Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ވެކްސިންޖެހުމުގެ ފައިދާ

ވެކްސިން ޖެހީމަ ދެން ވާނީ ކިހިނެއް؟

22 ފެބުރުއަރީ 2021 | ހޯމަ 04:11

އެންމެ މުހިންމު ކަމަކީ ބަލީގައި ނިޔާވާ މީހުން މަދުކުރުން ކަމަށް ޑރ ފައިސަލް ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 22 ފެބުރުއަރީ 2021 | ހޯމަ 04:11
 ޑރ ފައިސަލް ވިދާޅުވީ ވެކްސިންގެ މައިގަނޑު ޓާގެޓަކީ ބަލީގައި ބޮޑުވަރުވާ މީހުން މަދުކުރުން ކަމަށް

ޑރ ފައިސަލް ވިދާޅުވީ ވެކްސިންގެ މައިގަނޑު ޓާގެޓަކީ ބަލީގައި ބޮޑުވަރުވާ މީހުން މަދުކުރުން ކަމަށް

އެންމެ ގިނަ ބައެއްގެ ސުވާލަކަށް މިހާރު ވެގެން ދާނީ ކޮވިޑް-19 ވެކްސިންޖެހުމުން ދެން ވާނެގޮތް ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޑޮކްޓަރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ފައިސަލް ވިދާޅުވީ ވެކްސިންގެ މައިގަނޑު ޓާގެޓަކީ ބަލީގައި ބޮޑުވަރުވާ މީހުން މަދުކުރުން ކަމަށެވެ. އޭގެ ތެރޭގައި ބަލީގައި ބޮޑުވަރުވެ އެނދުމަތި ކުރާ މީހުން މަދުކުރުމާއި އަދި އައިސީޔޫއަށް ނުވަތަ ވެންޓިލޭޓަރަށްލާ މީހުން މަދުކުރުން ހިމެނޭ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެންމެ މުހިންމު ކަމަކީ ބަލީގައި ނިޔާވާ މީހުން މަދުކުރުމާއި ބަލިން ކުރާ އަސަރު ބޮޑުވަރުވުން ކޮންޓްރޯލްކުރުން ކަމަށް ވިދާޅުވެ ޑރ. ފައިސަލް ވިދާޅުވީ ދިރާސާތަކަށް ބަލާއިރު ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދު ވެކްސިން ޖަހައިފިނަމަ ސުމަކަށް ދާނެކަމަށެވެ. އަދި ގިނަ ބަޔަކު ވެކްސިން ޖަހައިފިނަމަ މި ބަލި ވަކި ހިސާބަކުން އާއްމު ރޯގާއަކަށް ބަދަލުވެގެން ދާނެ ކަމަށް ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ.

އަދި ވެކްސިން ޖަހަންވާ ފަރާތްތަކުގެ ތެރެއިން ބޮޑު ބަޔަކު ވެކްސިން ޖަހައި، ދެ ޑޯޒް ހަމަ ކުރުމަށްފަހު ގާތްގަނޑަކަށް ދެ ހަފްތާ ފަހުން، ވެކްސިންގެ އެންމެ ފުރިހަމަ ފައިދާ ފެނިގެންދާނެ ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވިއެވެ. މީގެ އިތުރުން ބަލި ޖެހޭ މީހުންގެ އަދަދާއި ބަލި ފެތުރޭ ނިސްބަތް ވަރަށް ބޮޑަށް މަދުވެގެން ދާނެ ކަމަށް ޑރ. ފައިސަލް ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޑރ. ފައިސަލް ވިދާޅުވީ ވެކްސިން ނުދެވޭ ފަރާތްތަކެއް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި މާބަނޑު މީހުންނާއި 18 އަހަރުން ދަށުގެ ކުޑަކުދިން ހިމެނޭ ކަމަށެވެ. ވުމާއެކު އެމީހުންނާ މެދު ވިސްނާ، އެމީހުން ރަައްކާތެރި ކުރަން ވެކްސިންޖެހޭ މީހުން ވެކްސިންޖެހުމަކީ މުހިއްމު ކަމެއް ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއިން އެހެން ބައެއް ބަލިތައް ނައްތާލެވި އަނެއްބައި ބަލިތައް ވެކްސިނުގެ ސަބަބުން ކޮންޓްރޯލުކުރެވިފައިވާކަން ފާހަގަކުރައްވައި ޑރ. ފައިސަލް ވިދާޅުވީ ކޮވިޑް ވެސް ވެކްސިނުގެ ސަބަބުން ކޮންޓްރޯލް ކުރެވިގެން ދާނެ ކަމަށާއި، އެކަން އޮތީ މާދުރުގައި ނޫން ކަމަށެވެ.

ޑރ. ފައިސަލް ވިދާޅުވީ ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިން އެކަނި ޖެހުމަކުން ނުނިމޭ ކަމަށެވެ. އެގޮތުން ބަލިން ރައްކާތެރި ވުމަށް އެހެން ފިޔަވަޅުތައް ވެސް އަޅަންޖެހޭ ކަމަށާއި އޭގެ ތެރޭގައި މާސްކު އެޅުމާއި އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމާއި ގިނަގިނައިން އަތް ދޮވުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
14 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ
01 މާރިޗު 2017

ސައޫދީ ރަސްގެފާނު ރިސޯޓުން މާލެ ވަޑައިގަންނަވާނީ ހެލިކޮޕްޓަރުގައި!

01 މާރިޗު 2017
ސައޫދީ ރަސްގެފާނު ރިސޯޓުން މާލެ ވަޑައިގަންނަވާނީ ހެލިކޮޕްޓަރުގައި!
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް