Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކޮވިޑް-19 ރިކަވަރީ ސްކީމް

ރިކަވަރީ ސްކީމްގެ ދަށުން ވިޔަފާރިތަކަށް 941.3 މިލިއަން ރުފިޔާ ދޫކޮށްފި

ބޮޑެތި ވިޔަފާރިތަކަށް 585.9 މިލިއަން ރުފިޔާ އަދި 8 މިލިއަން ޑޮލަރު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2021 | އަންގާރަ 08:00
ދިވެހި އަންހެން މަސައްކަތްތެރިންތަކެއް

ދިވެހި އަންހެން މަސައްކަތްތެރިންތަކެއް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ދޫކުރާ ރިކަވަރީ ލޯންތަކުގެ ގޮތުގައި ފެބްރުއަރީ 11 ގެ ނިޔަލަށް 941.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.

އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް މިހާތަނަށް 419 ފަރާތަކަށް 585.9 މިލިއަން ރުފިޔާ އަދި 8 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މި ލޯނަށް އެދި ޖުމްލަ 602 ފަރާތަކުން ފޯމް ހުށަހެޅިނަމަވެސް، ލޯން އެޕްރޫވަލް ލިބުނީ 441 ފަރާތަކަށެވެ. އޭގެތެރެއިން 20 ފޯމެއް ވަނީ ރިޖެކްޓް ކޮށްފައެވެ.

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކޮށްފައިވާ ލޯނުތަކަށް ބަލާއިރު، 2,108 ފަރާތްތަކަށް 355.4 މިލިއަން ރުފިޔާވަނީ ދޫކޮށްފައެވެ. އެއީ އަމިއްލަ މަސައްކަތްކުރާ 659 ފަރާތަކަށް ދޫކޮށްފައިވާ 19.7 މިލިއަން ރުފިޔާގެ ލޯނާއި ކުދި އަދި މެދު ފަންތީގެ 1,449 ވިޔަފާރިތަކަށް ދޫކޮށްފައިވާ 335.7 މިލިއަން ރުފިޔާގެ ލޯނެވެ. މިހާތަނަށް 4,086 ފަރާތަކުން އެސްޑީއެފްސީގެ ރިކަވަރީ ލޯނަށް އެދިފައިވާއިރު، އެޕްރޫވަލް ލިބުނީ 2,204 ފަރާތަކަށެވެ.

ކޮވިޑް-19 ވިޔަފާރި އެހީގެ ދަށުން އަންހެން މަސައްކަތްތެރިންގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން އެސްޑީއެފްސީން ލޯނު ދޫކުރަމުން އަންނައިރު، މިހާތަނަށް 117.4 މިލިއަން ރުފިޔާގެ ލޯން، 576 ފަރާތަކަށް ދިނުމަށްވަނީ އެޕްރޫވްކޮށްފައެވެ. އެއީ އަމިއްލަ މަސައްކަތްކުރާ 131 ފަރާތަކަށް 3.9 މިލިއަން ރުފިޔާ އާއި 445 އެސްއެމްއީތަކަށް 113.5 މިލިއަން ރުފިޔާގެ ލޯނެވެ.

ބީއެމްއެލް އަދި އެސްޑީއެފްސީން ދޫކުރާ ލޯނުތައް އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ލިބިގެންދާ އިރު، ލޯން ދޫކުރަނީ %6 އިންޓްރެސްޓް ރޭޓެއްގައި ހަ މަސް ދުވަހުގެ ގްރޭސްޕީރިއަޑަކާ އެކުއެވެ.

ބީއެމްއެލްއިން ރިސޯޓްތަކަށާއި ފާއިތުވި އަހަރުގެ ޓާންއޯވަރ 10 މިލިއަން ރުފިޔާއަށް ވުރެ އިތުރު ވިޔަފާރިތަކަށް ލޯނު ދޫކުރާއިރު، އެސްޑީއެފްސީން ލޯނު ދޫކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކުލަވާލާފައިވާ ސިޔާސަތަށް ޢަމަލުކުރަން ފެށުމަށް ރައީސް ނިންމަވައިފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކުލަވާލާފައިވާ ސިޔާސަތަށް ޢަމަލުކުރަން ފެށުމަށް ރައީސް ނިންމަވައިފި

12 ޖޫން 2019
ވިޔަފާރިތަކަށް ހުރިހާ ބޭންކިންގ ޚިދުމަތްތެއް ލިބޭނެ ގޮތް ބީއެމްއެލް އިސްލާމިކް އިން ހަމަޖައްސައިފި

ވިޔަފާރިތަކަށް ހުރިހާ ބޭންކިންގ ޚިދުމަތްތެއް ލިބޭނެ ގޮތް ބީއެމްއެލް އިސްލާމިކް އިން ހަމަޖައްސައިފި

27 މެއި 2019
އަލޯރާގެ އެނުއަލް ޕްރޮމޯޝަންގެ ދަށުން ބޮޑު ޑިސްކައުންޓެއް!

އަލޯރާގެ އެނުއަލް ޕްރޮމޯޝަންގެ ދަށުން ބޮޑު ޑިސްކައުންޓެއް!

16 އެޕްރީލު 2018
ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޗައިނާއިން ދަނީ ޤައުމުތައް ދަރަނީގައި ބަނދެލަމުން: އައި.އެމް.އެފް

ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޗައިނާއިން ދަނީ ޤައުމުތައް ދަރަނީގައި ބަނދެލަމުން: އައި.އެމް.އެފް

14 އެޕްރީލު 2018
ގެސްޓް ހައުސް ވިޔަފާރިތަކަށް ހާއްސަ ޓީވީ ޕެކޭޖުތަކެއް ދިރާގުން ތައާރަފުކޮށްފި

ގެސްޓް ހައުސް ވިޔަފާރިތަކަށް ހާއްސަ ޓީވީ ޕެކޭޖުތަކެއް ދިރާގުން ތައާރަފުކޮށްފި

29 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު