Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ފްރާންސްގެ ހާލަތު

ފްރާންސްގައި ވެކްސިން ޖަހަން ފެށުމާއެކު ކޮވިޑް ޖެހޭ މީހުންނާއި ހޮސްޕިޓަލްގައި ފަރުވާދެމުންދާ މީހުންގެ އަދަދު ދަށަށް

7 ފެބުރުއަރީ 2021 | އާދީއްތަ 00:07

ފައިޒަރ އާއި ބައޯއެންޓެކްގެ ވެކްސިނާއި މޮޑާނާ ވެކްސިންގެ އިތުރުން އެސްޓްރަޒެނިކާގެ ވެކްސިން ފްރާންސްގައި އަންނަނީ ޖަހަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ފެބުރުއަރީ 2021 | އާދީއްތަ 00:07
ފްރާންސްގެ އުމުރުން ދުވަސްވީ މީހަކަށް މޮޑާނާ ވެކްސިން ޖަހަނީ

ފްރާންސްގެ އުމުރުން ދުވަސްވީ މީހަކަށް މޮޑާނާ ވެކްސިން ޖަހަނީ

ފްރާންސްގައި ކޮވިޑް ވެކްސިންގެ ތިން ވަނަ ވެކްސިން ޖަހަން ފަށާފާއިވާއިރު އެގައުމުގައި އަލަށް ކޮވިޑް ޖެހޭ މީހުންނާއި ވައިރަސް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދުތައް ދަށަށްދާން ފަށާފައިވާކަމަށް އެގައުމުން ހާމަކޮށްފިއެވެ.

ހޮނިހިރު ދުވަހު ފްރާންސްގައި އަލަށް ވައިރަސް ޖެހިފައިވަނީ 20،586 މީހުންނަށެވެ. އޭގެކުރީ ދުވަހު 22،139 މީހުންނަށް އަލަށް ވައިރަސް ޖެހިގެން ވަނީ ރިޕޯޓްކޮށްފައެވެ. ފްރާންސްގައި ދުވާލެއްގެ މައްޗަށް ވައިރަސް ޖެހޭ މީހުންގެ އަދަދުތައް ދަށަށްދާން ފަށާފައިވާތާ ވަނީ ތިން ދުވަސްވެފައެވެ.

އަނެއްކޮޅުން ވައިރަސް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ވަނީ ދަށަށްދާން ފަށާފައެވެ. އެގޮތުން ޖެހިޖެހިގެން ހަތަރު ދުވަހު އެއަދަދު ދަށަށް ދާން ފަށާފައިވާއިރު ހޮނިހިރު ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގޮސްފައިވަނީ 27،369 މީހުންނަށެވެ. މިއީ އޭގެކުރީ ދުވަހާ އަޅާބަލާއިރު 245 މީހުންގެ މަދު އަދަދެކެވެ.

މީގެއިތުރުން ވައިރަސް ޖެހިގެން އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ އަދަދުވެސް ވަނީ އޭގެކުރީ ދުވަހާ އަޅާބަލާއިރު 20 މީހުން މަދުވެފައެވެ. މިހާރު އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ 3225 މީހުންނަށެވެ.

ފްރާންސްގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދިޔުމުން އަލުން ކޮލްޑައުންއަކަށް ދިޔުމަށް އެގައުމުގެ ސިއްހީ މާހިރުން ގޮވާލަމުންދިޔަ ގޮވާލުމަށް ސަރުކާރުން ވަނީ އިޖާބަނުދީފައެވެ. އެގައުމުގައި ދުވާލެއްގެ މައްޗަށް ވައިރަސްޖެހޭ މީހުންގެ އަދަދު ވަނީ 20،000ށް ވުރެ މަތީގައި ހިފެހެއްޓިފައެވެ.

ފްރާންސްގައި ކޮވިޑް ވެކްސިން ދެމުންދާއިރު ފުރަތަމަ ޑޯޒް ލިބުނު މީހުންގެ އަދަދު 1.86 މިލިއަނަށް އަރައެވެ. އެގައުމުގެ ހެލްތު މިނިސްޓްރީން ހާމަކުރާ ގޮތުގައި މިހާތަނަށް އައިއިރު 247،260 މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ.

ފްރާންސްގައި މިހާރު އަންނަނީ ކޮވިޑަށް އުފައްދާފައިވާ ތިން ވެކްސިނެއް ޖަހަމުންނެވެ. އެއީ ފައިޒަރ އާއި ބައޯއެންޓެކްގެ ވެކްސިނާއި މޮޑާނާ ވެކްސިންގެ އިތުރުން އެސްޓްރަޒެނިކާގެ ވެކްސިނެވެ.

އެންމެ ފަހުން އެގައުމަށް ލިބިފައިވަނީ އެސްޓްރަޒެނިކާގެ ވެކްސިނެވެ. އެވެކްސިންގެ 273،600 ޑޯޒް ލިބިފައިވާކަމަށް ފްރާންސްގެ ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި މިވެކްސިން ހޮނިހިރު ދުވަހު ޖަހަން ފަށާފައިވާއިރު މިވެކްސިން އެންމެ ފުރަތަމަ ޖަހަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 65 އަހަރުން ދަށުގެ މީހުންނަށެވެ.

އެސްޓްރަޒެނިކާ ވެކްސިންގެ ދެވަނަ ބެޗްގައި 304،800 ޑޯޒް ލިބޭނެއެވެ. ދެވަނަ ބެޗް ފްރާންސަށް ލިބޭނީ އަންނަ ހަފްތާގައެވެ.

ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިޔަށްދާލެއް ލަސްކަމުން ފްރާންސްގެ ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ފްރާންސް ސަރުކާރުން އުންމީދުކުރާ ގޮތުގައި އެސްޓްރަޒެނިކާގެ ވެކްސިނާއެކު ވެކްސިން ޖެހުމުގެ ޕްރޮގްރާމް މިހާރަށްވުރެ އަވަސް ވެގެންދާނެއެވެ.

ފްރާންސްގައި ހޮނިހިރު ދުވަހު ކޮވިޑް ޖެހިގެން 191 މީހަކު މަރުވެފައިވާއިރު މިއާއެކު އެގައުމުގައި މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 78،794ށް އަރާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

30 ޑިސެމްބަރު 2019

ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ގިނަވެ، ޕާކިސްތާނުގައި ޕޯލިއޯ ފެތުރެނީ

30 ޑިސެމްބަރު 2019
ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ގިނަވެ، ޕާކިސްތާނުގައި ޕޯލިއޯ ފެތުރެނީ
12 މާރިޗު 2019

ވެކްސިން ނުޖަހާ ކުދިންނަށް ސްކޫލަށް ކިޔަވަން ނުދެވޭނެ ކަމަށް އިޓަލީން ކަނޑައަޅައިފި

12 މާރިޗު 2019
ވެކްސިން ނުޖަހާ ކުދިންނަށް ސްކޫލަށް ކިޔަވަން ނުދެވޭނެ ކަމަށް އިޓަލީން ކަނޑައަޅައިފި
18 ނޮވެމްބަރު 2018

ފްރާންސްގައި ކުރި މުޒާހަރާ ތަކުގައި އެކަކު މަރުވެ 100 މީހުން ޒަހަމްވެއްޖެ

18 ނޮވެމްބަރު 2018
ފްރާންސްގައި ކުރި މުޒާހަރާ ތަކުގައި އެކަކު މަރުވެ 100 މީހުން ޒަހަމްވެއްޖެ
28 ޖޫން 2018

ގައުމީ ޚިދުމަތަށް ނެރުން ފްރާންސްގައި އިއާދަކޮށްފި

28 ޖޫން 2018
ގައުމީ ޚިދުމަތަށް ނެރުން ފްރާންސްގައި އިއާދަކޮށްފި
21 މެއި 2018

އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި

21 މެއި 2018
އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި
24 މާރިޗު 2018

ފްރާންސްގައި ބަޔަކު ރަޙީނުކޮށް ތިން މީހަކު މަރާލައިފި

24 މާރިޗު 2018
ފްރާންސްގައި ބަޔަކު ރަޙީނުކޮށް ތިން މީހަކު މަރާލައިފި
11 ނޮވެމްބަރު 2017

ބާރަށް ދުއްވި ކާރެއް ޖެހި ތިން ސްކޫލް ކުދިން ފްރާންސްގައި ޒަޚަމްވެއްޖެ

11 ނޮވެމްބަރު 2017
ބާރަށް ދުއްވި ކާރެއް ޖެހި ތިން ސްކޫލް ކުދިން ފްރާންސްގައި ޒަޚަމްވެއްޖެ
05 އޮކްޓޯބަރު 2017

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި
23 އެޕްރީލު 2017

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް