Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 މަރު

ހޮސްޕިޓަލްއަށް ގެންދިޔައިރު ވެސް ނިޔާވެފައިމީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ނިޔާވި މީހުންގެ އަދަދު 57އަށް

13 ފެބުރުއަރީ 2021 | ހޮނިހިރު 05:05

ގަލޮޅު ގެއެއްގައިވެސް މީހަކު ނިޔާވެފައި އޮއްވާ ފެނުމުން އެމީހާވެސް ވަނީ ކޮވިޑަށް ޓެސްޓްކޮށްފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 13 ފެބުރުއަރީ 2021 | ހޮނިހިރު 05:05
އައިޖީއެމްއެޗް ހޮސްޕިޓަލް - ނިޔާވި މީހާގެ ޓެސްޓްތައް ދަނީ ހަދަމުން

އައިޖީއެމްއެޗް ހޮސްޕިޓަލް - ނިޔާވި މީހާގެ ޓެސްޓްތައް ދަނީ ހަދަމުން

ހޮސްޕިޓަލްއަށް ގެންދިޔައިރުވެސް ނިޔާވެފައިމީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ޖުމުލަ މި ބަލީގައި ނިޔާވި މީހުންގެ އަދަދު 57ށް އަރައިފިއެވެ.

އެޗް.ޕީ.އޭ.އިން ބުނިގޮތުގައި މި ބަލީގައި ނޔާވީ ޙާލު ބޮޑުވެ އައިޖީއެމްއެޗަށް ގެނައި އުމުރުން 78 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މި އަންހެންމީހާ ހޮސްޕިޓަލަށް ގެނައިރު ވެސް ނިޔާވެފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. މިހާރު އޮންނަ އުސޫލުގެ ދަށުން ހޮސްޕިޓަލަށް ގެންނަ ކޮންމެ މީހަކު ވެސް ކޮވިޑަށް ޓެސްޓްކުރާއިރު، ހުކުރު ދުވަހުގެ ރޭ 08:12 އެހާކެއްހާއިރު އައިޖީއެމްއެޗަށް ގެނައި މި މީހާ ކޮވިޑް ޖެހިފައިވޭތޯ ވަނީ ޓެސްޓްކޮށްފައެވެ. މި ޓެސްޓްގެ ނަތީޖާ ހޮނިހިރު ދުވަހު ލިބިފައިވާއިރު، ނަތީޖާ ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ. މިއާއެކު މި މީހާއަކީ ރާއްޖޭގައި މި ބަލީގައި ނިޔާވި 57 ވަނަ މީހާއެވެ.

Advertisement - newsAdvertisement

ހޮސްޕިޓަލްއަށް ގެންދިޔައިރު ވެސް ނިޔާވެފައިމީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ހޮސްޕިޓަލްއަށް ގެންދިޔައިރު ވެސް ނިޔާވެފައިމީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ގަލޮޅުގައި ހުރި ގެއެއްގައި ދުވަސްވީ މީހަކު ނިޔާވެފައި އޮއްވާ ފެބުރުއަރީ 2 ވަނަ ދުވަހުގެ ރޭ ވަނީ ފެނިފައެވެ.

ފުލުހުން ބުނީ ގަލޮޅު ގެއެއްގައި ނިޔާވެފައި އޮއްވާ ފެނުނީ 61 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ނިޔާވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހުކުރު ދުވަހުގެ ރޭ 10:43 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި އެހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ނިޔާވެފައި އޮއްވާ ފެނުނު މީހާ ނިޔާވެފައި ވަނީ ގުދުރަތީ މަރަކުން ކަމެއް ނުވަތަ އެނޫން ގޮތަކަށް ކަމެއް އަދި ސާފެއްނުވެއެވެ. މި މީހާވެސް ކޮވިޑަށް ޓެސްޓްކޮށްފައިވާއިރު، މިމީހާގެ ސާމްޕަލްގެ ނަތީޖާއެއް އެޗްޕީއޭއިން ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅުގައި، އުމުރުން ދުވަސްވީ މީހުން މިބަލީގައި ނިޔާވާ މިންވަރު މިވަނީ އިތުރުވާން ފަށާފައެވެ. މިއީ މިއަހަރު ފެށުނުފަހުން މިބަލީގައި ރާއްޖެއިން ނިޔާވި 9 ވަނަ މީހާއެވެ. ރާއްޖޭގައި މި ބަލީގައި ނިޔާވި މީހުންގެ ޢަދަދު 57ށް އަރާފައިވާއިރު، އޭގެ ތެރޭގަިއ ހިމެނެނީ 49 ދިވެހިންނާއި 8 ބިދޭސީންނެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ޙާލަތު އަނެއްކާ ވެސް ގޯސްވާން ފަށާފައިވާއިރު، މިއީ މިބަލީގެ ތިންވަނަ ރާޅުކަމަށް އެޗްއީއޯސީއިން ހާމަކުރެއެވެ. މި ބަލީގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް 17،000ށް ވުރެ ގިނަ މީހުންނަށް ވަނީ މި ބަލިޖެހިފައެވެ. އޭގެ ތެރެއިން 2000ށް ވުރެ ގިނަ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 200ށް ވުރެ ގިނަ މީހުންނަށް މިވަގުތުވެސް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން މިހާރު ފެންނަމުންދާ ކޮވިޑް ކޭސްތަކަށް ބަލާއިރު، މިއީ މިހާތަނަށް ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކޮވިޑް-19 ވޭވްކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވަނީ ވިދާޅުވެފައެވެ. ޑރ ނަޒްލާ ވަނީ ރާއްޖެ އޮތީ "ކްރިޓިކަލް" ޙާލަތެއްގައިކަން ބަޔާން ކުރައްވާފައެވެ. އަދި ވައިރަސް ކޮންޓްރޯލް ކުރުމުގައި އެއްބާރުލުން ދެއްވުމަށް އިލްތިމާސް ކުރައްވަމުން ޑރ ނަޒްލާ ވަނީ އިހަށް ނުވި ރައްކަލެއް ފަހުން ނުވެވޭނެކަން ހަނދުމަ ކޮށްދީފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

27 މާރިޗު 2020

ރާއްޖޭއިން ފުރައިގެން ދިޔަ އިޓަލީ ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

27 މާރިޗު 2020
ރާއްޖޭއިން ފުރައިގެން ދިޔަ އިޓަލީ ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
27 މާރިޗު 2020

ރާއްޖޭގައި ހުރި ދިވެއްސަކު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

27 މާރިޗު 2020
ރާއްޖޭގައި ހުރި ދިވެއްސަކު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
19 މާރިޗު 2020

އައިލެންޑް ސަފާރީން ކޮވިޑް-19 އަށް ޕޮސިޓިވްވި މީހަކު ދަރުމަވަންތަ ހޮސްޕިޓަލްއަށް ބަދަލުކުރަނީ

19 މާރިޗު 2020
އައިލެންޑް ސަފާރީން ކޮވިޑް-19 އަށް ޕޮސިޓިވްވި މީހަކު ދަރުމަވަންތަ ހޮސްޕިޓަލްއަށް ބަދަލުކުރަނީ
13 މާރިޗު 2020

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން އެޑްމިޓްކުރި މީހާގެ ހާލު ދެރަ

13 މާރިޗު 2020
ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން އެޑްމިޓްކުރި މީހާގެ ހާލު ދެރަ
09 މާރިޗު 2020

ކުރެއްދޫއިން އިތުރު 2 މީހުން ކޮވިޑް-19 އަށް މިރޭ ޕޮޒިޓިވްވެއްޖެ

09 މާރިޗު 2020
ކުރެއްދޫއިން އިތުރު 2 މީހުން ކޮވިޑް-19 އަށް މިރޭ ޕޮޒިޓިވްވެއްޖެ
08 މާރިޗު 2020

ބަތަލާއިން ޓެސްޓުކުރި 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

08 މާރިޗު 2020
ބަތަލާއިން ޓެސްޓުކުރި 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
07 މާރިޗު 2020

ރާއްޖެއިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

07 މާރިޗު 2020
ރާއްޖެއިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
05 މާރިޗު 2020

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހާ އުޅެފައިވާ ތަންތަން ދެނެގަތުމަށް ދަނީ މަސައްކަތްކުރަމުން: އެޗްޕީއޭ

05 މާރިޗު 2020
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހާ އުޅެފައިވާ ތަންތަން ދެނެގަތުމަށް ދަނީ މަސައްކަތްކުރަމުން: އެޗްޕީއޭ
05 މާރިޗު 2020

ރާއްޖޭގައި ކުރި ޓެސްޓުތަކުން އެއްވެސް މީހަކު މިހާތަނަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައެއް ނުވޭ: އެޗްޕީއޭ

05 މާރިޗު 2020
ރާއްޖޭގައި ކުރި ޓެސްޓުތަކުން އެއްވެސް މީހަކު މިހާތަނަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައެއް ނުވޭ: އެޗްޕީއޭ
23 ޖެނުއަރީ 2020

އިތުރު ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ

23 ޖެނުއަރީ 2020
އިތުރު ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް