Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވެކްސިން ދިނުމުގެ ޕްރޮގްރާމް

މޯބައިލް ވެކްސިނޭޝަން ފަށައި، ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިން ދޭން ފެށުން ފެބުރުއަރީ 16ގައި

މޯބައިލް ވެކްސިނޭޝަން ދިނުމުގެ މަސައްކަތް މިމަހުގެ 13 ވަނަ ދުވަހު ވަނީ ފަށާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2021 | އާދީއްތަ 18:10
ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމްގެ ތެރެއިން

ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމްގެ ތެރެއިން

ސައްޙަ ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިން ދިނުން ފެބްރުއަރީ 16ގައި ފަށަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ، އާދިއްތަ ދުވަހުގެ ރޭ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިވެހި ރެޑްކްރެސެންޓްގެ ސެކެޓްރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ، ކޮވިޑްގެ ޙާލަތު ކޮންޓްރޯލްކުރުމަށާއި، ސަރުކާރުގެ ވެކްސިން ދިނުމުގެ ޕްރޮގްރާމަށް އެހީވުމަށް އެ ޖަމްޢިއްޔާއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން މި މަސައްކަތުގެ ދަށުން އެމްއާރްސީގެ ދަރުމަވެރިން ދަނީ ނަފްސާނީ އެހީ ފޯރުކޮށްދިނުމާއި، ވެކްސިން ދޭ ތަންތަނުގައި ކަންކަން އިންތިޒާމުކުރުމުގައި އެހީތެރިވަމުންކަމަށެވެ. މި މަސައްކަތުގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށާއި، އެނދުމަތިވެފައިވާ ފަރާތްތަކަށް ވެކްސިން ދިނުމަށް މޯބައިލް ވެކްސިނޭޝަން ދިނުމުގެ މަސައްކަތް މިމަހުގެ 13 ވަނަ ދުވަހު ފަށާފައިވާކަން ހިމްޔާ ހާމަކުރެއްވިއެވެ. މި މަސައްކަތުގެ ދަށުން އެމްއާރްސީގެ އެމްބިއުލަންސްއާއި، ޕޭޝަންޓް ޓްރާންސްޕޯޓް ޓީމުން އެހީތެރިވަމުންދާކަމަށް ހިމްޔާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮވިޑްގެ ޙާލަތު ރާއްޖޭގައި ކޮންޓްރޯލްކުރުމަށް ކުރަންޖެހޭ މަސައްކަތް އިތުރުކުރަންޖެހިފައިވާކަން ފާހަގަކުރައްވާ ހިމްޔާވިދާޅުވީ، ވެކްސިން ލިބެންޖެހޭ އެންމެނަށް ވެކްސިން ކަށަވަރުކުރުމަށް ސަރުކާރަށް އެހީވުމަށް މަސައްކަތް ފަށާފައިވާކަމަށެވެ. ލިޔެކިޔުން ނެތް ބިދޭސީންނަކީ ރާއްޖޭގައި ގިނަ އަދަދަކަށް އުޅޭބަޔަކަށް ވާއިރު، މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މި އާބާދީއަށް ވެކްސިންޖެހޭކަން ހިމްޔާ ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ދަށުން ސައްޙަ ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިން ދިނުން ފެބްރުއަރީ 16ގައި ފަށަން ނިންމާފައިވާކަން ހިމްޔާ ހާމަކުރެއްވިއެވެ. މިގޮތަށް ވެކްސިން ދޭނީ ދަމަނަވެށީގެ ބެނިފިޝަރީ ސިސްޓަމްގައި ރަޖިސްޓްރީވެގެންނެވެ. އެގޮތުން ދިވެހި ރެޑް ކްރެސެންޓްގެ މައިގްރެންޓް ސަޕޯޓްގެ ހޮޓްލައިން ނަންބަރުތަކަށް ގުޅައިގެން މި ސިސްޓަމްގައި ރަޖިސްޓްރީ ވެވޭނެކަމަށް ހިމްޔާ ވިދާޅުވިއެވެ. މި ސިސްޓަމްގެ ދަށުން ފެބްރުއަރީ 16 ވަނަ ދުވަހު ވެކްސިން ޖެހުމުގެ މަސައްކަތް ފަށާފައިވާއިރު، ދުވާލެއްގެ މައްޗަށް 250 މީހުންނަށް ވެކްސިން ޖެހުމަށް އަމާޒު ހިފާފައިވާކަމަށް ހިމްޔާ ވިދާޅުވިއެވެ. ހިމްޔާ ވަނީ ރެޑްކްރެސެންޓްގެ މަސައްކަތްތައް ފުޅާކުރަމުންދާއިރު، މި ޙާލަތުގައި ދަރުމަވެރިން އިންތިހާއަށް ބޭނުންވެފައިވާކަމަށް ވިދާޅުވެފައެވެ.

ލިޔެކިޔުން ނެތް ބިދޭސީން ވެކްސިންޖެހުމުގެ ޕްރޮގްރާމް ފެށުމަށް ތައްޔާރުވެފައިވާއިރު، މިގޮތަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ވަރަށް ގިނައެވެ. ކޮވިޑްގެ ކުރިންނާއި ކޮވިޑްގެ ތެރެއިން ވެސް ދިވެހި ސަރުކާރުން ވަނީ މިފަދަ ފަރާތްތަކަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެ ފަދަ ފަރާތްތައް ޤައުމަށް އަނބުރާ ދިއުމުގައި އެހީވުމާއި، ޤަވާއިދުގެ ތެރެއަށް ވައްދާ ރީ-ރަޖިސްޓަރީވުމުގެ ބޮޑު ހަރަކާތެއް ވެސް ގަލޮޅު ދަނޑުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު