Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓް

ޙާލުގައި އުޅޭ ފަރާތްތަކަށް ފްލެޓް ނުލިބެނީ އެވަރަށް ފްލެޓް ނެތުމުން

10 ފެބުރުއަރީ 2021 | ބުދަ 13:52

ދިރިއުޅުމުގެ ޙާލަތު ބެލުމަށް އެއްވެސް ކެޓަގަރީއެއްގައި ޕޮއިޓް ދޭނެ އުސޫލެއް ނެތުމުން، އުސޫލެއް ވަނީ ކަނޑައަޅާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 10 ފެބުރުއަރީ 2021 | ބުދަ 13:52
ހިޔާ ފްލެޓްތައް

ހިޔާ ފްލެޓްތައް

ޙާލުގައި އުޅޭ ފަރާތްތަކަށް ފްލެޓް ނުލިބެނީ ހިޔާ ފްލެޓްތައް ދިނުމަށް ކަނޑައަޅާފައިވާ ކެޓަގަރީތައް އޮތް ގޮތުންނާއި އިމާރާތްކުރާ ފްލެޓްތަކުގެ އަދަދު މަދުވުމުންކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެ ޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މެމްބަރު ތޯހާ މުހައްމަދު ވިދާޅުވީ، އެ ކޮމިޓީއާއި މަސައްކަތް ހަވާލުކުރި ފަހުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށް އިވެލުއޭޝަން މަރުޙަލާ ގެންގޮސްފައިވާނީ ވަރަށް އިންސާފުވެރިކޮށްކަމަށެވެ. އެގޮތުން ކޮމިޓީއާއި މަސައްކަތް ހަވާލުކުރިއިރު ދިރިއުޅުމުގެ ޙާލަތު ބެލުމަށް އެއްވެސް ކެޓަގަރީއެއްގައި ޕޮއިޓްދޭނެ އުސޫލެއް ނެތުމުން ހައުސިންގ މިނިސްޓްރީއާއެކު ކުރި މަސައްކަތުގެ ދަށުން އިންސާފުވެރި އުސޫލެއް އެކުލަވާލާ އިވެލުއޭޝަން މަސައްކަތް ކުރިއަށް ގެންދިޔަކަމަށެވެ.

Advertisement - newsAdvertisement

ތޯހާ ވިދާޅުވީ، ދިރިއުޅުމުގެ ހާލަތު ބަލަން ގޮސްފައިވާނީ ފްލެޓްތަކަށް ޝަރުތުހަމަވާ ފަރާތްތައް ދިރިއުޅޭ ގޭގެއަށް އެކަނިކަމަށެވެ. އަދި ކޮމިޓީގެ ފަރާތުން ދިރިއުޅުމުގެ ހާލަތު ބަލަން ގޮސްފައިވާނީ ފުލެޓަށް އެދުނު ފަރާތަށް ފަސޭހަ ގަޑިއެއްގައި، އެފަރާތްތަކަށް ފަސޭހަ ދުވަހެއްގައިކަމަށް ތޯހާ ވިދާޅުވިއެވެ. އެގޮތުން ފެބުރުއަރީ މަހުގެ 1ވަނަ ދުވަހު ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާއްމުކޮށްފައިވަނީ، މާލެ ސަރަހައްދުން 16912 (ސޯޅަ ހާސް ނުވަ ސަތޭކަ ބާރަ) މީހެއްގެ ގެޔަށާއި، އަތޮޅުތަކުން 2224 (ދެހާސް ދުއިސައްތަ ސައުވީސް) މީހެއްގެ ގެޔަށް ދިރިއުޅުމުގެ ހާލަތު ބަލަން ދިއުމަށް ފަހުގައި ކަމަށް ތޯހާ ވިދާޅުވިއެވެ. މި މަރުޙަލާއަކީ، ދެފުށް ފެންނަ އިންސާފުވެރި މަރުޙަލާއަކަށް ހެދުމަށް އިވެލުއޭޝަން ފޯމްގައި ފްލެޓަށް އެދުނު ފަރާތާއި ޙާލަތު ބަލަން ދިޔަ ކޮމިޓީގެ މެމްބަރުންގެ ސޮއި ނަގާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފެބުރުއަރީ މަހުގެ 1ވަނަ ދުވަހު ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކޮށްފައިވާއިރު، ފްލެޓަށް އެދުނު މީހުންގެ ތެރެއިން ދިރިއުޅުމުގެ ޙާލަތު ވަރަށް ދަށް މީހުންނަށްވެސް ފްލެޓް ނުލިބޭކަން ފާހަގަކޮށް ރާއްޖެ ޓީވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ތޯހާ ވިދާޅުވީ ޙާލުގައި އުޅޭ ފަރާތްތަކަށް ފްލެޓް ނުލިބެނީ ހިޔާ ފްލެޓްތައް ދިނުމަށް ކަނޑައަޅާފައިވާ ކެޓަގަރީތައް އޮތް ގޮތުންނާއި އިމާރާތްކުރާ ފްލެޓްތަކުގެ އަދަދު މަދުވުމުންކަމަށެވެ.

މި މަރުޙާލާގެ ޔަޤީންކަން ކަށަވަރުކުރުމަށް ދާއިމީ ލިސްޓްގެ ކުރިން އެކި ކެޓަގަރީތަކުން ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ތޯހާ ވިދާޅުވިއެވެ. އެގޮތުން ފަސްހާހެއްހާ މީހުންގެ ޖުމްލަ 8320 (އަށް ހާސް ތިން ސަތޭކަ ވިހި) ޝަކުވާއެއް ލިބިފައިވާކަމަށާއި މިހުރިހާ ޝަކުވާތަކަށް ޖަވާބުދާރީވެފައިވާކަމަށް ތޯހާ ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުގެ ޖުމުލަ ޢަދަދަކީ 7000 ނަމަވެސް ފްލެޓްތަކުގެ ގްރައުންޑް ފްލޯ، ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އަސާސީ ބޭނުންތަކުގެ ވިޔަފާރިއަށް ޚާއްސަކުރުމުން އެ ޢަދަދު ވަނަ 6720އަށް ބަދަލުކޮށްފައެވެ. ފްލެޓުތަކުގެ ދާއިމީ ލިސްޓު އާންމުކޮށް، ފްލެޓު ކޮމެޓީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ދެމަފިރިންނަށް ފްލެޓް ލިބޭ ހާލަތްތަކުގައި ދެމަފިރިންގެ ނަން ހިމެނިފައިވާނީ، ދެމަފިރިންގެ ތެރެއިން ކޮންމެވެސް އެއް ފަރާތެއް ފޯމު ހުށަހަޅާފައިވާ ކެޓަގަރީއެއްގައި ކަމަށެވެ. ހިޔާ މަޝްރޫއަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފެށި އެންމެ ފުރަތަމަ އެެއް މަޝްރޫއެވެ.

މިމަޝްރޫއަށް 430 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ. ހިޔާ ފްލެޓުތަކުން ނަގާނެ ސީދާ ކުލި އަދި އާންމު ނުކުރި ނަމަވެސް ސަރުކާރުން ބުނެފައިވަނީ ފްލެޓުތަކުގެ ކުލި 7،000 އަށްވުރެ ބޮޑު ނުކުރާނެ ކަމަށެވެ. ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ 16 ޓަވަރުގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމެންޓެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް