Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސްޓްރީޓް ސްކޭޕިން

މާލެ ސްޓްރީޓް ސްކޭޕިންގެ ދަށުން ފުލޫނިޔާ މަގުގެ ބްލޮކް 1ގައި ގައު އަތުރައި ނިންމާލައިފި

8 ފެބުރުއަރީ 2021 | ހޯމަ 10:42

ސެޓްލްމަންޓް ޓޭންކާއި ކޭބަލްޓްރޭ އިންސްޓޯލްކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 8 ފެބުރުއަރީ 2021 | ހޯމަ 10:42
ފުލޫނިޔާ މަގުގެ ބްލޮކް 1ގައި ވަނީ ގައު އަތުރައި ނިންމާލާފައި

ފުލޫނިޔާ މަގުގެ ބްލޮކް 1ގައި ވަނީ ގައު އަތުރައި ނިންމާލާފައި

މާލެ ސްޓްރީޓް ސްކޭޕިންގެ ދަށުން ފުލޫނިޔާ މަގުގެ ބްލޮކް 1ގައި ގައު އަތުރައި ނިންމާލައިފިއެވެ. މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ފުލޫނިޔާ މަގު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރް.ޑީ.ސީ)އިން ފަށާފައިވަނީ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކޮށް އާރް.ޑީ.ސީއިން ކުރި ޓުވީޓެއްގައި ވަނީ މާލެ ސްޓްރީޓް ސްކޭޕިންގް މަޝްރޫޢުގެ ތެރެއިން ފުލޫނިޔާ މަގުގެ ބްލޮކް 1ގައި ގައު އަތުރައި ނިމިފައިވާކަން ހާމަކޮށްފައެވެ. އެގޮތުން މި ބްލޮކްގައި ސެޓްލްމަންޓް ޓޭންކާއި ކޭބަލްޓްރޭ އިންސްޓޯލްކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި ހަމަ މިއާއެކު ފުލޫނިޔާ މަގު ހަދާފައިވަނީ ދުއްވާ އެއްޗިއްސާއި ހިނގާ މީހުންނަށް ފަސޭހަވާނެ ގޮތަށެވެ. އަދި ހިތްފަސޭހަކަން ގެނެސްދިނުމަށް ގަސްއިންދާފައިވާ ގަސްމުށިތައް މަގުގެ އަރިމަތީގައި ވަނީ ބަހައްޓާފައެވެ.

Advertisement - newsAdvertisement

އާރް.ޑީ.ސީއިން ވަނީ މާލޭ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ހަދާ ހުރިހާ މަގެއް ވެސް ހަދަނީ އެންމެ ޒަމާނީ ފެންވަރަށް ކަމަށް ބުނެފައެވެ. އަދި މަގުތައް ހަދައި ނިމޭއިރު އިތުރަށް މަގު ކޮންނާކަށް ނުޖެހޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އަދި މަގު ހިނގާ މީހުންނަށް ވެސް ހިނގަން އޮންނަ ޖާގަ ވެސް މިހާރު ބޮޑުކުރެވިފައިވާކަމަށް އާރް.ޑީ.ސީ.އިން ވަނީ ބުނެފައެވެ.

މާލޭގެ މަގުތައް މީގެ ކުރިންވެސް ވަނީ އެކި ފަހަރުމަތިން ތަރައްޤީކޮށްފައެވެ. އެހެންނަމަވެސް، ފެނާއި ނަރުދަމާ އާއި ޑީވޯޓަރިން އާއި އެހެނިހެން ޚިދުމަތްތަކަށް މަގު ކޮންނަން ޖެހުމުގެ ސަބަބުން މަގު މަގުތަކުގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ގޮންޖެހުންތައް ދަނީ ކުރިމަތިވަމުންނެވެ. މި މައްސަލަ ހައްލުކުރުމަށް މާލޭގައި އަލަށް ހަދާ މަގުތައް ނިމޭއިރު ކަރަންޓާއި ފެނާއި ނަރުދަމާ އަދި ޑީވޯޓަރިން އާއި ތަފާތު އެހެނިހެން ޚިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭނެ ގޮތްގޮތަށް މަގުތައް ފަރުމާކުރެވޭނެކަމަށް އާރް.ޑީ.ސީ.އިން ބުނެއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން، އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މަގުހެދުމުގެ މަސައްކަތް ފުރަތަމަ ފަށާފައި ވަނީ މާފަންނު ކަނބާއައިސާރަނި ހިނގުމުންނެވެ. މި މަގުގެ ފުރަތަމަ ބައިގެ މަސައްކަތް ނިންމައި ރަސްފަންނާ ދިމާލަށް އޮތް ބައި އާއްމު ދަތުރުފަތުރަށް މިހާރު ވަނީ ހުޅުވައިލާފައެވެ. މާލެ ސްޓްރީޓް ސްކޭޕިންގް މަޝްރޫޢުގެ ދަށުން މިހާރު ވަނީ ޝަހީދު އަލީ ހިނގުމުގެ މަސައްކަތާއި މުނިޔާ މަގު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފައެވެ. މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ މަސައްކަތް ހެންވޭރުގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް ވެސް މާލެ ސިޓީކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި މަޝްރޫޢުގެ ދަށުން މާލޭގެ އެކި ސަރަޙައްދުތަކުން 18.08 ކިލޯ މީޓަރގެ މަގު ހެދޭނެ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން މަގުތައް ހަދާއިރު 4 ވައްތަރެއްގެ މަގު ހިމެނޭނެ ކަމަށެވެ. އެއީ އާރޓީރިއަލް މަގުތަކާއި، ސިޓީ ރޯޑްސްއާއި، ސެކަންޑަރީ ރޯޑްސްގެ އިތުރުން ނެއިބަރ ހުޑްޕެޑެސްޓްރިއަން ރޯޑެވެ. ކައުންސިލުން ބުނީ މި މަގުތަކުގައި ކަރަންޓާއި ފެނާ ނަރުދަމާއާއި ޑީވޯޓަރިންގ އާއި އަދި ތަފާތު އެހެނިހެން ޚިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭގޮތަށް ފަރުމާކުރެވޭނެ ކަމަށެވެ. މީގެ އިތުރުން، އިތުރަށް ލެވޭ ހޮޅިތަކުގެތެރޭގައި ފަޔަރ ހައިޑްރާންޓް ހޮޅި އާއި ގޭސް ހޮޅި ހިމެނޭނެ ކަމަށެވެ.

އާރް.ޑީ.ސީ.އާ ޙަވާލުކޮށްގެން ކުރަމުންދާ މި މަސައްކަތާ ގުޅޭގޮތުން މާލޭ ކައުންސިލުން ބުނީ މި މަޝްރޫޢުގެ އަންދާޒާ އަގަކީ 462 މިލިއަން ރުފިޔާ ކަމަށާއި، ފުރަތަމަ ބައިގެ އަގުގެ ގޮތުގައި 50.96 މިލިއަން ރުފިޔާ ކަނޑައެޅިފައިވާ ކަމަށެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ މި މަޝްރޫޢުގެ މަޤްޞަދުތަކުގެ ތެރޭގައި މާލޭގެ މަގުތަކަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ މަގުތަކަކަށް ހެދުމާއި، ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް ރައްކާތެރި މަގުތަކަކަށް ހެދުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ހުރިހާ މަގެއްގައި ވެސް ދެފަރާތުގައި ހިމެނޭ ގޭގެއިން މީހުން ވަދެ ނުކުމެ ހެދުމުގައި ފަސޭހަވާނޭ ގޮތަށް ޕޭވްމަންޓެއް ޤާއިމުވެފައި އޮތުމުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ޤާއިމްކޮށް ސައިކަލާއި ޓެކްސީއަށް ބަރޯސާވުން ކުޑަކޮށް، މަގުތަކުގެ ތޮއްޖެހުން ހުއްޓުވުން ވެސް މި މަޝްރޫޢުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި މަގުތަކުގައި ޕާކިންގގެ ފުރިހަމަ ނިޒާމެއް ގާއިމުކުރުމަށް ޕާކިންގ ބިލްޑިންގްތައް ގާއިމުކޮށްދިނުމާއި މުދާ ބޭލުމާއި އެރުވުމަށާއި، އަދި މަގުތައް ބޭނުންކުރުމުގައި މިހާރަށް ވުރެ ފުރިހަމަ އުސޫލެއް އެކަށައަޅައި ތަންފީޒުކުރުން ވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް