Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޑރ.ޝިރާނީ ވެކްސިން ޖެއްސެވުން

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!

އަންހެނުންގެ ގާބިލްކަމާމެދު ސުވާލު އުފެއްދި މީހުން ލަދުން އިސްޖަހާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 8 ފެބުރުއަރީ 2021 | ހޯމަ 13:19
ކޮވިޑް-19ގެ ޕެންޑަމިކްގައި ޑރ.ޝިރާނީ ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުން

ކޮވިޑް-19ގެ ޕެންޑަމިކްގައި ޑރ.ޝިރާނީ ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުން

މުޅި ދުނިޔޭގައި މިހާރު އެންމެ ގަދައަށް ގުގުމަމުން ދަނީ ވެކްސިންގެ ވާހަކައެވެ. ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައިވެސް ވެކްސިން ދޭން ފެށުމާއެކު އިތުރަށް މިވާހަކަތަކުގެ އަޑު ގަދަވެގެން ދިޔައެވެ. މުޅި ސޯޝަލް މީޑިއާގައި ވެސް އޮތީ ވެކްސިންއެވެ. ވެކްސިންއާ ގުޅިގެން ތަފާތު ވާހަކަތައް ދެކެވެމުންދާއިރު ގިނަ ބަޔަކު އުފެއްދި ސުވާލަކީ އެންމެ ފުރަތަމަ ރާއްޖެއިން ވެކްސިން ޖެއްސެވުމުގެ ފުރުސަތު ޑރ. ޝިރާނީ އަބްދުއްރަހީމަށް ލިބިވަޑައިގަތީ ކީއްވެގެންތޯއެވެ.؟ ޑރ.ޝިރާނީ އެސުވާލުގެ ޖަވާބު ވަރަށް ފުރިހަމައަށް ވަނީ ދެއްވާފައެވެ.

ވެކްސިނޭޝަން ޕްރޮގްރާމް ފެށި ދުވަހު ސޯޝަލް ސެންޓަރުގައި ގައުމުގެ ދެ ރައީސުންނާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކުރައްވަމުން ޑރ.ޝިރާނީ ވަނީ އިހުސާސުތައް ބަންޑުންކޮށްލައްވައިފައެވެ. ފުން މާނަތަކެއް އެކުލެވިފައިވާ އެ މެސެޖުން، ކުރިއަށްދާން ބޭނުންވާ އިތުރު އަންހެނުންނަށް ހިތްވަރު ލިބޭއިރު، އަންހެނުންގެ ގާބިލްކަމާމެދު ސުވާލު އުފައްދައި ހިތްވަރު އެލުވާލުމަށް މަސައްކަތް ކުރި މީހުން ލަދުން އިސްޖަހަން މަޖް\ުބޫރު ވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއެކު ހިންގަވާފައި ވަޑައިގަންނަވާ އެފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ޑރ.ޝިރާނީ ވަނީ ލިބެން ޖެހޭ ހައްގު އަތުން ނިގުޅައިގަނެ ބޮޑު ގޮނޑީގައި ތިބި މީހުންނަށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވާފައެވެ.

މީގެ އިތުރުން އަންހެނަކަށްވީތީ ތަފާތު ކުރުންތައް ގެންގުޅުނު ފިރިހެނުންނަށާއި، ޝަޚުސިއްޔަތެއް ބިނާކޮށް މަގާމު ދައްކުވައިދޭން މަސައްކަތް ކުރި ފަރާތްތަކަށް ޑރ.ޝިރާނީގެ މެސެޖްގައި އަލިއަޅުވާލައްވާފައިވެއެވެ.

ރާއްޖޭގެ ހުރިހާ އަންހެނުންނަށް އަމާޒުކުރައްވައި ޑރ.ޝިރާނީ ހިތްވަރުގެ މެސެޖުތައް ދެއްވިއިރު އަންހެނުންނާމެދު ގެންގުޅެމުންދާ ތަފާތު ކުރުމުގެ މައްސަލަ ބޮޑުކަން ހިތަށް ވެސް ގެނައުމަށް އުނދަގޫވިއެވެ. މުޖުތަމައުގައި ބޮޑު މައްސަލައެއް ނަމަވެސް ހައްލެއް ލިބިފައިނުވާ މައްސަލައެއްކަން ހާމަވެގެންދެއެވެ. ނަމަވެސް އަނިޔާގެ ޝިކާރައަކަށްވެ، ހިތްވަރު އެލުވާލާފައި ތިބި ޒުވާނުންނަށް ބޮޑު އުންމީދެއް ޑރ.ޝިރާނީ މެސެޖުތަކުން ލިބޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެއެވެ.

ޑރ.ޝިރާނީގެ މެސެޖުގައި މަންމައަށް ޚާއްސަ ޝުކުރެއް އަދާކޮށް، ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށް އެދިވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއެކު ޑރ ޝިރާނީ ހިންގަވާފައި ވަޑައިގަންނަވާ މަންޒަރު ފެންނަ އެފޮޓޯ އިން ގިނަ މެސެޖްތައް ލިބޭއިރު، ދެ ރައީސުންގެ ހިތްތިރިކަމާއި މިސަރުކާރުން އަންހެނުން ބާރުވެރިކުރުވުމަށް ބޭނުންވާ މިންވަރު ހާމަވަގެންދެއެވެ. ގައުމުގެ ދެރައީސުން ދެއްކެވި ނަމޫނާއިން، އެހެންވެސް އިސްފަރާތްތަކުން ނަމޫނާ ނަގާނަމަ މި މުޖުތަމައުގެ އުދަރެހުން ޖާގަ ހޯދާނެ ގިނަ އަންހެނުންތަކެއް ތިބޭނެއެވެ.

މުއްސަންދި މީހުންގެ ދަރިންނަށާއި، ބޮޑުންގެ ދަރިންނަށް މޮޅު ގޮތް ހެދި ޒަމާން ފާއިތުވެ މާޒީގެ ތެރެއަށް ދާއިރު ތައުލީމާއި ގާބިލް މީހުންނަށް ފުރުސަތު ލިބެމުންދާކަން މިކަމުން ހާމަވަގެންދެއެވެ. ކުރިއަރައިގެން ދިއުމަކީ އުނދަގޫ ކަމެއްކަމާއި ގިނަބަޔަކު ގައު އުކާނެ ކަމެއްކަމުގައިވީ ނަމަވެސް ހިތްވަރާއެކު މަސައްކަތް ކުރުމަކީ ކާމިޔާބީއާއި ހަމައަށް ވާސިލްވުމުގެ ތަޅުދަނޑިކަން ކަށަވަރެވެ.

އިތުރަށް ކިޔާލަން

24 މެއި 2019

ރައްޔިތުން ހަވާލު ކުރި ޒިންމާ އަދާކުރުމުގެ ފުރަތަމަ ފިޔަވަޅު ނެގުމުގައި ވިސްނަވާ!

24 މެއި 2019
ރައްޔިތުން ހަވާލު ކުރި ޒިންމާ އަދާކުރުމުގެ ފުރަތަމަ ފިޔަވަޅު ނެގުމުގައި ވިސްނަވާ!
26 ޖުލައި 2018

ކުރިއަށް އެޅުނު ފިޔަވަޅެއް، ރައްޔިތުންގެ މޫނު މަތިން އުފާވެރިކަން

26 ޖުލައި 2018
ކުރިއަށް އެޅުނު ފިޔަވަޅެއް، ރައްޔިތުންގެ މޫނު މަތިން އުފާވެރިކަން
27 ޖޫން 2018

ޝެއިހް އިމްރާން ފަހަތަށް ފިޔަވަޅެއް ނާޅުއްވާ! އަނިޔާވެރިންގެ ހަން ބޯވާނެ!

27 ޖޫން 2018
ޝެއިހް އިމްރާން ފަހަތަށް ފިޔަވަޅެއް ނާޅުއްވާ! އަނިޔާވެރިންގެ ހަން ބޯވާނެ!
30 މާރިޗު 2018

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

30 މާރިޗު 2018
ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
02 ފެބުރުއަރީ 2018

ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު

02 ފެބުރުއަރީ 2018
ފަސް ފަނޑިޔާރުންގެ ހިތްވަރުގަދަ ފިޔަވަޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު