Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮއްޔަ ހަސަން ނިޔާވުން

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

ކޮއްޔަ ހަސަން ޕޮޒިޓިވްވީ މި މަހުގެ 15 ވަނަ ދުވަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ފެބުރުއަރީ 2021 | ހޮނިހިރު 06:39
ކޮއްޔަ ހަސަން މަނިކް (މ) އޭނާގެ އާއިލާއާއެކު

ކޮއްޔަ ހަސަން މަނިކް (މ) އޭނާގެ އާއިލާއާއެކު

ކޮވިޑް-19ށް ފަރުވާ ހޯދަމުންދިޔަ މަޝްހޫރު ފިލްމު ކުޅުންތެރިޔާ ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެއެވެ.

ކޮއްޔަ ހަސަން ނިޔާވިކަން އޭނާގެ އާއިލާގެ ފަރާތުން ވަނީ ކަށަވަރުވެފައެވެ. ކޮއްޔަ ހަސަން ނިޔާވެފައިވަނީ ކޮވިޑް-19ށް ފަރުވާ ހޯދަމުން ދަނިކޮށް ދަރުމަވަންތް ހޮސްޕިޓަލުގެ 11 ވަނަ ފަންގި ފިލާގައެވެ. މިއާއެކު ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 60ށް އަރާފައެވެ. މިއީ ކޮވިޑްގައި ވޭތުވެދިޔަ 24 ގަޑީއިރު ނިޔާވި ދެވަނަ މީހާއެވެ.

ކޮއްޔަ ހަސަން ނިޔާވި އިރު އުމުރަކީ 60 އަހަރެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވެގެން ފަރުވާދޭން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ކޮއްޔަ ހަސަން އަކީ 1980ގެ އަހަރުތަކުން ފަށައިގެން ފިލްމީ ދާއިރާގައި ހަރަކާތްތެރިވެ، ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެއެވެ. އޭނާ ވަނީ ގިނަ ފިލްމްތަކާއި ޑްރާމާތައް ކުޅެފައެވެ. ހެއްވާ ރޯލުތަކުން ފެށިގެން ސީރިއަސް ބައިތައް ކުޅެފައިވެއެވެ.

ކޮއްޔަ ހަސަން ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ލޯބިވެވިދާނެ، އަޖައިބު، ހުރަސް، ދެރިޔާ، ކަރުނަވީ ބޭވަފާ، ވާ ލޯބި އެނގޭ ނަމަ, އެ ބައްޕަ އަދި މާފެއްނެތް ފަދަ ފިލްމުތައް ހިމެނެއެވެ. މީގެ އިތުރުން ފީބީ އަހުމަދު މަނިކްގެ ބަ ހަބަރުން ފެށިގެން އެކިއެކި ފިލްމުތަކުގައި ބައްޕަގެ ރޯލު ކުޅެފައިވެއެވެ. މީގެ އިތުރުން އޭނާ އަކީ ކުރީގެ ފުޓްބޯޅަ އަދި ހޮކީ ކުޅުންތެރިއެކެވެ. އޭނާ އަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ވަރުގަދަ ސަޕޯޓަރެކެވެ.

ފާއިތުވެދިޔަ 24 ގަޑީއިރު ތެރޭގައި 2 މީހަކު ކޮވިޑް-19ގައި ނިޔާވެފައިވާ އިރު، ކޮއްޔަ ހަސަންގެ އިތުރުން ރޭ ދަންވަރު 63 އަހަރުގެ ދިވެހި އަންހެނަކު ވަނީ ނިޔާވެފައެވެ. ފަހަކަށް އައިސް ރާއްޖޭގައި ކޭސްތައް ފެތުރޭ މިންވަރު އިތުރުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އަދި މި ބަލީގައި ނިޔާވާ މީހުންގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 18،467ށް އަރާފައެވެ. އަދި މިވަގުތުގެ އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 2446 އެވެ. އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން 15965 މީހަކު ކޮވިޑް ޖެހިގެން ރަނގަޅުވެފައިވެއެވެ. އެހެންނަމަވެސް، މިވަގުތުވެސް 159 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދާކަން އެޗްޕީއޭއިން ފާހަގަ ކުރެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު