Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ތިނަދޫ

ތިނަދޫން އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ

8 ފެބުރުއަރީ 2021 | ހޯމަ 12:52

މިދިޔަ ހަފުތާގައި ތިނަދޫން މާލެއަށް ދަތުރުކުރި ދެމީހަކު ކޮވިޑް-19އަށް ވަނީ ޕޮޒިޓިވްވެފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 8 ފެބުރުއަރީ 2021 | ހޯމަ 12:52
ގދ. ތިނަދޫ

ގދ. ތިނަދޫ

ގދ. ތިނަދޫން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ކޮވިޑް-19 އާ ގުޅިގެން ގދ. ތިނަދޫ މޮނީޓަރިން ހާލަތަށް ގެނެސް، އެރަށަށް އަރައިފޭބުން ވަނީ މަނާކޮށްފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖޭންސީ (އެޗްޕީއޭ)އިން އާދިއްތަ ދުވަހު އަންގާފައިވާ އެންގުމެއްގައި ވަނީ، ކޮވިޑް-19 އާ ގުޅިގެން، ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް، ތިނަދޫގައި މިވަގުތު ހުރި އެއްވެސް މީހަކު އެޗް.ޕީ.އޭ.އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗް.ޕީ.އޭ.ގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުންވެސް މަނާކޮށް، ރަށް މޮނީޓަރިން ހާލަތަށް ގެނެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ކޮވިޑް-19ގެ ކޭސްތަކެއް ތިނަދޫން ފެނިފައިވާއިރު، އެރަށުގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްކުރަމުން ދެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިދިޔަ ހަފުތާގައި ތިނަދޫން މާލެއަށް ދަތުރުކުރި ދެމީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވެއެވެ. އެކަމާ ގުޅިގެންވެސް ސާމްޕަލް ނެގުމުގެ މަސައްކަތް ކޮށްފައިވެއެވެ. އޭގެފަހުން އައްޑޫ ސިޓީ ހިތަދޫން ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވި މީހަކު ތިނަދޫން ވެސް ޕޮޒިޓިވްވެފައިވާ ކަމަށްވެއެވެ. ރެންޑަމް ސާމްޕަލް ނެގުމުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކޮށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ކުރި ފޭސްބުކް ޕޯސްޓެއްގައި ވަނީ ގދ.ތިނަދޫގައި ކޮވިޑް-19 ވައިރަސް ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި 07 ފެބްރުއަރީ 2021 ގައި ނެގުނު ރެންޑަމް ސާމްޕަލްއެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ހާމަކޮށްފައެވެ. މިއާއެކު ތިނަދޫން މިފަހަރު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ޖުމްލަ ތިނަކަށް އަރާފައެވެ.

މި ކޭސްތަކާއި ގުޅިގެން 04 ފެބްރުއަރީ 2021 އިން ފެށިގެން ތިނަދޫ ބަނދަރު ސަރަހައްދުގައިވާ 16 ނަންބަރު ގާޑިޔާލުން ޚިދުމަތް ހޯދާފައިވާ މީހުން ރޫމް އައިސޮލޭޓްވުމަށްފަހު، ހޮސްޕިޓަލުގައި ގާއިމް ކުރެވިފައިވާ ކޮވިޑް-19 ހޮޓްލައިނަށް ގުޅުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ އަންގާފައެވެ.

ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވެ، މާލެ ސަރަހައްދުން ގިނަ ޕޮޒިޓިވް ކޭސްތަކެއް ދަނީ ފެންނަމުންނެވެ. އަދި ބައެއް ރަށްތަކުންވެސް ޕޮޒިޓިވް ކޭސްތައް ފެންނަމުންދާއިރު، ރިސޯޓްތަކުންވެސް ޕޮޒިޓިވް ކޭސްތައް ދަނީ ފެންނަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް