Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެސްއީޒެޑް

އެސްއީޒެޑް: ހަގީގަތަކަށް ނުވި ހޮޅި އުއްމީދު!

އަންނަ އަހަރުގެ ބަޖެޓުގައި އެސްއީޒެޑްގެ ވާހަކަ ހިމަނާފައެއް ނުވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2017 | ބުރާސްފަތި 15:59
އެސްއީޒެޑްގެ ތެރެއިން ތަރައްގީ ކުރާ ސަރަހައްދެއް

އެސްއީޒެޑްގެ ތެރެއިން ތަރައްގީ ކުރާ ސަރަހައްދެއް

ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 2018 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މުހިއްމު ގިނަ މަޝްރޫއުތަކެއް ހިމަނާފައިވާ އިރު އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ސްޕެޝަލް އިކޮނޮމިކް ޒޯނާ ގުޅޭ އެއްވެސް މައުލޫމާތެއް ހިމަނާފައިނުވާ ކަމެވެ. މިއީ ކިހިނެއް ވެގެން ވީ ކަމެއްކަން ކަމާ ގުޅޭ އިދާރާއަކުން ހާމަކޮށްފައިނުވާ އިރު ހަގީގަތަކީ އެސްއީޒެޑްގެ ތެރެއިން މި ފާއިތުވެދިޔަ ތިން އަހަރު ވެސް ސަރުކާރަށް އެއްވެސް ފައިދާއެއް ނުވަތަ އާމްދަނީއެއް ލިބިފައިނުވާ ކަމެވެ. އެސްއީޒެޑްގެ ވާހަކައަކީ އެ ގާނޫނު ވުޖޫދަށް ގެނައުމަށް އުންމީދުތަކުން ފުރިގެންވާ ވާހަކަތަކެއް ދެކެވުނު މައުލޫއަކަށް ވީނަމަވެސް މިއަދު ޕޯޑިއަމްތަކުގައި ވެސް އެސްއީޒެޑްގެ މާގިނަ ވާހަކަތަކެއް ދެކެވޭ ތަނެއް ނުފެނެއެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ނަމުގައި 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ ގާނޫނެއް ތަސްދީގު ކުރައްވާފައެވެ.

ގާނޫނު އަސާސީގެ 92 ވަނަ މާއްދާގެ ގޮތުގައި ގާނޫނެއް ވުޖޫދަށް ގެނެސް ބޭރުގެ ގިނަ ފަރާތްތަކަށް ވިޔަފާރީގައި ރާއްޖެއިން ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ގިނަ ޕްލޭންތަކެއް އޭރު ކުރެވުނެވެ. އެގޮތުން ރާއްޖޭގައި މިނިވަން ވިޔަފާރިއަށް ހުޅުވާލެވިފައިވާ ސަރަހައްދުތައް ކަނޑައެޅުމާއި އުފެއްދުމާއި ހިންގުމާއި އެ ޒޯނުތަކުގައި އިންވެސްޓްކުރުމާއި އެ ޒޯނުތައް ތަރައްގީ ކުރާ ޑިވެލޮޕަރުންނާއި އެ ޒޯނުތަކުގައި އިންވެސްޓްކުރާ ފަރާތްތަކަށް ދެވޭ އިނާޔަތްތަކާއި އެކަމާ ގުޅޭ އުސޫލުތައް ވެސް ހެދިގެންދިޔައެވެ.

މީގެ އިތުރަށް އެސްއީޒެޑްގެ ތެރެއިން އެންމެ މަދުވެގެން 150 މިލިއަން ޑޮލަރު އިންވެސްޓް ކުރަންޖެހޭނެ ކަމަށް ވެސް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މި ގާނޫނު ތަސްދީގު ކުރުމާ އެކު ސަރުކާރުގެ އިސް ފަރާތްތަކުން ވެސް ވަނީ އެސްއީޒެޑަށް ބައިނަލްއަގްވާމީ ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅު ކުރަމުންދާކަން ފާހަގަކޮށްފައެވެ. އެގޮތުން 2016 ވަނަ އަހަރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ އެސްއީޒެޑް ގާނޫނު ވުޖޫދަށް އައި ފަހުން ރާއްޖެއަށް ލިބުނީ އެންމެ ޕްރޮޖެކްޓެއް ނޫން ކަމަށާއި އެ ޕްރޮޖެކްޓުތައް ރާއްޖެއަށް އައިސް އެ މަސައްކަތްތައް ވެސް އޭރު ކުރެވެމުންދާ ކަމަށެވެ.

އެކި ފަރާތްތަކާއި ނެގޯޝިއޭޓް ކުރެވޭ ވާހަކަ އާއި މަޝްވަރާ ކުރާ ވާހަކަތައް އޭގެ ފަހުން ވެސް އެތައް ފަހަރަކު އަޑު އިވުނެވެ. އެހެން ނަމަވެސް ވިދިގެން އައި އަހަރުތަކުގެ ބަޖެޓު ރިޕޯޓުން މީގެ ނަތީޖާއެއް ނުފެނުނެވެ. ނުވިތާކަށް އަންނަ އަހަރުގެ ބަޖެޓުން "އެސްއީޒެޑް" އެބަސް ވެސް ވަނީ ފޮހެލާފައެވެ.

ސަރުކާރުން އަޑުހަރުކޮށް ޕްރޮމޯޓް ކުރަމުންދިޔަ އެސްއީޒެޑް ޕޮލިސީ މިއަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވުމުން އެނގެނީ ސަރުކާރުން ވެސް އެސްއީޒެޑުން ގައުމަށް ފައިސާއެއް ވަންނާނެ ކަމަށް އުއްމީދު ނުކުރާ ކަމެވެ. މިއަހަރުގެ ބަޖެޓުގައި އެސްއީޒެޑުގެ ތެރެއިން ލިބޭނެ ފައިސާގެ ގޮތުގައި 500 މިލިއަން ރުފިޔާ ހިމެނިއެވެ. އަދި އޭގެ ކުރިން، 2016 ވަނަ އަހަރު އެސްއީޒެޑުން އެއް ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިމަނާފައި ވެއެވެ. އެހެން ނަމަވެސް ލިބުނު ހަމަ އެންމެ ލޯ ލާރިއެއް ވެސް ނެތެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި އާމްދަނީ ހޯދުމަށް ހިމަނާފައިވާ އާ ކަންތައްތަކުގެ ގޮތުގައި އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ ހާއްސަ ޓެކްސް ސިޔާސަތުތަކެއްގެ ވާހަކައެވެ. އެގޮތުން ޓެކްސްގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ އިދާރީ އިޖުރާއަތުތަކަށް ބަދަލު ގެނައުމާއި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްގެ ބައެއް ކަންކަމަށް ބަދަލު ގެނައުމެވެ. އެހެން ނަމަވެސް 2017 ވަނަ އަހަރުގެ ބަޖެޓާއި ހިލާފަށް އަންނަ އަހަރުގެ ބެޖުގައި އާމްދަނީ ލިބޭނެ ކަންތައްތަކުގެ ގޮތުގައި ކުރާ ކަންކަމުގެ މާބޮޑު ތަފްސީލެއް ހިމަނާފައެއް ނުވެއެވެ.

މިއަހަރުގެ ބަޖެޓުގައި އާމްދަނީ ލިބޭނެ ކަންތައްތަކުގެ ގޮތުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި އެއަރޕޯޓް ޑިވެލޮޕްމެންޓް ޗާޖުގެ ގޮތުގައި 565 މިލިއަން ރުފިޔާ އާއި ބިންވެރިކޮށްދީގެން ލިބޭނެ ކަމަށް ކަނޑައަޅާފައިވާ 500 މިލިއަން ރުފިޔާ އާއި މާލޭ ސަރަހައްދުން ނަގާ ކޮންޖެޝަން ޗާޖުގެ ގޮތުގައި 261 މިލިއަން ރުފިޔާ އާއި ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކޮށްގެން ލިބޭނެ ކަމަށް ލަފާކުރި 200 މިލިއަން ރުފިޔާ އާއި ފިޒީ ޑްރިންކްސް އާއި އެނަރޖީ ޑްރިންކްސް އިން ނަގާ ނުވަ މިލިއަން ރުފިޔާ އާއި ޓެކްސީ އަދި ފިކަޕް ހިދުމަތުގެ ހުއްދަ ވިއްކައިގެން 12 މިލިއަން ރުފިޔާ އާއި އެސްއީޒެޑް ތައާރަފްކޮށްގެން 500 މިލިއަން ރުފިޔާ ހޯދުމަށް ހިމަނާފައި ވެއެވެ. ބަޖެޓުގައި ހިމަނާފައިވާ މި ކަންތައްތަކުން ސަރުކާރަށް ލިބުނީ ގާތްގަނޑަކަށް 592 މިލިއަން ރުފިޔާއެވެ. މިއީ މި ކަންކަމުން ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ ހަތަރުބައިކުޅަ އެއްބައެވެ.

މިއަހަރުގެ ބަޖެޓާއި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރެއިން މިއީ އެންމެ ފާހަގަކޮށްލެވޭ އެއްކަމެވެ. އާމްދަނީ ހޯދުމަށް އަލަށް ސަރުކާރުން ކުރާނެ ކަމަށް ލަފާކުރާ ކަންކަން މަދުވުމެވެ. އަންނަ އަހަރުގެ ބަޖެޓުގައި އެފަދަ ކަންކަން ހިމަނާފައި ނުވަނީ، މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލާފައި ކަމަށް ވެދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

ހަޖަމް ނުވި އަމުރާއެކު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތަށް މަހެއް، ސުޕްރީމް ކޯޓް އަނެއްކާވެސް ސަރުކާރަށް ފަރިވެފައި!

05 މާރިޗު 2018
އިސްރާއީލާއި ދެކުނު އެފްރިކާއަށް ވީވަރު ވެސް ދިވެހިންނަށް ނުވި!

އިސްރާއީލާއި ދެކުނު އެފްރިކާއަށް ވީވަރު ވެސް ދިވެހިންނަށް ނުވި!

15 ފެބުރުއަރީ 2018
ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

13 ފެބުރުއަރީ 2018
ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

26 ޖެނުއަރީ 2018
ސްޓާރޓް ނުވި ޕީޕީއެމްގެ ކެމްޕޭން – ގަރާޖަކަށް ގެންދަންވެފައި؟

ސްޓާރޓް ނުވި ޕީޕީއެމްގެ ކެމްޕޭން – ގަރާޖަކަށް ގެންދަންވެފައި؟

06 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު