Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވެކްސިންގައި އޭޝިއާގެ އެންމެ ކުރިއަށް ރާއްޖެ

ރައީސް ޞޯލިހުގެ ތަރައްގީގެ ތަރުތީބު، ވެކްސިން ޖެހުމުގައި އޭޝިއާގެ އެންމެ ކުރީގައި ދިވެހިރާއްޖެ

ކޮވިޑް19ގައި ރައީސް ސޯލިހު ހުރިހާ ސިޔާސަތެއްގެ ނާރެހަކަށް ހެއްދެވީ ރައްޔިތުންގެ ހަށިފުރާނަ

ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2021 | އަންގާރަ 13:02
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެކްސިން ޖައްސަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެކްސިން ޖައްސަވަނީ

ތަރައްގީގެ ހަރުފަތްތައް ގިރާކުރެއްވުމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞޯލިޙުގެ ވިސްނުންފުޅު ތަފާތެވެ. އެމަނިކުފާނުގެ ތަރުތީބު ކަރުދާސް ބިނާ ކުރައްވަނީ އެހިނދަށް ރައްޔިތުންނަށް އެންމެ ބޭނުން ބޮޑު އަސާސީ ކަންކަން އެންމެ ކުރީގައި އޮންނަ ގޮތަށެވެ.

މިސާލެއް ބަލާނަމަ ކޮވިޑް 19 ލައިގަތުމާއެކު އެމަނިކުފާނުގެ ހުރިހާ ސިޔާސަތެއްގެ ނާރެހަކަށް ހެއްދެވީ ރައްޔިތުންގެ ހަށިފުރާނާއެވެ. މި ދަތިހާލަތުގައި ތާށިވެ ކުރިމަތިވެދާނެ ތުރާތަކުން ރައްޔިތުން މިންޖު ކުރެއްވުމެވެ. ވެވެން އޮތްހާ މަދަދަކާ ދެވެން އޮތް ހުރިހާ އެހީއެއް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވުމެވެ.

ކުރިމަތިވި ނާޒުކު ދަނޑިވަޅުގައި ވަޒީފާ ގެއްލި، މުސާރަ ނުލިބި، އާމްދަނީ ހުއްޓި ދިރިއުޅޭ ތަންތަނުގެ ކުއްޔާއި ބިލްތައް ނުދެއްކުމުގެ ބުރަ، ރައްޔިތުންނަށް ކުރިމަތިވާނެކަން އެމަނިކުފާނު ހުންނެވީ ދެނެވަޑައިގެންނެވެ.

ސިވިލް ސަރވިސްގެ ތެރެއިން ސަރުކާރުގެ ވަޒީފާއަށް ބަރޯސާވާ މީޙުންނަކީ ރާޢްޖޭގައި ގިނަ ބައެކެވެ. އެހެންކަމާއެކު ގޭގައި ތިބެން ޖެހުނުނަމަވެސް ސަރުކާރުގެ އެންމެ މުވައްޒަފަކު ވެސް ދޫކޮށް ނުލެއްވުމަށް ރައީސް ޞޯލިޙު ނިންމެވިއެވެ. އެކަން އެގޮތަށް ކުރެއްވުމާ އެއްހަމައިން ދެން އެމަނިކުފާނު ވިސްނައިވަޑައިގަތީ އަމިއްލަ ވަޒީފާ ތަކުގައި އުޅޭ މުވައްޒަފުންގެ ވަޒީފާތަކާމެދުއެވެ.

މި ސަބަބަށްޓަކައި އަދި ޢާންމު ވަޒީފާތަކުން ފަރުދުން މަހްރޫމް ވިޔަނުދިމަށްޓަކައި ވިޔަފާރިތައް ޝާމިލްވާ ގޮތުން 1000 މިލިއަން ރުފިޔާގެ ލޯނު ސަރުކާރުން ދޫކުރިއެވެ. ބޭނުމަކީ ވީގޮތަކުން, ވެވުނު މިންވަރަކުން އަމިއްލަ ވަޒީފާތައް ހިފެހެއްޓި، އޭގެ ޒަރީޢާއިން ރައްޔިތުން ބެލެހެއްޓުމެވެ. އެހެންކަމާއެކުވެސް ވަޒީފާ ގެއްލި އާމްދަނީ ހުއްޓުނު ގިނަބަޔަކު ތިއްބެވެ. އެފަދަ 17147 މީހަކަށް ފާއިތުވި 2020 ވަނައަހަރު 221 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ސަރުކާރުން ދޫކުރި އެވެ.

އެއާއެކު ފެނާ ކަރަންޓަށް ރައްޔިތުން އެދަނޑިވަޅުގައި ދައްކަން ޖެހުނު ބިލްތަކުން ޖުމްލަ 117 މިލިއަން ރުފިޔާ ކަނޑައިދެވުނެވެ. ހައުސިން ލޯންތަކަށް ލުއިދީ، މަތީތައުލީމުގެ ލޯނު ދެއްކުން ފަސްކޮށްދީ ސަރުކާރަށް ދައްކަން ޖެހޭ ބިމުކުލި 6 މަހަށް ފަސް ކޮށްދެއްވިއެވެ. ސަރުކާރުން ދެވެން އޮތް ހުރިހާ ލުޔެއް ދެއްވުމަށް ރައީސް ޞޯލިހު ނިންމެވީ އެލުއި ޢާހިރުގައި ގޮސް ނިމޭނީ ރައްޔިތު މީހާއަށްވާ ލުޔެއް ކަމުގައިވުން އެދިވަޑައިގެންނެވެ.

އިމާރާތް ކުރުމުގެ އިންޑަސްޓްރީއަކީ ގިނަ ބައެއްގެ ވަޒީފާއާއި އާމްދަނީއާ ގުޅިފައިވާ ސިނާއަތެކެވެ. އެ އިންޑަސްޓްރީގެ 240 ފަރާތަކަށް ސަރުކާރުން 95 މިލިއަންގެ ލޯނު ދިނީ ހަމަ އެންމެ ބޭނުމަކުއެވެ. އެއީ އެދާއިރާއިން އާމްދަނީ ލިބޭނޭހެން އައު ވަޒީފާތައް ލާހިކުކޮށް ކޮވިޑްގެ ޙާލަތުގައިވެސް އެދާއިރާ ހިފެހެއްޓިފައި އޮތުމަށެވެ. މިހާރު ފުރަބަންދު ނިމި އެންމެ ފުރަތަމަ ބޯޑަރު ހުޅުވި އެއްގައުމުގެ ގޮތުގައި މިރާއްޖެ ވަނީ ވެފައެވެ. ރައީސް އިބްރާހިމް މުޙަންމަދު ޞޯލިހުގެ ތަރުތީބުން ދަންނަވާނަމަ ތަރައްގީއަށްޓަކާ މިވަގުތު ހިންގޭނެ އެންމެ ބޮޑު މަޝްރޫއަކީ ހުރިހާ ދިވެހިން ވެކްސިން ޖަހައި ކޮވިޑް19 އިން ރާއްޖެ ދިފާއުވުމެވެ.

އެހެންކަމަށް ވީއިރު ރައްޔިތުންނަށް ވެކްސިން ދިނުމުގައި މިއަދުގެ އިރު އޮއްސުނުއިރު މުޅި އޭޝިއާގެ އެއްވަނާގައި އޮތީ ދިވެހިރާއްޖެއެވެ. މުޅި ދުނިޔެއަށް ބަލާއިރު ދުނިޔޭގެ 7 ވަނަ އިން 6 ވަނައިން 5 ވަނަ އަށް ރާއްޖެ ކުރިއަރަމުން އެއައީ އެންމެ ދެތިން ދުވަހުގެ ތެރޭގައެވެ. ހަގީގަތުގައިވެސް ރައްޔިތުމީހާ އަށް ނުވި ރައްކަލަކާއި ރަނގަޅަކުން ހޯދޭނެ ކާމިޔާބެއް އަދި ތަރައްގީއެއް ނޯންނާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު