Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުވީއައިއޭއަށް ވޮއިސް އޮފް ކަސްޓަމަރ އެވޯޑް

ހަ މަސް ދުވަހުގެ ތެރޭގައި ވީއައިއޭއަށް ބައިނަލްއަގްވާމީ އިތުރު އެވޯޑެއް!

9 ފެބުރުއަރީ 2021 | އަންގާރަ 11:22

މިއީ ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ވީއައިއޭއަށް ލިބުނު ބައިނަލްއަގްވާމީ ދެވަނަ އެވޯޑް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 9 ފެބުރުއަރީ 2021 | އަންގާރަ 11:22
ރާއްޖެއައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި

ރާއްޖެއައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި

ރާއްޖޭގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު، ވޭލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އެއަރޕޯޓް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި)ގެ ވޮއިސް އޮފް ކަސްޓަމަރ އެވޯޑް ލިބިއްޖެއެވެ.

މިއީ ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ވީއައިއޭއަށް ލިބުނު ބައިނަލްއަގްވާމީ ދެވަނަ އެވޯޑެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއެވޯޑް ވީއައިއޭއަށް ލިބިފައި މިވަނީ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ވީއައިއޭގެ ހިދުމަތް ހޯދާ ފަރާތްތަކަށް އެންމެ އެކަށޭނެ ގޮތުގައި ހިދުމަތް ފޯރުކޮށްދެވިފައިވާތީ ކަމަށެވެ.

ފާއިތުވި ތިން ކުއާޓަރގައި ވީއައިއޭއިން ކަސްޓަމަރުންނަށް ހިދުމަތްދީފައިވާ ގޮތުގެ އެސެސްމެންޓެއް އޭއައިސީން ހަދައި، ކަސްޓަމަރުންގެ ފީޑްބެކަށް ބިނާކޮށް މި އެވޯޑް އެއަރޕޯޓަށް ދީފައިވާއިރު މިއީ މުޅިން އަލަށް އޭއައިސީން ދޭންފެށި އެވޯޑެއްކަމަށް ހަސަން ފާހަގަކުރެއްވިއެވެ.

ހަސަން ވިދާޅުވީ މިފަދަ އެވޯޑްތައް ވީއައިއޭއަށް ލިބުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރައަރައި ދިއުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

ވެލަނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ ގިނަ އަދަދެއްގެ އެޖެންސީތަކެއް އެކުގައި މަސައްކަތްކުރާ ތަނެއްކަން ފާހަގަކޮށް، ހަސަން ވަނީ މި އެވޯޑް ލިބުމުގެ އަސްލަކީ މިހުރިހާ އެޖެންސީތަކުން އެކުގައި ކުރި މަސައްކަތުން އެއަރޕޯޓްގެ އޮޕަރޭޝަން ރަނގަޅުކުރެވުން ކަމަށް ވިދާޅުވެފައެވެ.

ފާއިތުވި އަހަރުގެ ސެޕްޓެމްބަރ މަހު ވީއައިއޭއަށް ވަނީ އެއަރޕޯޓް އެކްރެޑޭޝަން ހެލްތު ސެޓްފިކެޓް ލިބިފައެވެ. އޭޝިއާ ޕެސިފިކުން ދެވަނައަށް ރާއްޖެއަށް މި ސެޓްފިކެޓް ލިބިފައިވާއިރު، އެއް ވަނަ ލިބިފައިވަނީ ދެކުނު ކޮރިއާގެ އިންޗިއޯން އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. އަދި މުޅި ދުނިޔެއިން ވީއައިއޭއަށް މިއެވޯޑް ލިބިފައި ވަނީ 12 ވަަނަ އަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖޫން 2017

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!

10 ޖޫން 2017
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!
08 ޖޫން 2017

މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ

08 ޖޫން 2017
މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ
20 މެއި 2017

ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި

20 މެއި 2017
ރޯދަ މަސް ފެށެން ހަފްތާއެއް، ބައެއް ތަކެތި ބާޒާރުން ލިބުން ދަތި
10 އެޕްރީލު 2017

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

10 އެޕްރީލު 2017
ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި
28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
03 ފެބުރުއަރީ 2017

މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް

03 ފެބުރުއަރީ 2017
މަސްވެރިކަމަށް 32 ޕަސެންޓްގެ ކުރިއެރުމެއް
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް