Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގައި ވެކްސިން ޖެހުމުގެ ކަންކަން

ޗައިނާއިން ސިނޯވެކް ބައޯޓެކުގެ ކޮވިޑް ވެކްސިން އާންމުންގެ ގަޔަށް ޖެހުމަށް ހުއްދަދީފި

ޑިސެމްބަރ މަހު ހުއްދަދީފައިވަނީ ސިނޯފަރމް ވެކްސިނަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ފެބުރުއަރީ 2021 | އާދީއްތަ 00:12
ސިނޯވެކް ވެކްސިންގެ ޑޯޒްތަކެއް ހިފައިގެން ސިއްހީ މަސައްކަތްތެރިއެއް

ސިނޯވެކް ވެކްސިންގެ ޑޯޒްތަކެއް ހިފައިގެން ސިއްހީ މަސައްކަތްތެރިއެއް

ޗައިނާގެ ސިނޯވެކް ބައޯޓެކުން ކޮވިޑަށް އުފެއްދި ވެކްސިން އާންމުންގެ ގަޔަށް ޖެހުމަށް ޗައިނާގެ މެޑިކަލް ޕްރޮޑަކްޓްސް ރެގިޔުލޭޓަރ އިން ހޮނިހިރު ދުވަހު ހުއްދަދީފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

ސިނޯވެކްގެ ކޮވިޑް ވެކްސިނަށް އާންމު ބޭނުމަށް ހުއްދަދީފައިވާއިރު މިއީ ޗައިނާގައި ހުއްދަ ދިން ދެ ވަނަ ވެކްސިނެވެ. މީގެކުރިން ޑިސެމްބަރ މަހު ހުއްދަދީފައިވަނީ ޗައިނާ ސަރުކާރު ހިއްސާވާ ޗައިނާ ނޭޝަނަލް ފަރމަޝޫޓިކަލް ގްރޫޕް ކަމުގައިވާ ސިނޯފަރމް އިން އުފައްދާފައިވާ ވެކްސިނަށެވެ.

މި ދެކެވްސިނަށް ޗައިނާގެ މެޑިކަލް ޕްރޮޑަކްޓްސް ރެގިޔުލޭޓަރ އިން ހުއްދަދިން ނަމަވެސް ޗައިނާގައި އަންނަނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ވެކްސިން ދެމުންނެވެ. އެގޮތުން ސިނޯވެކް އާއި ސިނޯފަރމް އިން އުފައްދާފައިވާ ދެ ވެކްސިނެއް ޗައިނާގައި އަންނަނީ ޖަހަމުންނެވެ. އެގޮތުން މިހާތަނަށް އައިއިރު 31 މިލިއަން ޑޯޒް ވަނީ ޖަހާފައެވެ. ވެކްސިން ޖަހަމުންދަނީ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކުރާ މީހުންނަށެވެ. މީގެއިތުރުން ޗައިނާގެ ސެންސިނޯ ބައޮލޮޖިކްސްގެ ވެކްސިން އަންނަނީ އެގައުމުގެ ސިފައިންނަށް ޖަހަމުންނެވެ.

ސިނޯވެކްގެ ވެކްސިން މިހާރުވެސް އިންޑޮނޭޝިޔާ، ތުރުކީ، ބްރެޒިލް، ޗިލީ، ކޮލަމްބިއާ، އުރުގުއާއީ އަދި ލާއޯސްގައި އިމަރޖެންސީކޮށް ޖެހުމަށް ވަނީ ހުއްދަދީފައެވެ.

ސިނޯވެކްގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިމިވަނީ ބޭރު ގައުމުތަކުގައި ކުރިޔަށް ގެންދިޔަ ޓްރެއަލްތަކަށް ބެލުމަށްފަހުއެވެ. ސިނޯވެކް ވެކްސިންގެ 1 ބިލިއަން ޑޯޒް އަހަރެއްގެ ތެރޭގައި އުފެއްދޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މީގެއިތުރުން ޗައިނާއިން ވަނީ ކޮވެކްސް ފެސިލިޓީއަށް 10 މިލިއަން ވެކްސިން ޑޯޒް ދޭނެކަމަށް ބުނެފައެވެ. ކޮވެކްސް އަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ގައުމުތަކަށް ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޕްރޮގްރާމެކެވެ.

ސިނޯވެކް ވެކްސިންގެ ޗައިނާގައި ކުރިޔަށް ގެންދިޔަ ފޭސް 1 އަދި ފޭސް 2 ގެ ޓްރެއަލްގެ ނަތީޖާ ދައްކާގޮތުން އެވެކްސިނުން އުމުރުން ދުވަސްވީ މީހުންގެ ހަށިގަނޑުގައި ވައިރަސް އާ ދެކޮޅަށް އެންޓިބޮޑީސް އުފައްދައިދެއެވެ. އެވެކްސިން ވަނީ އުމުރުން 3 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ގަޔަށްވެސް ޖަހައިގެން ޓެސްޓްކޮށްފައެވެ.

ސިނޯވެކުން ބުނާގޮތުގައި އުމުރުން 60 އަހަރާއި 60 އަހަރުން މަތީގެ މީހުންނަށް މިވެކްސިން ވައިރަސް އާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ވަނީ ވަކިވަރެއްގައި ހިފެހެއްޓިފައެވެ.

ސިނޯވެކް ވެކްސިންގެ ފޭސް ތިނެއްގެ ޓްރެއަލް ބްރެޒިލް އާއި ތުރުކީ އަދި އިންޑޮނޭޝިޔާގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި ޓްރެއަލްތަކުގެ ނަތީޖާތައް ވަކިވަކިން ވަނީ ކޮންމެ ގައުމަކުންވެސް ހާމަކޮށްފައެވެ.

އެގޮތުން ބްރެޒިލްގައި ކުރިޔަށް ގެންދިޔަ ޓްރެއަލްގެ ނަތީޖާ ދައްކާގޮތުން ވެކްސިންގެ ކާމިޔާބުގެ މިންވަރު އުޅެނީ 50.65 އިންސައްތައިގައެވެ. ބްރެޒިލްގައި ކުރިޔަށް ގެންދިޔަ ޓްރެއަލްގައި 12،369 ސިއްހީ މަސައްކަތްތެރިންގެ ގަޔަށް ވެކްސިން ވަނީ ޖަހާފައެވެ.

ތުރުކީގައި ކުރިޔަށް ގެންދިޔަ ޓްރެއަލް އަށް ބަލާއިރު ވެކްސިންގެ ކާމިޔާބު މިންވަރު އުޅެނީ 91.25 އިންސައްތައިގައެވެ. އިންޑޮނޭޝިޔާގައި ވެކްސިންގެ ކަމިޔާބު އިންސައްތައަކީ 65.3 ކެވެ.

ބްރެޒިލްގައި ވެކްސިން ކާމިޔާބު މިންވަރު ދަށްވެފައިވަނީ ޓްރެއަލްގައި ބޭނުންކޮށްފައިވަނީ އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިންނަށް ވުމުން ކަމަށް ސިނޯވެކުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2017

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި
05 އޯގަސްޓު 2017

ދޮކްލަމްއަށް ސިފައިން ފޮނުވާފައި ވާތީ ޗައިނާއިން އިންޑިއާއަށް އިންޒާރުދީފި

05 އޯގަސްޓު 2017
ދޮކްލަމްއަށް ސިފައިން ފޮނުވާފައި ވާތީ ޗައިނާއިން އިންޑިއާއަށް އިންޒާރުދީފި
25 ޖުލައި 2017

ހިޔާލު ތަފާތުވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުން އިންޑިއާ ސިފައިން ފަހަތަށް ޖެހުމަށް ޗައިނާއިން ގޮވާލައިފި

25 ޖުލައި 2017
ހިޔާލު ތަފާތުވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުން އިންޑިއާ ސިފައިން ފަހަތަށް ޖެހުމަށް ޗައިނާއިން ގޮވާލައިފި
30 ޖޫން 2017

އެމެރިކާއިން ތައިވާނަށް ހަތިޔާރު ވިއްކާތީ ޗައިނާއިން ކަންބޮޑުވެއްޖެ

30 ޖޫން 2017
އެމެރިކާއިން ތައިވާނަށް ހަތިޔާރު ވިއްކާތީ ޗައިނާއިން ކަންބޮޑުވެއްޖެ
01 ޖޫން 2017

ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާތީ ޔޫރަޕާއި ޗައިނާއިން އެކަމާ ދެކޮޅަށް ތެދުވެއްޖެ

01 ޖޫން 2017
ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާތީ ޔޫރަޕާއި ޗައިނާއިން އެކަމާ ދެކޮޅަށް ތެދުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު