Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކިމްއާއި ކާންޔޭ ވަރިވުން

ކާންޔޭ ކައިރިން ވަރިވާން ކިމް ފޯމް ހުށަހަޅައިފި

ދެމީހުންގެ މުދާ ބެހުމަށް ވެސް އެދިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ފެބުރުއަރީ 2021 | ހޮނިހިރު 18:48
2014 ވަނަ އަހަރު ކައިވެނި ކުރި ކިމް (ކ) އަދި އޭނާގެ ފިރިމީހާ ކާންޔޭ (ފ) - ކިމް ވަނީ ގިނަ ދުވަސްތަކެއް ވަންދެން މަޑުކޮށްގެން ހުރުމަށްފަހު ލޮސްއެންޖަލިސްގެ ކޯޓަށް ވަރިވާން ފޯމް ހުށަހަޅާފައި

2014 ވަނަ އަހަރު ކައިވެނި ކުރި ކިމް (ކ) އަދި އޭނާގެ ފިރިމީހާ ކާންޔޭ (ފ) - ކިމް ވަނީ ގިނަ ދުވަސްތަކެއް ވަންދެން މަޑުކޮށްގެން ހުރުމަށްފަހު ލޮސްއެންޖަލިސްގެ ކޯޓަށް ވަރިވާން ފޯމް ހުށަހަޅާފައި

މަޝްހޫރު ރެޕަރ ކާންޔޭ ވެސްޓް ކައިރިން ވަރިވާން ރިއަލިޓީ ތަރި ކިމް ކަރޑޭޝަން އެމެރިކާގެ ލޮސް އެންޖެލިސްގެ ސުޕީރިއަރ ކޯޓަށް ހުށަހަޅައިފިއެވެ.

ކޯޓަށް ފޯމް ހުށަހެޅިކަން ސްޕީރިއަރ ކޯޓުގެ އޮފިޝަލަކު ސީއެންއެންއަށް ކަށަވަރުކޮށްދީފައިވާ ކަމަށް އެ ނޫހުގައި ވަނީ ރިޕޯޓްކޮށްފައެވެ. ކިމް ކާޑޭޝިއަން އާއި ކާންޔޭ ވެސްޓް ވަރިވާން އުޅޭ ކަމުގެ ވާހަކަތައް ފެތުރިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް ދެމީހުންގެ މެދުގައި މައްސަލަޖެހި ހައްލު ނުވާ ހިސާބަށް ގޮސް މިދިޔަ އަހަރުގެ ފަހުކޮޅު ވަރިވާން ނިންމި ކަމުގެ ރިޕޯޓްތައް ފެތުރުނެވެ.

ކަރޑޭޝަންގެ ރެޕްރެޒެންޓޭޓިވް ކްރިސް ވެލްޑަރ ވަނީ ވަރިވާން ފޯމް ލާފައިވާ ކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް މިކަމާއި ގުޅިގެން ކިމް އިތުރަށް ކޮމެންޓްކުރަން ބޭނުން ނުވާކަމަށް އޭނާ ވަނީ ބުނެފައެވެ. ކިމް ވަރިވާން ފޯމް ހުށަހެޅި މައްސަލައިގައި ކާންޔޭގެ ބަހެއް ހޯދުމަށް ސީއެންއެން އިން މަސައްކަތް ކުރި ނަމަވެސް، އެކަމަށް އެދެވޭ އިޖާބައެއް ލިބިފައެއް ނުވެއެވެ.

ވަރިވާން ލާފައިވާ ފޯމްގައި ބުނެފައިވަނީ ދެ މީހުންނަށް އެއްބަސް ނުވެވޭނެ ކަންތައްތަކެއް އެބަހުރި ކަމަށާއި، 4 ދަރިންގެ ބަލަދުވެސް ދެމީހުންނަށް އަރާގޮތަށް މައްސަލަ ނިންމައިދިނުމަށް އެދޭކަމުގައެވެ. މީގެ އިތުރުން ދެމީހުންނަށް ލިބިފައިވާ މުދަލާއި ދަރަންޏާއި އަރަންޏަށް ވެސް ގޮތެއް ނިންމައިދިނުމަށް ވަނީ އެދިފައެވެ.

2014 ވަނަ އަހަރު ދެމީހުންގެ ހަޔާތް އެކުގައި ފެށުނީ އިޓަލީގައި ބެއްވި ކައިވެނީގެ ހަފްލާއަކުންނެވެ. ނަމަވެސް މައްސަލަ ޖެހި ދެމީހުން ވެސް އެކަކު އަނެކަކާއި ދުރުގައި އުޅޭތާ ދުވަސްތަކެއްވަނީ ވެފައެވެ. އެގޮތުން ކާންޔޭ ދިރިއުޅެމުން އަންނަނީ އޭނާގެ އަމިއްލަ ގެ ހުންނަ ޔޯމިންގައެވެ. އަދި ކިމް ދިރިއުޅެމުން އަންނަނީ ކެލިފޯނިއާގައި ދަރިންނާއެކުގައެވެ.

ކާންޔޭއާއި ކިމް ބައްދަލުވީ 2000 ވަނަ އަހަރުއެވެ. ނަމަވެސް ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާކަން ހާމަކޮށްފައިވާތާ މާގިނަ އަހަރުތަކެއް ނުވެއެވެ. ދެ އަހަރު އެކުގައި އުޅުމަށްފަހު ކިމް އާއި ކާންޔޭ ކައިވެނިކޮށްފައިވަނީ 2014 ވަނަ އަހަރުގެ މޭ މަހުއެވެ. އަދި ދެ މީހުންގެ ހަތަރު ކުދިން ތިބެއެވެ. ހަތް އަހަރުގެ ނޯތު، ފަސް އަހަރުގެ ސެއިންޓް، ދެ އަހަރުގެ ޝިކާގޯ އަދި އެއް އަހަރުގެ ސާމްއެވެ.

ފާއިތުވި މަސްތަކުގައި ދެ މީހުން ހަމައެކަނި ބައްދަލުވެފައިވަނީ ދަރިންގެ ކަންކަމުގައި ކަމަށާއި ކިމް އަދިވެސް ވަރިވާން ކޯޓްގައި އެދިފައި ނުވާ ސަބަބަކީ ދަރިންނަށް އެންމެ ރަނގަޅަށް ކަންތައް ކުރުމަށް ބޭނުންވާތީކަމަށް ކިމްގެ އާއިލާގެ މަޝްހޫރު ރިއަލިޓީ ޝޯވ ޕްރޮޑިއުސް ކުރާ "އީ"އިން ރިޕޯޓްކުރެއެވެ.

ކިމް އެންމެ ފަހުން ކާންޔޭއާއެކު ފޮޓޯއެއް ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވަނީ ނޮވެމްބަރު މަހުގައެވެ. ކައިވެނި ރޫޅެނީ ކަމުގެ ރިޕޯޓްތަކާ ގުޅޭގޮތުން ކިމް ނޫނީ ކާންޔޭގެ ފަރާތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2018

ކިމް ކާޑޭޝިއަންގެ ތިންވަނަ ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް ދައްކާލައިފި

27 ފެބުރުއަރީ 2018
ކިމް ކާޑޭޝިއަންގެ  ތިންވަނަ ދަރިފުޅުގެ ފޮޓޯ ފުރަތަމަ ފަހަރަށް ދައްކާލައިފި
27 ޖެނުއަރީ 2018

ކިމް ކާޑޭޝިއަން ހަތަރުވަނަ ދަރިއަކު ހޯދަން މަސައްކަތްކުރާ ވާހަކަ ދޮގުކޮށްފި

27 ޖެނުއަރީ 2018
ކިމް ކާޑޭޝިއަން ހަތަރުވަނަ ދަރިއަކު ހޯދަން މަސައްކަތްކުރާ ވާހަކަ ދޮގުކޮށްފި
22 ޖެނުއަރީ 2018

ކިތަންމެ މިލިއަން ޑޮލަރެއް ހުށަހެޅިއަސް ދަރިފުޅު ޝިކާގޯގެ ފޮޓޯއެއް ނުވިއްކާނަން: ކިމް އާއި ކާންޔޭ

22 ޖެނުއަރީ 2018
ކިތަންމެ މިލިއަން ޑޮލަރެއް ހުށަހެޅިއަސް ދަރިފުޅު ޝިކާގޯގެ ފޮޓޯއެއް ނުވިއްކާނަން: ކިމް އާއި ކާންޔޭ
17 ޖެނުއަރީ 2018

ކިމް ކާޑޭޝިއަން އަށް ތިންވަނަ ދަރިފުޅު ލިބިއްޖެ

17 ޖެނުއަރީ 2018
ކިމް ކާޑޭޝިއަން އަށް ތިންވަނަ ދަރިފުޅު ލިބިއްޖެ
04 ޖެނުއަރީ 2018

ކިމް ކާޑޭޝިއަން ދެން އަގުބޮޑު ގަހަނާތަކެއް ގޭގައި ނުބަހައްޓާނެ

04 ޖެނުއަރީ 2018
ކިމް ކާޑޭޝިއަން ދެން އަގުބޮޑު ގަހަނާތަކެއް ގޭގައި ނުބަހައްޓާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު