Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިހާދު ފުރުން މަނާކުރި މައްސަލަ

ޖިހާދު ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކަމަށް ހައި ކޯޓުން ނިންމީ ރަނގަޅަށް: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުން ނިންމީ ހައިކޯޓުގެ ނިންމުން ރަނގަޅުކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2021 | ބުރާސްފަތި 10:56
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު: ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު އެމަނިކުފާނު ރާއްޖެއިން ބޭރަށް ފުރަން ކުރިމަތިވި ހުރަސް މިވަގުތަށް ނެތް

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު: ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު އެމަނިކުފާނު ރާއްޖެއިން ބޭރަށް ފުރަން ކުރިމަތިވި ހުރަސް މިވަގުތަށް ނެތް

ކ. ފުށިދިއްގަރު ފަޅު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ފުރުން މަނާކޮށް، ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކުރުމުން، ސުޕްރީމް ކޯޓުން ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ޖިހާދުގެ ފުރުން މަނާކޮށް، ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓުމަށް ނެރުނު އަމުރު، ޖިހާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، ނިމުނު ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ބާތިލްކަމަށް ނިންމާފައެވެ.

އެހެންކަމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައެވެ. މި މައްސަލާގައި ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނިންމާފައިވަނީ ކްރިމިނަލް ކޯޓުން ޖިހާދު ފުރުން މަނާކޮށް ޕާސްޕޯޓު ހިފެހެއްޓި އަމުރު ބާތިލްކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅުކަމަށް ނިންމައި، ހައިކޯޓުގެ ނިންމުމަށް ތާއިދުކުރައްވާފައެވެ.

މި މައްސަލައިގައި ހައި ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، ޖިހާދު ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން ނެރިފައިވާ އަމުރަކީ ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. އަދި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން އެ އަމުރު ވަނީ ބާތިލުކޮށްފައެވެ.

ހައި ކޯޓުގައި މި މައްސަލަ ނިންމަވާފައިވަނީ ފަނޑިޔާރު ހުސައިން ޝަހީދާއި، އިސްފަނޑިޔާރު ހާތިފް ޙިލްމީގެ އިތުރުން، ފަނޑިޔާރު އަބްދުލްރައޫފް އިބްރާހީމެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޖިހާދުގެ ފަރާތުން ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދައަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އޭރު ކްރިމިނަލް ކޯޓުން މި މައްސަލަ ބެލުމަށްފަހު، މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޖިހާދު ފުރުން މަނާކޮށް އަމުރެއް ނެރުނެވެ. އެގޮތުން ކްރިމިނަލް ކޯޓުން އޭރު މި އަމުރު ނެރިފައިވަނީ ޖިހާދު ރާއްޖެއިން ބޭރަށް ގޮސްފިނަމަ އަނބުރާ ނައުމުގެ ފުރުސަތު އޮތް ކަމަށް ބުނެއެވެ.

ކްރިމިނަލް ކޯޓުގެ މި އަމުރާ ގުޅިގެން ޖިހާދުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި މައިގަނޑު ހަތަރު އިސްތިއުނާފީ ނުކުތާއެއް ބަޔާންކޮށްފައިވެއެވެ.

ޖިހާދުގެ ފަރާތުން ހުށަހެޅި ނުކުތާތައް:

މި މައްސަލަ އިސްތިއުނާފުކޮށް ޖިހާދުގެ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާއަކީ އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައިވަނީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

ދެވަނަ ނުކުތާއެއްގެ ގޮތުން ޖިހާދުގެ ވަކީލުން ބުނެފައިވަނީ، އޭނާގެ މައްޗަށް ހުށަހަޅާފައިވާ ދައުވާ އަކީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގައި ބުނާ ބޮޑު ކުށަކަށް ނުވާއިރު، އިސްތިއުނާފު ކޮށްފައިވާ އަމުރުގައި އެއީ ބޮޑު ކުށެއް ކަމުގައި އޮތް އޮތުންވެސް އެއީ ހުށަހެޅިފައިވާ ދައުވާއާ ޚިލާފަށް ޝަރީއަތުން ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ.

ތިންވަނަ ކަމެއްގެ ގޮތުން ޖިހާދުގެ ފަރާތުން ވަނީ، ކްރިމިނަލް ކޯޓުގެ މި އަމުރަކީ ޤާނޫނޫ އަސާސީގެ 41 ވަނަ މާއްދާއިން ލިބިދޭ ދަތުރުފަތުރުކުރުމުގެ އަސާސީ ޙައްޤަށް އުނިކަން އަންނަ ފަދަ އަމުރެއްކަން ބަޔާންކުރައްވާފައެވެ. އަދި ފުރުމަށް ހަމަޖެހިފައިވާ ތާރީޚާއި، ދެކޮޅު ޓިކެޓު ވެސް ޖިހާދުގެ ފަރާތުން ހުށަހަޅާފައިވާކަން އިސްތިއުނާފުގައި ފާހަގަކޮށްފައިވެއެވެ.

ފަހު ނުކުތާއެއްގެ ގޮތުން ޖިހާދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ ކްރިމިނަލް ކޯޓުގެ މި އަމުރު ނެރުމުގައި ޙަވާލާދީފައިވާ ހައި ކޯޓުގެ ގަޟިއްޔާ ތަތްބީޤުކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ ނުކުތާއެވެ. އަދި އެ ކަންކަން ސުޕްރީމް ކޯޓުގައި ވެސް ޖިހާދުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު