Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މައުމޫން

އިސްލާހަށް މަސައްކަތްކުރައްވާ މެމްބަރުންނަށް ރައީސް މައުމޫންގެ ޝުކުރު

މަޖިލީހުގައި ނެގި ވޯޓަކީ ސައްހަ ވޯޓެއް ނޫން، އެއީ ބާޠިލް ވޯޓެއް ކަމަށް ރައީސް މައުމޫން ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 މާރިޗު 2017 | އަންގާރަ 17:31
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ދުރުކުރުމަށާއި އިސްލާހަށް މަސައްކަތްކުރައްވާ މެމްބަރުންނަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޝުކުރު ދަންނަވައިފި އެވެ.

ޕީޕީއެމް ރައީސް މައުމޫން ފެކްޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، ޑިމޮކްރެޓިކް ހަމަތަކުގެ މަތީން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ޒިންމާދާރު ކަމާއެކުރައްޔިތުންގެ މަޖިލީހުގެ ވާޖިބުތައް އަދާކުރުމަށް މަގުފަހި ކުރުމުގެ ގޮތުން، މަޖިލީހުގެ މެމްބަރުން ކުރެއްވި މަސައްކަތްތައް ޝުކުރާއި އައްސަރިބަހާ ސާބަސް ދަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް މައުމޫން ވަނީ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންގެ ނަންފުޅުތައް ހާއްސަގޮތެއްގައި ފާހަގަކުރައްވާފަ އެވެ. އެގޮތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި އަދާލަތު ޕާޓީގެ ހަމައެކަނި މަޖިލިސް މެމްބަރު އަނާރާ ނައީމުގެ އިތުރުން ޕީޕީއެމް ރައީސް މައުމޫން ފެކްޝަނަށް ނިސްބަތްވާ ފާރިސް މައުމޫނާއި މުހައްމަދު ވަހީދު އިބްރާހީމްގެ ނަން ފާހަގަކޮށް، އެބޭފުޅުންނާއެކު އިސްލާހީ ހަރަކާތުގައި މަސައްކަތް ކުރައްވާ ހުރިހާ މެމްބަރުންނަށް ހިތްވަރުދެއްވާ ރައީސް މައުމޫން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރައީސް މައުމޫން ވިދާޅުވީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރުން ޖެހިލުންވުން އެއީ މަޖިލީހުގެ ރައީސް ކަމުން މަސީހު ދުރުކުރުމަށް އެބޭފުން ކުރެއްވި މަސައްކަތް ކާމިޔާބު ކަމަށް ގަބޫލު ކުރައްވާ ކަމެއް ކަމަށެވެ.

މީގެއިތުރުން ރައީސް މައުމޫން ވިދާޅުވީ ސިފައިން މަޖިލީހުގެ ތަޅުމަށް ވައްދާ، ގަދަބާރުން މެމްބަރުން ނެރެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ނެގި ވޯޓަކީ ހައްސަ ވޯޓެއް ނޫން ކަމަށާއި އެއީ ބާޠިލް ވޯޓެއް ކަމަށް މުޅި ދުނިޔެވެސް ގަބޫލު ކުރާނެ ކަމަށެވެ.

ރައީސް މައުމޫންގެ އެބަޔާން ނިންމާލައްވަމުން ވިދާޅުވެފައި ވަނީ ގައުމު ހަމަމަގަށް އެޅުމުގެ ގައުމީ މިމަސައްކަތުގައި ދެމިތިބުމަށް ހުރިހާ މެމްބަރުންގެ ކިބައިން އެދޭ ކަމެއް ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު