Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެކްސިނުން ކުރާ އަސަރު

ވެކްސިނުން ކުރާ އަސަރު ދެކުނު އެފްރިކާގެ ވޭރިއަންޓުގައި ކުޑަ: ފައިޒަރ

ކުންފުނިތަކުން އަންނަނީ މިހާރު އުފައްދާފައިވާ ވެކްސިން އިތުރަށް ތަރައްޤީކޮށް އިތުރު ޝޮޓްތައް އުފެއްދުމަށް އިންވެސްޓްމަންޓްތައް ކުރަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ފެބުރުއަރީ 2021 | ބުރާސްފަތި 18:36
ފައިޒަރ ވެކްސިންގެ ސާމްޕަލެއް

ފައިޒަރ ވެކްސިންގެ ސާމްޕަލެއް

ފައިޒަރއާއި ޖަރުމަނުވިލާތުގެ ބަޔޯއެންޓެކުން އުފައްދާފައިވާ ފައިޒަރ ވެކްސިން، ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް ވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާ ގޮތް ބެލުމަށް ލެބޯޓްރީގައި ކުރިޔަށް ގެންދިޔަ ދިރާސާއަކުން، އެވެކްސިނުން ވައިރަސް އާ ދެކޮޅަށް އުފައްދައިދޭ އެންޓިބޮޑީސް މަދުކޮށްދޭކަމަށް އެކުންފުނިތަކުން ބުނެފިއެވެ.

ފައިޒަރއިން ބުނީ ދެކުނު އެފްރިކާގެ ވޭރިއަންޓުގައި ވެކްސިނުން ވައިރަހާ ދެކޮޅަށް އެންޓިބޮޑީސް އުފައްދައިދޭ މިންވަރު ތިންބައިކުޅަ ދެ ބައި ކުޑަކޮށްދޭކަމަށެވެ. އަދި ފައިޒަރ ވެކްސިންގެ ޝޮޓުން ވައިރަސްގެ މިޔުޓޭޝަންތަކާއި ދެކޮޅަށް މަސައްކަތްކުރާ މިންވަރު އަދި ސާފުނުވާކަމަށް ފައިޒަރ އިން ބުނެއެވެ.

އެހެންނަމަވެސް މިދިރާސާއިން ދައްކާގޮތުގައި ވެކްސިނުން، ވައިރަހުން އިންސާނާގެ ހަށިގަނޑަށް ދޭ ގެއްލުންތަކުން ސަލާމަތްކޮށްދެއެވެ. ލެބޯޓްރީގައި ކުރިޔަށް ގެންދިޔަ ދިރާސާއަކުން މި ނަތީޖާތައް ދެއްކިނަމަވެސް އަދި މިހާތަނަށް އައިއިރު ކުރިޔަށް ގެންދިޔަ ހިޔުމަން ޓްރެއަލްއަކުން ވެކްސިނުން ކުރާ އަސަރު ކުޑަކޮށްދޭކަން ހޯދިފައިނުވާކަމަށް އެކުންފުނިތަކުން ބުނެއެވެ.

އެހެންނަމަވެސް މިކުންފުނިތަކުން އަންނަނީ މިހާރު އުފައްދާފައިވާ ވެކްސިން އިތުރަށް ތަރައްޤީކޮށް އިތުރު ޝޮޓްތައް އުފެއްދުމަށް އިންވެސްޓްމަންޓްތައް ކުރަމުންނެވެ.

މިދިރާސާކުރިޔަށް ގެންދިޔުމަށްޓަކައި މިކުންފުނިތަކުގެ ސައިންސްވެރިންނާއި ޔުނިވަރސިޓީ އޮފް ޓެކްސަސް މެޑިކަލް ބްރާންޗުން ވަނީ ދެކުނު އެފްރިކާގެ ވޭރިއަންޓްގައި ހުރި ސްޕައިކް ލެބޯޓްރީއެއްގައި އުފައްދާފައެވެ.

އެއަށްފަހު މިވައިރަސް ވެކްސިން ދީފައިވާ އެކި މީހުންގެ ހަށިގަނޑުން ނަގާފައިވާ ލޭގެ ސާމްޕަލާ އެއްކުރިއެވެ. އެއަށްފަހު ބެލިބެލުމުން އެނގުނީ ވައިރަހުން ކުރާ އަސަރު ކުޑަކުރުމުގެ ނިސްބަތް ތިންބައިކުޅަ ދެބައި އާންމު ކޮވިޑް ވައިރަހާ އަޅާކިޔާއިރު ދަށްކަމެވެ.

ލެބޯޓްރީގައި ކުރިޔަށް ގެންދެވުނު މިދިރާސާއިން އަދި ދެކުނު އެފްރިކާގެ ވޭރިއަންޓާ ދެކޮޅަށް ވެކްސިން މަސައްކަތްކުރާ މިންވަރު ސީދާ ދެނެގަނެފައިނުވާކަމަށް ސައިންސްވެރިން ބުނެއެވެ. އެހެންކަމުން އަދި އިތުރު ދިރާސާތަކެއް ކޮށްގެން އެންޓިބޮޑީސް އުފައްދައިދޭ މިންވަރާއި އެދަށްކުރާ މިންވަރު ބަލާނެކަމަށް ސައިންސްވެރިން ބުނެއެވެ.

ފައިޒަރއާއި ބަޔޯއެންޓެކުން ބުނެފައިވަނީ ހަމަމިފަދަ ދިރާސާއެއް ބްރެޒިލްއިން އެންމެ ފުރަތަމަ ފެނުނު ވޭރިއަންޓްގެވެސް ކުރަމުން އަންނަކަމަށެވެ. އެދިރާސާވެސް ކުރަމުން އަންނަނީ ލެބޯޓްރީގައެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި
05 މާރިޗު 2017

އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި

05 މާރިޗު 2017
އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި
01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު