Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހިމާލިޔާގެ މައްސަލަ

ދޮކްލަމްއަށް ސިފައިން ފޮނުވާފައި ވާތީ ޗައިނާއިން އިންޑިއާއަށް އިންޒާރުދީފި

ބޫޓާނާއި ޗައިނާއިން އެ ސަރަހައްދުގެ މިލްކުވެރިކަމާ މެދު ދައުވާކުރާއިރު އިންޑިއާއިން ބޫޓާނަށް ތާއީދުކުރޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 5 އޯގަސްޓު 2017 | ހޮނިހިރު 07:47
އިންޑިއާގެ ސިފައިން އެ ސަރަހައްދުން ވަގުތުން އަނބުރާ ގެންދަންޖެހޭނެ ކަމަށް ޗައިނާއިން ވަނީ ބުނެފައި

އިންޑިއާގެ ސިފައިން އެ ސަރަހައްދުން ވަގުތުން އަނބުރާ ގެންދަންޖެހޭނެ ކަމަށް ޗައިނާއިން ވަނީ ބުނެފައި

އެކަހެރި ސަރަހައްދެއް ކަމަށްވާ ހިމާލިޔާގައި ނުތަނަވަސްކަން ބޮޑުވަމުންދާއިރު އިންޑިއާއިން ސަރަހައްދީ ރޮނގުގެ ކައިރިއަށް ސިފައިން ފޮނުވަމުންދާ ކަމަށް ބުނެ ފައުޖުތައް ވަގުތުން އަނބުރާ ގެންދިއުމަށް ޗައިނާއިން އިންޑިއާއަށް ޑިމާންޑްކޮށްފިއެވެ.

ނިއުކްލިއަރ ހަތިޔާރުގެ ދެ ބާރު ކަމަށްވާ ޗައިނާ އާއި އިންޑިއާގެ އިތުރުން ބޫޓާން ގުޅޭ ސަރަހައްދުގައި އޮންނަ ހިމާލިޔާ ސަރަހައްދުގެ ސަރަހައްދީ ރޮނގުގެ މައްސަލަ ޗައިނާއާއި އިންޑިއާދެމެދު އުފެދިފައިވާތާ 30 އަށްވުރެ ގިނަ އަހަރު ވެފައިވާ މައްސަލައެކެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުރާސްފަތިދުވަހު ވަނީ އިންޑިއާއިން އެ ގައުމުގެ ސިފައިން އެ ސަރަހައްދުން ވަގުތުން ގެންދަންޖެހޭނެ ކަމަށް ބުނެ ޑިމާންޑްކޮށްފައެވެ.

އިންޑިއާ އާއި ބޫޓާނުން އެ ސަރަހައްދަށް ދޮކްލަމް ކިޔާއިރު ޗައިނާއިން ކިޔާއުޅެނީ ޑޮންގލަންގް އެވެ.

މި ސަރަހައްދުގައި މިހާރު ޚިލާފު އުފެދިގެން އުޅެނީ ބޫޓާނާއި ޗައިނާއިން އެ ސަރަހައްދުގެ މިލްކުވެރިކަމާ މެދު ދައުވާކުރާއިރު އިންޑިއާއިން ބޫޓާނަށް ތާއީދުކޮށް އެހީތެރިވަމުންދާތީއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ މި ހާދިސާ ހިނގި ފަހުން މިހާރު މަހެއް ވެއްޖެ ކަމަށެވެ. އަދި އިންޑިއާއިން ޗައިނާގެ ސަރަހައްދީ އިމުގެ ތެރޭގައި ގާނޫނާ ޚިލާފަށް ހަމައެކަނި ތިބީ ނޫން ކަމަށާއި އޭގެ އިތުރަށް އެ ގައުމުން ގެންދަނީ މަގުތައް މަރާމާތުކޮށް، މުދާ ޖަމާކޮށް، ހަތިޔާރުއެޅި ގިނަ އަދަދެއްގެ ސިފައިން އެ ސަރަހައްދަށް ޖަމާކުރަމުން ކަމަށެވެ.

އެއީ ސުލްހައަށް ކުރެވޭ ކަމެއް ނޫން ކަމަށް ވެސް ޗައިނާއިން ވަނީ ބުނެފައެވެ.

އެ ސަރަހައްދުގައި އަސްކަރީ ބާރުގަދަކުރަމުން ނުދާކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.

ގާނޫނުހަދާ މަޖިލީހަށް ބުރާސްފަތި ދުވަހު ދެއްވި ބަޔާނެއްގައި އިންޑިއާގެ ފޮރިން މިނިސްޓަރ ސުޝްމާ ސުވަރާޖް ވަނީ ސަރަހައްދީ ރޮނގުގެ މައްސަލައިގައި 2012ވަނަ އަހަރު އުފެދުނު މި ހަމަނުޖެހުން ދެފަރާތުން މަޝްވަރާކުރެވި ލިއުމުން ވެވޭ އެއްބަސްވުމަކަށް ދިއުމަށް ގޮވާލައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

24 ފެބުރުއަރީ 2017
ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

23 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

16 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު