Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގައި ވެކްސިން ޖަހަން ފެށުން

ވެކްސިނާއެކު އުއްމީދު އައުވެ، ސިއްހީ ޚިދުމަތްތެރިންގެ ހިތްތަކަށް އުފާވެރިކަން ގެނުވައިފި

ވެކްސިންގެ ސަބަބުން ޕޯލިއޯ، ނިއުނެޓަލް ޓެޓްނަސްގެ އިތުރުން މީސަލްސްވެސް ރާއްޖެއިން ނައްތާލެވުނު

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2021 | ހޯމަ 11:37
ރާއްޖޭގައި ޖަހަމުން ދަނީ ކޮވިޝީލްޑް ވެކްސިން

ރާއްޖޭގައި ޖަހަމުން ދަނީ ކޮވިޝީލްޑް ވެކްސިން

އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އެސްޓްރަޒެނެކާ-އޮކްސްފޯޑް ޔުނިވާސިޓީގެ ކޮވިޝީލްޑް ވެކްސިންގެ އެއް ލައްކަ ޑޯޒް އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދުވަހަކީ އުފާވެރި ދުވަހެކެވެ. 2020 ވަނަ އަހަރު ދުނިޔެއާއި ކުރިމަތިލި ކޮވިޑް-19ގެ ބިރުވެރި އަދި ދަތި ހާލުން ރާއްޖެއަށް ވެސް އަރައިގަނެވޭނެކަމުގެ ފެހި ސިގްނަލް ލިބުނު ދުވަހެވެ.

އޭގެ ފަހުން ކެތްތެރިކަމެއް ނެތި ރައްޔިތުން އިންތިޒާރު ކުރަމުންދިޔައީ މި ވެކްސިން ޖަހަން ހުއްދަ ދޭނެ ދުވަހަކަށެވެ. ޚާއްސަކޮށް އެކަމަށް އެންމެ ބޮޑަށް އެދެމުން ދިޔައީ ވަރުބަލި ކަމެއްނެތި ކޮވިޑްގެ ވަބާއިން މުޅި ގައުމު ސަލާމަތް ކުރަން އަތުކުރި އޮޅާލައިގެން ތިބި ސިއްހީ މާހިރުންނާއި ޚިދުމަތްތެރިންނެވެ.

ކޮންމެއަކަސް އެދުވަސް ފަހަނައަޅައި ގޮސް، ރާއްޖޭގައި ވެކްސިން ޖަހަން ފެށުނެވެ. އެތައް ބަޔަކަށް އުފާވެރިކަން ގެނުވައި ހިތްވަރު ދެމުންނެވެ. ވެކްސިންޖެހުމުގައި ވެސް މި ރާއްޖެއިން ފެނިގެންދިޔައީ ހިތަށް ފިނިކަން ލިބިދޭ އުފާވެރި މަންޒަރު ތަކެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާން ވެކްސިން ޖައްސަވައި ދިވެހި ރައްޔިތުންނަށް ވެކްސިނުގެ ރައްކާތެރިކަން ކަށަވަރު ކޮށްދެއްވިއެވެ.

މި އުފާވެރިކަމާއި ހިތްހަމަޖެހުން ރައްޔިތުންގެ ކިބައިން ނަގާލަން ބައެއް ފަރާތްތަކުން މަސައްކަތް ކުރިކަމުގައި ވީނަމަވެސް އެމީހުން ވަނީ ފެއިލްވެފައެވެ. އެކަން ހާމަ ވެގެން ދަނީ ވެކްސިން ޖެހުމަށް އެކުލަވާލާފައިވާ ޚާއްސަ ޕޯޓަލްއަށް ރަޖިސްޓަރީވަމުން ދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާ ދިއުމުންނެވެ.

ވެކްސިން ޖަހަން ގޮސް ތިބޭ މީހުންގެ ކިއުތައް ދިގުވެ، މި ބަލިމަޑުކަމާ ހަނގުރާމަ ކުރުމުގައި ދިވެހިން ތިބީ ނުގުޑާ އަޒުމެއްގައިކަން ބުނެދެމުން ކޮންމެ ރައްޔިތަކުވެސް ވެކްސިން ޖަހަން ދަނީ ބަހަނާ ދެއްކުމެއް ނެތިއެވެ. ވެކްސިން ޖެހުމުގެ ޕްރޮގްރާމްގައި ހަރަކާތްތެރިވާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ކްލިނިކަލް ނަރުހެއް ކަމަށްވާ މައުސޫމާ ވިދާޅުވީ ދުވާލެއްގެ މައްޗަށް 600 މީހުންނާއި 900 މީހުންގެ ގަޔަށް ވެކްސިން ޖަހަމުން ދާކަމަށެވެ. އަދި މިއިން ކޮންމެ މީހެއްވެސް ވެކްސިން ޖަހަން އަންނަނީ ނުހަނު ބޭނުންވެގެން ކަމަށް މައުސޫމާ ވިދާޅުވިއެވެ.

މީގެ އިތުރުން ދާދި ފަހުން ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤު ވިދާޅުވީ ވެކްސިންޖަހާ މީހުންގެ އަދަދު އިތުރުވެ، އެކަމުގެ ސަބަބުން ބަލިމަޑުކަމުން އަރައިގަތުމަށް އައު ހިތްވަރެއް ލިބެމުން ދާކަމަށެވެ. އަދި މުޅި ދުނިޔެއަށް ދިމާވެފައިވާ ޕެންޑެމިކްގެ ނިމުން ﷲގެ އިރާދަފުޅުން ވަރަށް އަވަހަށް އަންނާނެ ކަމަށެވެ.

ވެކްސިނުގެ މުހިއްމުކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދާދި ފަހުން ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ޖަހައިގެން ގައިން ގަޔަށް އަރާ، ނުރައްކާތެރި އެތައް ބައްޔެއް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ބަލިތައް އެއްކޮށް ނައްތާލެވިފައިވާއިރު އޭގެ ތެރޭގައި ޕޯލިއޯ، ނިއުނެޓަލް ޓެޓްނަސްގެ އިތުރުން މީސަލްސްވެސް ރާއްޖެއިން ނައްތާލެވުނު ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ހޯއްގޮވާ ކެއްސުމާއި، ކަރުފޮޅު ފަދަ ބަލިތައް މިހާރު ފެންނަނީ ވަރަށް މަދުންކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ޖަހާ މިންވަރު ދަށަށް ހިނގައްޖެނަމަ މި ބަލިތައް އިތުރަށް ރާއްޖެއިން ފެނި، ބަލިތައް ފެތުރުމުގެ ފުރުސަތުވެސް ވަރަށް ބޮޑުކަމަށެވެ.

އެގޮތުން 2020 ވަނަ އަހަރުގެ ކުރީކޮޅު މީސަލްސް އައުޓްބްރޭކުންވެސް ވެކްސިނުގެ މުހިއްމުކަން ހާމަވެގެން ދިޔަކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. އަދި ކޮންމެ ވެކްސިނެއްވެސް އެ ވެކްސިން ޖެހުމަށް އެންމެ އެކަށީގެންވާ ވަގުތާއި އުމުރުގައި ޖެހުމަކީ މުހިއްމު ކަމެއްކަމަށް ވިދާޅުވިއެވެ.

ވެކްސިނާއެކު އެތައް ސިއްހީ ޚިދުމަތްތެރިންނަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިފައިވާއިރު ވެކްސިނުގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ވެކްސިން ޖެހުމުގެ މުހިއްމުކަން އެނގި، އެހެން މީހުންނަށް އެ މައުލޫމާތު ފޯރުކޮށްދިނުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތޮއްޑޫ ސިއްހީ މަރުކަޒު: ނަމެއްގައި 24 ގަޑިއިރު!

ތޮއްޑޫ ސިއްހީ މަރުކަޒު: ނަމެއްގައި 24 ގަޑިއިރު!

13 އެޕްރީލު 2019
މާލެއާ ކައިރި ރަށަކަށްވީތީ ސިއްހީ ޚިދުމަތްތަކުން މަހުރޫމް ވެފައި!

މާލެއާ ކައިރި ރަށަކަށްވީތީ ސިއްހީ ޚިދުމަތްތަކުން މަހުރޫމް ވެފައި!

22 ފެބުރުއަރީ 2019
އިބޫއާ އެކު ބ. އަތޮޅަށް އުއްމީދުގެ އަލިކަން

އިބޫއާ އެކު ބ. އަތޮޅަށް އުއްމީދުގެ އަލިކަން

01 އޯގަސްޓު 2018
ޒުވާނުންގެ އުއްމީދު ގުޅިފައިވަނީ ވަޒީފާއާ!

ޒުވާނުންގެ އުއްމީދު ގުޅިފައިވަނީ ވަޒީފާއާ!

16 ޖުލައި 2018
ނަޝީދުގެ ކެމްޕެއިނާ އެކު މެމްބަރުނަށް ކުރެވޭ އުފާވެރިކަމުގެ އިހްސާސާއި އުއްމީދުތައް

ނަޝީދުގެ ކެމްޕެއިނާ އެކު މެމްބަރުނަށް ކުރެވޭ އުފާވެރިކަމުގެ އިހްސާސާއި އުއްމީދުތައް

27 މެއި 2018

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު