Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ

ޖައިޝަންކަރުގެ ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ މެދުގައިވާ ބައިލެޓަރަލް ގުޅުމުގެ މިސްރާބު ކަނޑައެޅިގެންދާނެ

19 ފެބުރުއަރީ 2021 | ހުކުރު 16:12

މި ދަތުރުފުޅަކީ އޭނާ 2019 ވަނަ އަހަރު މޭއި މަހު މަގާމާ ހަވާލުވިފަހުން ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 ފެބުރުއަރީ 2021 | ހުކުރު 16:12
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު (ވ) އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަމަންޔަން ޖައިޝަންކަރު (ކ)

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު (ވ) އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަމަންޔަން ޖައިޝަންކަރު (ކ) | ހާރިޖީ ވުޒާރާ

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަމަންޔަން ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާއިރު މި ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ މެދުގައިވާ ބައިލެޓަރަލް ގުޅުމުގެ މިސްރާބު ކަނޑައެޅިގެންދާނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ.

ޑރ. ޖައިޝަންކަރުގެ ދަތުރުފުޅާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައި އިންޑިއާ ހައިކޮމިޝަނުން ބުނީ ފެެބްރުއަރީ މަހުގެ 20-21 އަށް ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނު 2021 ވަނަ އަހަރު ކުރައްވާ ފުރަތަމަ ހައި-ލެވެލް ބައިލެޓަރަލް ޒިޔާރަތް ކަމަށެވެ.

Advertisement - newsAdvertisement

އެކްސްޓާނަލް އެފެއާޒް މިނިސްޓަރގެ މިދަތުރުފުޅުގައި އެމަނިކުފާނު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އާއި ރައްޔިތުންގެ މަޖްލިސްގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި ކެބިނެޓްގެ އެހެނިހެން މިނިސްޓަރުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގެ ލީޑަރުންނާއިވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މި ދަތުރުފުޅުގެ ތެރޭގައި ފިޝަރީޒްއާއި، ދެމެހެއްޓެނިވި ގޮތުގައި ރަށްފުށުގެ ތަރައްގީ ކުރިއެރުވުމާއި، މީޑިއާ ކޯޕަރޭޝަން، މީހުން ބިނާކުރުން، އަދި ހައުސިން، މަގުތައް ތަރައްގީކުރުން އަދި ކުޅިވަރު ތަރައްގީކުރުން ފަދަ ދާއިރާތަކުން މަޝްރޫއުތައް ފައިނޭންސް ކުރުމާއި ގުޅޭ އެތައް އެގްރީމެންޓެއްގައި ދެގައުމުގެ ފަރާތުން ސޮއި ކުރެވޭނެކަމަށް ބެލެވެއެވެ. އަދި އިންޑިއާގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖޭގައި ކުރިއަށް ގެންދެވޭ ބައެއް ކޮމިއުނިޓީ-ލެވެލް މަޝްރޫއުތައް މިނިސްޓަރ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާނެއެވެ.

އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރ ދިވެހިރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައި މިދަތުރުފުޅުގެ ސަބަބުން ދެގައުމުގެ މެދުގައިވާ ޒަމާންވީ މިގުޅުމަށް އިތުރު އާރޯކަމެއް ލިބިގެންދާނެއެވެ.

13 އޮގަސްޓް 2020 ގައި އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖެއިޝަންކަރ އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ މެދުގައި ބޭއްވުނު ޑިޖިޓަލް ވިޑިއޯ ކޮންފަރެންސް (ޑީ.ވީ.ސީ) ބޭއްވުނުތާ 6 މަސް ދުވަހުގެ ތެރޭގައި، އެ ބައްދަލުވުމުގައި އިއުލާނުކުރެވުނު އެންމެހާ ކަންތައް މިވަނީ ތަންފީޒުކުރެވިފައެވެ. ޑީ.ވީ.ސީ ބޭއްވުނުތާ މާގިނަދުވަސްތަކެއް ނުވަނީސް އިންޑިއާއިން ވަނީ ބަޖެޓް ސަޕޯޓްގެ ގޮތުގައި ދިވެހިރާއްޖެއަށް 250 މިލިއަން ޑޮލަރުގެ މާލީ އެހީފޯރުކޮށްދީފައެވެ. އަދި ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.ސީ.އެމް.ޕީ) ފައިނޭންސް ކުރުމަށްޓަކައި 400 މިލިއަން ޑޮލަރުގެ ލައިން.އޮފް.ކްރެޑިޓްއަކާއި 100 މިލިއަން ޑޮލަރުގެ ގްރާންޓް އެހީގެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރެވިފައެވެ. އަދި އިންޑިއާ އާއި ދިވެހިރާއްޖޭގެ ދެމެދު 'ޑައިރެކްޓް ކާގޯ ފެރީ ސާވިސް' ސެޕްޓެމްބަރ 2020 ގައި ގާއިމް ކުރެވި، މިހާތަނަށް 7 ދަތުރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި ހަމަ އެހެންމެ، އޮގަސްޓް 2020 ގައި ދެގައުމުގެ މެދުގައި ގާއިމްކުރެވުނު އެއާ ޓްރެވަލް ބަބަލް ގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 2020 ވަނަ އަހަރުގެ ޓޮޕް ސޯސް މާކެޓްގެ މަގާމު އިންޑިއާއަށް ލިބި، ދިވެހިރާއްޖޭގެ އިގްތިސާދު ހަރުދަނާވެގެންދިއުމަށް މަގުފަހިވިއެވެ. މީގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް އެކްސްޕޯކްޓް ކުރާ ޒަރޫރީ ކޮމޯޑިޓީތަކުގެ ކޯޓާ 15 އިންސައްތަ އިތުރުކުރެވުނެވެ.

މި ދަތުރުފުޅުގައި އިންޑިއާއާއި ދިވެހި ރާއްޖެއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުނު މުހިންމު މަޝްރޫއުތަކެއް އިފްތިތާހު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ރާއްޖެއަށް މި ކުރައްވާ ދަތުރުފުޅަކީ އެމަނިކުފާނު 2019 ވަނަ އަހަރު މޭއި މަހު މަގާމާ ހަވާލުވިފަހުން ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅަކީ 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު 5 ވަނަ އިންޑިއަން އޯޝަން ކޮންފެރެންސް ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެވެ.

1988، 2004 އަދި 2014 ވަނަ އަހަރު ފަދައިން، އަނެއްކާވެސް، އިންޑިއާއާއި ދިވެހިރާއްޖޭގެ މެދުގައިވާ ގާތް ގުޅުން މިވަނީ ކާރިސާއަކުން އެކުގައި އަރައިގަތުމުގެ ތެރޭގައި އިތުރަށް ބަދަހިވެ، ވަރުގަދަވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

18 ޖޫން 2017

ވިއްސާރާގައި ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން މަސައްކަތް ނުނިމި ވަނީ ނިލަންދޫގައި އެކަނި: ޑިޒާސްޓާ

18 ޖޫން 2017
ވިއްސާރާގައި ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން މަސައްކަތް ނުނިމި ވަނީ ނިލަންދޫގައި އެކަނި: ޑިޒާސްޓާ
13 ޖޫން 2017

ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އޭޑީކޭގައި މިހާރު އެޑްމިޓްކޮށްފައި ތިބީ ތިން މީހުން!

13 ޖޫން 2017
ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އޭޑީކޭގައި މިހާރު އެޑްމިޓްކޮށްފައި ތިބީ ތިން މީހުން!
07 ޖޫން 2017

ލޯންޗު އެކްސިރެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އައިސީޔޫގައި މިހާރު އޮތީ އެންމެ މީހެއް!

07 ޖޫން 2017
ލޯންޗު އެކްސިރެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އައިސީޔޫގައި މިހާރު އޮތީ އެންމެ މީހެއް!
31 މެއި 2017

ލޯންޗް އެކްސިޑެންޓް:11 މީހުންގެ ތެރެއިން ދެ މީހުން ސީރިއަސް ހާލަތުގައި

31 މެއި 2017
ލޯންޗް އެކްސިޑެންޓް:11 މީހުންގެ ތެރެއިން ދެ މީހުން ސީރިއަސް ހާލަތުގައި
06 އެޕްރީލު 2017

ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ

06 އެޕްރީލު 2017
ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ
05 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

05 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް
30 މާރިޗު 2017

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

30 މާރިޗު 2017
ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން
09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް