Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކ. ހުރާ

މާލެއާ ކައިރި ރަށަކަށްވީތީ ސިއްހީ ޚިދުމަތްތަކުން މަހުރޫމް ވެފައި!

ފަރުވާ ދެވެނީ އެންމެ އާދައިގެ ބަލިތަކަށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2019 | ހުކުރު 14:37
ކ.ހުރާގެ ސިއްހީ މަރުކަޒު

ކ.ހުރާގެ ސިއްހީ މަރުކަޒު

އާސާސީ ޚިދުމަތްތައް އަތޮޅު ތެރޭގެ ރަށްރަށުން ނުލިބޭ ވާހަކައަކީ ޒަމާނުއްސުރެ އަޑު އަހަމުން އަންނަ ވާހަކައެވެ. ހުރިހާކަމެއްގައި ވެސް މާލެއަށް ބަރޯސާވެ، ބޭނުންތައް ފުއްދުމަށް ކަނޑުހުރަސް ކުރަން ޖެހޭ ޝަކުވާއަކީ އަތޮޅު ތެރޭގެ ރައްޔިތުން އެންމެ ގިނައިން ކުރަމުން އަންނަ އެއް ޝަކުވާއޭ ބުންޏަސް ދޮގު ކުރެވޭކަށް ނެތެވެ. އެއީ މާލެސިޓީއާ ކައިރި ރަށެއް ވެސް މެއެވެ.

ސްޕީޑް ލޯންޗްގައި މާލެއިން ފުރައިގެން 20 މިނެޓުން ދެވޭ ކ.ހުރާގެ ރައްޔިތުންވެސް ކުރަނީ މިޝަކުވާތަކެވެ. އެރަށުން އެންމެ އެކަށީގެންވާ ސިއްހީ ޚިދުމަތް ނުލިބެއެވެ. ހުރާގެ ސިއްހީ ޚިދުމަތް ވަޅުޖެހިފައިވާއިރު، އެރަށުގެ ސިއްހީ މަރުކަޒުން އާންމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުނު ނަމަވެސް ބޮޑު ބަޔެއް ވެގެން ނުވަތަ ޚާއްސަ ޑޮކްޓަރަކަށް ދެއްކުމަށްވެސް އަންނަން ޖެހެނީ މާލެއަށެވެ. މީގެ އިތުރުން މާލެއާ ކައިރީގައި އޮންނަ ރަށަކަށްވާތީ ގިނަ ޙިދުމަތްތައް އެރަށަށް ނުލިބޭނީއެވެ.

ހުރާ ކައުންސިލްގެ ނައިބް ރައީސް ފަޔާޒު އިބްރާހިމް ވިދާޅުވީ ރަށުގެ ތަރައްގީއަށް ގިނަ މަސައްކަތްތައް ކުރަމުން އަންނައިރު، ކުރީގެ ސަރުކާރުން އެރަށާއި މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން މާލެ ކައިރި އޮންނަ ރަށަކަށްވާތީ ސިއްހީ ގިނަ ޚިދުމަތްތަކުން މަހުރޫމްކޮށް، މާލެއައުމަށް މަޖުބޫރުކުރުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޔާޒު ވިދާޅުވީ މާބަނޑު އަންހެނުންނަށްވެސް މަރުކަޒުން ދެވޭނެ ޚިދުމަތެއް ނެތް ކަމަށާއި، އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް އެރަށުގައި ނުހުންނަ ކަމަށެވެ. އަދި ވިހެއުމަށް އަންނަންޖެހެނީ މާލެއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޔާޒު ވިދާޅުވީ ރަށުގައި ދިރިއުޅޭ މީހުންގެ އިތުރުން އެރަށަށް އެހެން ރަށްތަކުން މީހުން ޒިޔާރާތް ކުރަމުންދާއިރު، ކޮންމެ ދުވަހަކުވެސް ފުދޭ ވަރަކަށް މީހުން ޑޮކްޓަރަށް ދެއްކުމަށްދާ ކަމަށާއި، ނަމަވެސް އެންމެ އާދައިގެ ޓެސްޓެއްވެސް މަރުކަޒުން ނުހެދޭ ކަމަށެވެ. އަދި ވިދާޅުވީ ލޭގެ ޓެސްޓާއި، ހަކުރު ބަލި ފަދަ ޓެސްޓްތައް ހަދަން އަންނަންޖެހެނީ މާލެއަށް ކަމަށެވެ.

"އާދައިގެ ޚިދުމަތްތައް މަރުކަޒުން ލިބެނީ. ބޭސް އަޅުމާއި، ރޯޖާޖެހިގެން އާދައިގެން ފަރުވާ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަ ރަށުގެ ސިއްހީ ނިޒާމަށް މާބޮޑު ސަމާލުކަމެއްނުދީ ވަޅު ޖައްސާލަފަ އޮތީ. ހައްލު ކުރުމަށް މަސައްކަތް ކުރިން. އެކަމަކު އެއްބާރުލުމެއް ނުލިބު'' ފަޔާޒު ވިދާޅުވިއެވެ.

ހުރާގެ ސިއްހީ މަރުކަޒުގެ ހިންގުމާއި ހަވާލުވެ ހުންނެވި ޝަފީގާ އާރިފް ވިދާޅުވީ ސިއްހީ މަރުކަޒުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، އެންމެ އަވަހަށް ބޭނުންވަނީ އައު އެމްބިއުލެންސްއެއް ކަމަށެވެ. މިހާރު ބޭނުންކުރާ އެމްބިއުލެންސް ވަރަށް ބޮޑަށް ބާވެފައިވާ ކަމަށާއި، އޭގައި ބަލި މީހުން އުފުލުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްބިއުލެންސް ވަރަށް ބޮޑަށް ބާވެފައި. ދުއްވޭ. އެކަމަކު އެންމެ އެކަށީގެން ނުވޭ ބޭނުން ކުރާކަށް. އާ އެމްބިއުންސްލެއް ބޭނުންވަނީ. މިނިސްޓްރީއަށް ރިކުއެސްޓް ކޮށްފައިވާނީ މިހާރު. ލިބޭނެ ވަކި ތާރީހެއް ބުނާކަށް ނޭނގެ" ޝަފީގާ ވިދާޅުވިއެވެ.

ހުރާގެ ސިއްހީ މަރުކަޒުގެ ހިންގުމާއި ހަވާލުވެ ހުންނެވި ޝަފީގާ އާރިފް

ދެވަނަ ދަރަޖައިގެ ސިއްހީ މަރުކަޒަކަށް ބަދަލުވެ، 16 ގަޑިއިރުގެ ޚިދުމަތްދޭ ތަނަކަށް ބަދަލުވެފައިވާކަން ފާހަގަކުރައްވައި ޝަފީގާ ވިދާޅުވީ ހުރާ ސިއްހީ މަރުކަޒަށް މުއައްޒަފުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށެވެ.

"އަސްލު 16 ގަޑައިރު ޚިދުމަތްދޭތީވެ ބޭނުންވޭ އިތުރަށް ނަރުހުންނާއި، އަދި މިހާރު ހުންނަނީ އެންމެ މެޑިކަލް އޮފިސަރެއް. ރާއްޖެތެރޭގެ ރަށްރަށުގައި ހުންނަނީ އެހެން. އަޅުގަނޑުމެން ބޭނުންވޭ އިތުރު މެޑިކަލް އޮފިސަރެއް. އެންމެ މީހަކު ހުރީމަ އުނދަގޫވޭ" ޝަފީގާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝަފީގާ ވިދާޅުވީ ސިއްހީ މަރުޒަކަށް ޖާގައިގެ ދަތިކަންވެސް ކުރިމަތިވެފައިވާ ކަމަށާއި، ޚިދުމަތް ދިނުމަށް ވެސް ބުރޫ އަރާ ކަމަށެވެ.

މަރުކަޒުގެ ދެއިމާރާތް ހުންނަނީ ވަކިންނެވެ. ބަލިތަކަށް ޚިދުމަތްދޭ ބައި އެހެން އިމާރާތެއްގައި ހުންނައިރު، އޮފީސް ބަޔާއި، ޕަބްލިކް ހެލްތް ޔުނިޓްގެ އިތުރުން ކުދިންގެ ބަރުދަން ބެލުމާއި، ވެކްސިން ދިނުމުގެ ޚިދުމަތް ލިބެނީ އެހެން އިމާރާތަކުންނެވެ.

ޝަފީގާ ވިދާޅުވީ ސިއްހީ މަރުކަޒަށް ދިމާވެފައިވާ ދަތިތަކާއި، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހެލްތް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި، މިނިސްޓްރީންވެސް ޕޮޒިޓިވް ޖަވާބެއްދީފައިވާ ކަމަށެވެ.

2500 އަށްވުރެ ގިނަ މީހުން ދިރުއުޅެމުންދާ ހުރާގެ ސިއްހީ ޚިދުމަތް ވަޅުޖެހިފައިވާއިރު، މިޚިދުމަތުގެ ފެންވަރު ރަނގަޅުވާނެ ދުވަހަކަށް އެރަށުގެ ރައްޔިތުން އަންނަނީ އިންތިޒާރު ކުރަމުންނެވެ. 24 ގަޑިއިރު ޚިދުމަތް ލިބޭނެ ތަނަކަށް ބަދަލުވެ، ސިއްހީ ފަރުވާ ހޯދުމަށް ކަނޑުހުރަސް ކުރަންޖެހޭ ޖެހުމަކަށް ނިމުން ގެންނަން އެރަށުގެ ރައްޔިތުން ބޭނުންވެއެވެ. މާލެއާ ކައިރި ރަށެއްކަމުގައި ވިޔަސް އެކަށީގެންވާ ސިއްހީ ޚިދުމަތް ލިބެންޖެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން މިނިވަންކުރަން އެއްވެސް ގައުމަކުން ގޮވާނުލުމުން، އެންމެފަހުން އާދޭހުގެ ސިޓީއާއެކު \"ދޮން މީހުން\" ކައިރިޔަށް!

ޔާމީން މިނިވަންކުރަން އެއްވެސް ގައުމަކުން ގޮވާނުލުމުން، އެންމެފަހުން އާދޭހުގެ ސިޓީއާއެކު "ދޮން މީހުން" ކައިރިޔަށް!

06 ޑިސެމްބަރު 2019
ސިއްހީ ހިދުމަތް ހޯދަން އުފުލަންޖެހޭ ތަކްލީފަށް ނިމުން ގެނައުމުގެ މަސައްކަތް ފެށުނު އަހަރެއް

ސިއްހީ ހިދުމަތް ހޯދަން އުފުލަންޖެހޭ ތަކްލީފަށް ނިމުން ގެނައުމުގެ މަސައްކަތް ފެށުނު އަހަރެއް

17 ނޮވެމްބަރު 2019
ސިއްހީ ނިޒާމް: ކުރިއެރުންތަކެއް ނުހޯދި، ރައްޔިތުންގެ ޝަކުވާތައް ގިނަވަނީ!

ސިއްހީ ނިޒާމް: ކުރިއެރުންތަކެއް ނުހޯދި، ރައްޔިތުންގެ ޝަކުވާތައް ގިނަވަނީ!

05 މެއި 2019
ތޮއްޑޫ ސިއްހީ މަރުކަޒު: ނަމެއްގައި 24 ގަޑިއިރު!

ތޮއްޑޫ ސިއްހީ މަރުކަޒު: ނަމެއްގައި 24 ގަޑިއިރު!

13 އެޕްރީލު 2019
ކޯލިޝަން ރޫޅެން އަދި ކައިރިވެސް ނުވޭ!

ކޯލިޝަން ރޫޅެން އަދި ކައިރިވެސް ނުވޭ!

02 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު