުވަހު 24 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން މިހާތަނަށް އެރިސޯޓުން 37 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ކޮކީން މޯލްޑިވްސް ރިސޯޓުން އާދިއްތަ ދުވަހު 6 މީހުން ޕޮޒިޓިވްވެފައިވާއިރު، މިހާތަނަށް ޖުމްލަ 45 މީހުން އެ ރިސޯޓުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު، ރިސޯޓުތަކުން ފެންނަ ކޭސްތައް ދަނީ އިތުރުވަމުންނެއެވެ. އަދި ރިސޯޓުތަކުން ގިނަ ކޭސްތައް ފެންނަމުންދާތީ އެޗްއީއޯސީން ކަންބޮޑުވުންފާޅު ކޮށްފައިވާއިރު، ރިސޯޓުތަކުން ބަލި ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީއާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އެޗްއީއޯސީން ބުނެފައިވަނީ ބަލީގެ އަލާމަތްތައް ހުންނަ މީހުން ތިބި ނަމަވެސް ބައެއް ރިސޯޓުތަކުގައި ޓެސްޓުނުކުރާ ކަމަށެވެ. މާލެއިން ބައެއް ރިސޯޓުތަކަށް މަސައްކަތް ކުރުމަށްދާ މުވައްޒަފުން ކަރަންޓީން ވާން ޖެހޭއިރު، ކަރަންޓީންގެ މުއްދަތު ހަމަނުކޮށް ވަޒީފާއަށް ނުކުންނަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ރިސޯޓުތަކުގައި މުވައްޒަފުން އުޅޭ ސަރަހައްދުގައި މާސްކް އެޅުމާއި، ސޯޝަލް ޑިސްޓެންސްއަށް ނުބަލައި ވަރަށް ބޮޑަށް ފަރުވާކުޑަކުރަމުންދާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

ކުޑަކުޑަ ކަމަކަށް ފަރުވާ ކުޑަކުރެވުނު ކަމުގައިވީ ނަމަވެސް ބަލި ވަރަށް ބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމަށާއި، ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް އެޗްއީއޯސީން އިލްތިމާސްކޮށްފައިވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖޭގެ ބޯޑަރު، ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވައިލީ 15 ޖުލައި 2020 ގައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

18 ޖޫން 2017

ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

18 ޖޫން 2017
ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
08 ޖޫން 2017

ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!

08 ޖޫން 2017
ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!
14 މެއި 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

14 މެއި 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ
18 އެޕްރީލު 2017

ކަނޑޫމާ ރިސޯޓް މޫދަށް ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

18 އެޕްރީލު 2017
ކަނޑޫމާ ރިސޯޓް މޫދަށް ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ
26 މާރިޗު 2017

ޕީޕީއެމް ޕީޖީ ގްރޫޕުގެ ރިސޯޓް "ކޭމްޕް" ކެންސަލްކޮށް، ބައްދަލުވުން މާލޭގައި!

26 މާރިޗު 2017
 ޕީޕީއެމް ޕީޖީ ގްރޫޕުގެ ރިސޯޓް "ކޭމްޕް" ކެންސަލްކޮށް، ބައްދަލުވުން މާލޭގައި!
06 މާރިޗު 2017

ރާއްޖެ ސަލާމަތްކޮށްދޭނީ ފަތުރުވެރިކަމާއި ރިސޯޓްތައް: ޑރ. ޝިހާމް

06 މާރިޗު 2017
ރާއްޖެ ސަލާމަތްކޮށްދޭނީ ފަތުރުވެރިކަމާއި ރިސޯޓްތައް: ޑރ. ޝިހާމް
22 ފެބުރުއަރީ 2017

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން

22 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: 3 ރިސޯޓް ބުކްކޮށްފައި، އަރިހުގައި 1500 އޮފިޝަލުން
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް