Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ކޯލިޝަން

ކޮވިޑް-19އަށް ވެކްސިން ޖަހަން އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

17 ފެބުރުއަރީ 2021 | ބުދަ 14:20

އިދިކޮޅުން މީގެ ކުރިން ވެކްސިން ނުޖަހަން ގޮވާލައި މުޒާހަރާ ވެސް ކުރި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 17 ފެބުރުއަރީ 2021 | ބުދަ 14:20
ޕީޕީއެމްއިން ވެކްސިންއާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން

ޕީޕީއެމްއިން ވެކްސިންއާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން

ކޮވިޑް-19އަށް ރާއްޖޭގައި މިހާރު ޖަހަން ފަށާފައިވާ ކޮވިޝީލްޑް ވެކްސިން ޖަހަން އިދިކޮޅުން ގޮވާލައިފިއެވެ.

ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން މި މަހުގެ އެއް ވަނަ ދުވަހު ޖަހަން ފެށުމާއެކު އިދިކޮޅުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭރު އެ ވެކްސިންއަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަ ދީފައި ނުވިނަމަވެސް އެއީ ރައްކާތެރި ވެކްސިނެއް ކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

ދުނިޔޭގެވެސް ވެކްސިން އުފައްދާ އެންމެ ބޮޑު ކާރުހާނާ ކަމަށްވާ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފެއްދި ކޮވިޝީލްޑް ވެކްސިންއަކީ އޮކްސްފޮޑް-އެސްޓްރާޒެނެކާ ފޯމިއުލާއަށް ތައްޔާރުކޮށްފައިވާ ވެކްސިންއެކެވެ. ޑަބްލިއުއެޗްއޯއިން މިހާރު ވަނީ މި ވެކްސިން އިމަޖެންސީ ހާލަތުގައި ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.

އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ މަރުކާގެ ވެކްސިނާއި އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ ކޮމިޝީލްޑް މަރުކާގެވެކްސިން، އުމުރުން 18 އަހަރުން މަތީގެ މީހުން އަދި ކުރިން ހުއްދަ ދީފައިވާ ފައިޒަރ-ބަޔޯއެންޓެކް މަރުކާގެ ވެކްސިންގެ އިތުރުން އެ ދެ މަރުކާވެސް ބޭނުންކުރުމަށް އެ ޖަމިއްޔާއިން ގޮވާލާފައިވާތީ، އެކަމަށް އިޖާބަދީ، ވެކްސިން ޖެހުމަށް އެ ކޯލިޝަނުން ހިތްވަރުދޭ ކަމަށެވެ.

އެ ބަޔާނުގައި ބުނީ ކޯލިޝަނުން އަބަދުވެސް އިސްކަން ދޭނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. އެގޮތުން ވެކްސިންތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ދެނެގަތުމުގެ ފަންނީ ޤާބިލިއްޔަތު ރާއްޖޭގައި ނެތުމުން ޒަމާނުއްސުރެ އެފަދަ ކަންކަމުގައި އަމަލުކުރަމުން އައިގޮތް ކަމުގައިވާ ޑަބްލިއުއެޗްއޯގެ ލަފަޔާއި އިރުޝާދު ބަލައިގަތުމަކީ މިކޯލިޝަނުން ކުރިއަށްއޮތް ތަނުގައިވެސް ކަންކުރާނެގޮތް ކަމަށް ބުނެފައިވެއެވެ. އަދި، އެގޮތަށް އަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކަށްވެސް ގޮވާލާފައިވެއެވެ.

އިދިކޮޅުން ބުނީ އާންމުންނަށް ވެކްސިން ޖެހުމަށް ހިތްވަރު ދިނުމުގެ ގޮތުން ޕާޓީގެ އިސްވެރިންނާއި، ކައުންސިލް މެމްބަރުން ވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވެކްސިން ޖަހާނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ވެކްސިންއާ ދެކޮޅު ވާހަކަދައްކާ މަގުމައްޗަށް އެއްވެ އެ ވެކްސިން ނުޖެހުމަށް ގޮވާލާފައިވާއިރު، އޭރުވެސް އެ ޕާޓީގެ ބައެއް އިސް މެމްބަރުން އައީ ވެކްސިން ޖަހަމުންނެވެ. އެގޮތުން ޕާޓީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ރައީސް ޔާމީންގެ ގާނޫނީ ވަކީލް އަދި އެ މަނިކުފާނުގެ ވެރިކަމުގައި ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
14 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ
10 މާރިޗު 2017

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
06 މާރިޗު 2017

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް