Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެކްސިންގެ މައުލޫމާތު މީޑިއާތަކުން ގެނެސްދިނުން

ވެކްސިންތަކާގުޅޭ ދޮގު ޚަބަރާއި މަޢުލޫމާތު މީޑިއާތަކުން ނުފެތުރުމަށް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފި

8 ފެބުރުއަރީ 2021 | ހޯމަ 07:45

އިޖުތިމާޢީ އެތައް މައްސަލަތަކެއް އުފެދެމުންދާކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ދަނީ ލިބެމުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 8 ފެބުރުއަރީ 2021 | ހޯމަ 07:45
ވެކްސިނަށް އާންމުން އިތުރަށް ހޭލުންތެރިކުރުމަށް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައި

ވެކްސިނަށް އާންމުން އިތުރަށް ހޭލުންތެރިކުރުމަށް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައި

ކޮވިޑް-19 ވެކްސިންއާ ގުޅޭ ޚަބަރާއި މަޢުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި، ރާއްޖޭގައި ދިނުމަށް ކަމާބެހޭ ފަރާތްތަކުން މިވަގުތު ހުއްދަ ދީފައިވާ ވެކްސިންތަކުގެ ރައްކާތެރިކަމާއި މެދު ރައްޔިތުންގެ މެދުގައި ޝައްކާއި ވަހުމް އުފެދޭގޮތަށް ހަގީގަތާ ހިލާފު ދޮގު ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށާއި، ވެކްސިންގެ މަޢުލޫމާތު އާއްމުކުރުމުގައި ޞައްޙަ ތެދު މަޢުލޫމާތު ގެނެސްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

މީޑިއާ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19 ވެކްސިންއާ ގުޅޭ ޚަބަރާއި މަޢުލޫމާތު ބައެއް މީޑިއާތަކުން ގެނެސްދިނުމުގައި، ވެކްސިންތަކުގެ ރައްކާތެރިކަމާ މެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދި އިތުބާރު ގެއްލޭގޮތަށް ޚަބަރާއި މަޢުލޫމާތު ޝާއިޢުކޮށް ފަތުރަމުންދާކަން އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ ސަބަބުން އިޖުތިމާޢީ އެތައް މައްސަލަތަކެއް އުފެދެމުންދާކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ވެސް ލިބެމުންދާކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.

އަދި ކޮވިޑް-19 ވެކްސިންއާ ގުޅޭގޮތުން މަޢުލޫމާތު ފެތުރުމުގައި އޭގެ ޞައްޙަ މަޢުލޫމާތު ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރުމަށާއި، ވެކްސިންއާ ގުޅޭ މަޢުލޫމާތު ޙަވާލާދޭ މަސްދަރުތަކަކީ ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއާއި ބައިނަލްއަޤްވާމީ އިދާރާތަކުގެ މިންގަނޑުތަކާ އެއްގޮތަށް ޝާއިޢު ކޮށްފައިވާ މަޢުލޫމާތުކަން ކަށަވަރުކުރުމަކީ ނޫސްވެރިންގެ ފަރުދީ އަދި ޕްރޮފެޝަނަލް ޒިންމާއެއްކަމަށް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން، ކޮވިޑާ ގުޅޭ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ނޫސްވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ކޮންމެހެން ހިފަހައްޓަންޖެހޭ އުސޫލުތައް ބަޔާންކުރުމަށް އެ ކައުންސިލުން އެކުލަވާލައިފައިވާ ކޮވިޑް-19 ނޫސްވެރިންގެ އަތްމަތީ ފޮތުގައި ދީފައިވާ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް ވެސް މީޑިއާ ކައުންސިލުން އިލްތިމާސް ކުރެއެވެ.

އަދި ކޮވިޑް-19 ވެކްސިނަށް އާންމުން އިތުރަށް ހޭލުންތެރި ކުރުމަށާއި، ޞައްޙަ މަޢުލޫމާތު މިހާރު ވެސް ގެނެސްދޭ މީޑިއާތަކުގެ މަސައްކަތް ފާހަގަކުރުމާއެކު، ގެނެސްދެވޭ ކޮންޓެންޓް މިހާރަށްވުރެ އިތުރުކުރުމަކީ އެ ކައުންސިލުން ބާރުއަޅާ ކަމެއްކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

30 މާރިޗު 2017

އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!

30 މާރިޗު 2017
އެހެން ސިސްޓަމުން ވޯޓް ދެއްވީ އާޒިމް ކަމަށް މޫސާ ތުހްމަތުކުރެއްވި، އާޒިމް އެކަން ދޮގުކުރޭ!
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!
13 މާރިޗު 2017

ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް
12 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!
10 މާރިޗު 2017

ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް

10 މާރިޗު 2017
ސައުދީން ނުވަތަ ރައީސް އެބަ ދޮގުހަދާ: އަސްލަމް
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް