Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ޖަލްސާތަކަށް ހާޒިރުނުވާ މެމްބަރުންނަށް ފިޔަވަޅުއަޅަން ޓްރާންސްޕޭރެންސީން ގޮވާލައިފި

19 ފެބުރުއަރީ 2021 | ހުކުރު 08:03

މެމްބަރުންނަށް ސަލާމްބުނެ ޒިންމާއިން ރެކުމުގެ ފުރުސަތު ލިބެނީ ގަވާއިދު ހަދާފައި އޮންނަގޮތުން

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 19 ފެބުރުއަރީ 2021 | ހުކުރު 08:03
ރައްޔިތުންގެ މަޖިލީހުގެ މަޖިލިސްކުރާ މާލަން

ރައްޔިތުންގެ މަޖިލީހުގެ މަޖިލިސްކުރާ މާލަން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރު ނުވާ މެމްބަރުންނާއި ވަކި ހަމައެއް ނެތި މާ ގިނައިން ސަލާމް ބުނާ މެމްބަރުން ޖަވާބުދާރީކުރުވައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމްކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގިނަ މްމެބަރުންތަކެއް މިދިޔަ ދައުރުގެ ބޮޑުބައެއްގައި ސަލާމް ބުނެފައިވުމާއި ވަކި ގޮތެއް ނާންގައި މަޖިލީހަށް ހާޒިރުނުވާ މައްސަލަ ބޮޑުވެފައިވަނިކޮށް ޓްރާންސްޕޭރެންސީން ކުރި ޓުވީޓެއްގައި ވަނީ މިދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ހާޒިރީން އެންމެ ފުލުގައި ތިބި 10 މެމްބަރުންގެ ނަމާއި، ސަލާމުގެ އަދަދު އަދި ވަކި އެއްޗެއް ނާންގާ ހާޒިރު ނުވާ ދުވަސްތަކުގެ އަދަދު ވެސް އާންމުކޮށްފައެވެ.

Advertisement - newsAdvertisement

ޓްރާންސްޕޭރެންސީން ބުނީ މެމްބަރުންނަށް އެ ފުރުސަތު ލިބެނީ މަޖިލީހުގެ ގަވާއިދުތައް އޮންނަ ގޮތުން ކަމަށެވެ. ވަކި އުސޫލެއް ނެތި ބޭނުންވަރަކަށް ސަލާމް ބުނުމުގެ ފުރުސަތު ލިބުމަކީ އެއްވެސް މަސައްކަތެއްނުކޮށް ދައުލަތުގެ އާމްދަނީން ބޮޑު މުސާރަ ނެގުމަށް ލިބޭ ވަރަށް ބޮޑު ލޫޕްހޯލްއެއް ކަމަށް ބުނެފައިވެއެވެ. އަދި އެކަން އެގޮތަށް ކުރާ މެމްބަރުން ޖަވާބުދާރީކުރުވައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުމަށް ވެސް ގޮވާލާފައިވެއެވެ.

ޓްރާންސްޕޭރެންސީން ކުރި ޓުވީޓުގައި ބުނީ މިދިޔަ ދައުރުގައި އެންމެ ދަށް ހާޒިރީ އޮތީ އިދިކޮޅު މެމްބަރުންގެ ކަމަށެވެ. އިދިކޮޅު މެމްބަރުންނަކީ ސަރުކާރު ޒިންމާދާރުކުރުވުމުގައި މަޖިލީހުގައި އިސްދައުރެއް އަދާކުރާ ބަޔަކަށްވާއިރު ދާއިރާތަކުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ވެސް އެ މެމްބަރުން ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މިދިޔަ އަހަރު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވުމުގެ ރިކޯޑު އޮތް މެމްބަރުންނަކީ އެ ބޭފުޅުން ނިސްބަތްވާ ޕާޓީތަކުގެ ލީޑަރުންނެވެ. ޓްރާންސްޕޭރެންސީން ބުނީ ޕާޓީތަކުގެ ލީޑަރުންގެ އަމަލުތައް އެގޮތަށް ހުރުމުން ޕާޓީ އާއި އެ ދާއިރާގެ ރައްޔިތުން ތަމްސީލްކުރުމުގައި ފެއިލްވެފައިވާ ވަރު ހާމަވާ ކަމަށެވެ. އަދި ރައްޔިތުން ތަމްސީލްކުރުމުގެ ބޮޑު ޒިންމާއެއް ނަގަން ޖެހޭ އިރު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުވުމުން އެނގެނީ އެ ޒިންމާތަކާ މެދު އެއްވެސް ފަރުވާލެއް ނެތްކަން ކަމަށް ވެސް ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ޖަލްސާތަކަށް ހާޒިރުނުވާ މެމްބަރުންގެ ލިސްޓަށް ބަލާއިރު މި ލިސްޓުގެ އެންމެ ކުރީގައި އިންނެވީ 17 ވަނަ މަޖިލީހުން ފެށިގެން ވެސް މަޖިލީހުގައި އިންނަވާ މެމްބަރު އަހުމަދު ސިޔާމް އެވެ. ސިޔާމް އަކީ އަބަދުވެސް މަޖިލީހަށް ހާޒިރު ނުވުމުގެ ރެކޯޑު އޮންނަ ބޭފުޅެކެވެ. ޖުމްލަ 97 ޖަލްސާއަށް މެމްބަރު ސިޔާމް ހާޒިރު ނުވާއިރު 91 ޖަލްސާއަށް ހާޒިރުނުވެ މި ލިސްޓުން ދެވަނަ ޖާގަ ހޯދާފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ސަރުކާރު ކޯލިޝަންގެ ވެސް އެއް ލީޑަރު ކަމަށްވާ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްއެވެ. ތިންވަނައިގައި އިންނެވީ ޕީޕީއެމްގެ މެމްބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމްއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

މަޖިލީހުގެ ޖަލްސާތަކަށް ގާސިމް މިއަދު ވެސް ހާޒިރެއް ނުކުރި!

11 އެޕްރީލު 2017
މަޖިލީހުގެ ޖަލްސާތަކަށް ގާސިމް މިއަދު ވެސް ހާޒިރެއް ނުކުރި!
05 އެޕްރީލު 2017

އިދިކޮޅު މެމްބަރުންނަށް ކުރިމަތިކުރާ މައްސަލަތައް އައިޕީޔޫއަށް ހުށަހަޅައިފި

05 އެޕްރީލު 2017
އިދިކޮޅު މެމްބަރުންނަށް ކުރިމަތިކުރާ މައްސަލަތައް އައިޕީޔޫއަށް ހުށަހަޅައިފި
02 އެޕްރީލު 2017

ޕީޕީއެމުން ވަކިވި މެމްބަރުންނަށް ބިރެއް ނުދެއްކޭނެ: މުސްތަފާ

02 އެޕްރީލު 2017
ޕީޕީއެމުން ވަކިވި މެމްބަރުންނަށް ބިރެއް ނުދެއްކޭނެ: މުސްތަފާ
30 މާރިޗު 2017

ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު!

30 މާރިޗު 2017
ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު!
28 މާރިޗު 2017

އިސްލާހަށް މަސައްކަތްކުރައްވާ މެމްބަރުންނަށް ރައީސް މައުމޫންގެ ޝުކުރު

28 މާރިޗު 2017
އިސްލާހަށް މަސައްކަތްކުރައްވާ މެމްބަރުންނަށް ރައީސް މައުމޫންގެ ޝުކުރު
28 މާރިޗު 2017

ސަރުކާރުން އަމިއްލަ މެމްބަރުންނަށްވެސް އިތުބާރު ނުކުރާކަން ހާމަވެއްޖެ: ޤާސިމް

28 މާރިޗު 2017
ސަރުކާރުން އަމިއްލަ މެމްބަރުންނަށްވެސް އިތުބާރު ނުކުރާކަން ހާމަވެއްޖެ: ޤާސިމް
26 މާރިޗު 2017

މިނިވަންކަމާއި ދެކޮޅަށް ވޯޓުދެއްވައިފިނަމަ، ދުވަހަކުވެސް މެމްބަރުންނަށް ރައްޔިތުން މައާފެއް ނުކުރާނެ: އިމްރާން އަބްދުﷲ

26 މާރިޗު 2017
މިނިވަންކަމާއި ދެކޮޅަށް ވޯޓުދެއްވައިފިނަމަ، ދުވަހަކުވެސް މެމްބަރުންނަށް ރައްޔިތުން މައާފެއް ނުކުރާނެ: އިމްރާން އަބްދުﷲ
22 މާރިޗު 2017

މެމްބަރުންނަށް އިންޒާރުދީގެން މައްސަލައެއް ހުށަހެޅިފައެއް ނެތް: މަޖިލިސް

22 މާރިޗު 2017
މެމްބަރުންނަށް އިންޒާރުދީގެން މައްސަލައެއް ހުށަހެޅިފައެއް ނެތް: މަޖިލިސް
14 މާރިޗު 2017

މެމްބަރު ނިހާނު، ޕީޕީއެމްގެ މެމްބަރުންނަށް ފާޑުވިދާޅުވާ އޯޑިއޯއެއް ލީކްވެއްޖެ

14 މާރިޗު 2017
މެމްބަރު ނިހާނު، ޕީޕީއެމްގެ މެމްބަރުންނަށް ފާޑުވިދާޅުވާ އޯޑިއޯއެއް ލީކްވެއްޖެ
07 މާރިޗު 2017

"ފ އަތޮޅު ވިއްކުމާ ދެކޮޅު ޝުޢޫރުފާޅުކުރާތީ އެމްޑީޕީގެ މެމްބަރުންނަށް ދަނީ އިންޒާރު ދެމުން"

07 މާރިޗު 2017
 "ފ އަތޮޅު ވިއްކުމާ ދެކޮޅު ޝުޢޫރުފާޅުކުރާތީ އެމްޑީޕީގެ މެމްބަރުންނަށް ދަނީ އިންޒާރު ދެމުން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް