Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ވެކްސިނޭޝަން

30 އަހަރުން މަތީގެ ފަރާތްތަކަށް ވެކްސިން ޖަހަން ފަށަނީ

22 ފެބުރުއަރީ 2021 | ހޯމަ 01:52

18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށް ވެކްސިން ޖަހައިދޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 22 ފެބުރުއަރީ 2021 | ހޯމަ 01:52
ކުޅުދުއްފުށީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުން

ކުޅުދުއްފުށީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުން

އުމުރުން 30 އަހަރުން މަތީގެ މީހުންނާއި 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށް ފެބްރުއަރީ 22 ވަނަ ދުވަހު ވެކްސިން ޖަހަން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ 22 ވަނަ ދުވަހުގެ ހެނދުނު 9:00ން ފެށިގެން މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި މިފަރާތްތަކަށް ވެކްސިން ޖަހާނެކަމަށެވެ. އެއީ ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒު އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުންކަމަށެވެ. މިތަންތަނުގެ ތެރެއިން ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒު އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގައި ވެކްސިން ޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ ހަވީރު 4:30 އަށެވެ. އަދި ވިލިމާލެ ޒުވާނުން މަރުކަޒުގައި ވެކްސިން ޖަހާނީ މެންދުރު 1 ޖަހަންދެންނެވެ.

Advertisement - newsAdvertisement

އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވަކި ބަލިތަކެއް ހުންނަ މީހުންނަށް ވެކްސިން ޖަހަން ނިންމާފައިވާއިރު، އޭގެތެރޭގައި ހަކުރު ބަލި ހުންނަ މީހުންނާއި ހިތުގެ ބަލި ހުންނަ މީހުންނާއި ސްޓްރޯކް ޖެހުންފަދަ ބަލި ހުންނަ މީހުންނާއި ކިޑްނީ ބަލިތައް ހުންނަ މީހުންނާއި ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދީފަޢީބާރު ދަށްވެފައިވާ މީހުންނަށް ވެސް ވެކްސިން ޖަހާނެއެވެ. މީގެ އިތުރުން ދިގު މުއްދަތަކަށް ފުރަމޭގެ ބަޔެއްގެ ތަހައްމަލުކުރަމުންދާ މީހުންނާއި އިސްކޮޅާއި އަޅާބަލާއިރު ބަރުދަން މަތި މީހުންނާއި ތެލެސީމިއާ/ސިކްލްސެލް އެނީމިއާ ހުންނަ މީހުންނަށް ވެސް ވެކްސިން ދޭން ވަނީ ނިންމާފައެވެ.

ވެކްސިން ޖަހަންދާއިރު ސަމާލުކަންދޭން ޖެހޭ ވަކި ކަންތައްތަކެއް ބަޔާންކޮށް އެޗްޕީއޭ އިން ބުނީ އައިޑީކާޑު ނުވަތަ ކާކުކަން އެނގޭ ރަސްމީ ލިޔުމެއް ގެންދަންވާނެ ކަަމަށާއި ކޮވިޑް-19ގެ އެެއްވެސް އަލާމާތެއް ނެތުމާއި ކަރަންޓީންގައި ހުރި މީހަކަށް ނުވުމުގެ އިތުރުން ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއް ލުމަށް ވެސް ވަނީ އެދިފައެވެ. އަދި ވެކްސިން ޖަހަންދާއިރު ރަނގަޅަށް ކައިގެން ހުރުމާއި އަމިއްލަ ފެންފުޅިއެއް ގެންދިޔުމާއި ވެކްސިން ޖަހަންދާއިރު އެކުގައި އެކަަކަށްވުރެ ގިނަ މީހުން ނުގެންދިޔުމާއި ބޭނުންކުރަމުންދާ ބޭހެއްވާނަމަ އެ ބޭހުގެ މައުލޫމާތު ގެންދިޔުން ވެސް މުހިންމު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

"ދިފާޢު" ގެ ނަމުގައި ވެކްސިން ޖެހުމުގެ ޤައުމީ ކެމްޕޭން ރާއްޖޭގައި ފަށާފައިވަނީ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ. އޭގެފަހުން ރާއްޖޭގައި ކޮންމެ ދުވަހަކުހެން ވެކްސިން ޖަހަމުން އައިސް ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެޗްޕީއޭއިން ބުނެފައިވަނީ މީގެ ފަހުން ހުކުރު ދުވަސްތަކުގައި ވެކްސިން ނުޖަހާނެކަމަށާއި، ދެން ވެކްސިން ޖަހާނީ ކޮންމެ ހަފްތާއެއްގެ ވެސް ހޮނިހިރުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށްކަމަށެވެ.

ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 75,013ށް އަރާފައެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖެހީ 56,979 މީހުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 18,034 މީހުންނެވެ.

މުޅި ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާއިރު އަދި ރާއްޖޭގައި ބޭނުން ކުރަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ތައްޔާރުކުރި ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިނަށް މިހާރު ވަނީ ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާއިން އިމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަވެސް ލިބިފައެވެ. ރާއްޖެއަށް ޗައިނާގެ ސިނޮފާމް ވެކްސިން ލިބިފައިވީ ނަމަވެސް އަދި ބޭނުންކުރާކަށް ނުފަށައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
14 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް