Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔެލޯ ވެސްޓް މުޒާހަރާ

ފްރާންސްގައި ކުރި މުޒާހަރާ ތަކުގައި އެކަކު މަރުވެ 100 މީހުން ޒަހަމްވެއްޖެ

ތެލުގެ އަގުބޮޑުވުމާއި ގުޅިގެން ނުރުހުން ފާޅުކޮށް ފްރާންސްގެ އެކި ސަރަހައްދު ތަކުގައި ހޮނިހިރު ދުވަހު ވަނީ މުޒާހަރާ ކޮށްފަ

| 18 ނޮވެމްބަރު 2018 | އާދީއްތަ 07:59
\'ޔެލޯ ވެސްޓް\' މުޒާހަރާގެ ތެރެއިން

\'ޔެލޯ ވެސްޓް\' މުޒާހަރާގެ ތެރެއިން

ފްރާންސްގައި ކުރި މުޒާހަރާ ތަކުގައި އެކަކު މަރުވެ 100 މީހުން ޒަހަމްވެއްޖެއެވެ.

ތެލުގެ އަގުބޮޑުވުމާއި ގުޅިގެން ނުރުހުން ފާޅުކޮށް ފްރާންސްގެ ވެރިރަށް ޕެރިހާއި އެ ޤައުމުގެ އެކި ސަރަހައްދު ތަކުގައި ހޮނިހިރު ދުވަހު ވަނީ މުޒާހަރާ ކޮށްފައެވެ. "ޔެލޯ ވެސްޓް"ގެ ނަމުން ނަންދީފައިވާ މުޒާހަރާގައި ބައިވެރިން ތިބީ ރީނދޫ ކުލައިގެ ޖެކެޓް ތަކެއް ލައިގެންނެވެ.

މުޒާހަރާގެ ބައިވެރިން ނުރުހުން ފާޅުކުރަމުން ދަނީ ޒަމަންތަކެއް ވަންދެން ސަރުކާރުން ޑީސެލް އުޅަނދުފަހަރު ގަތުމަށް ބާރުއެޅުމަށްފަހު 2019 ވަނަ އަހަރުން ފެށިގެން ޑީސެލްގެ އަގު ބޮޑުކުރަން ނިންމުމާއި ގުޅިގެންނެވެ. ފްރާންސްގައި މީހާރުވެސް ގިނައިން ބޭނުންކުރަމުން ދަނީ ޑީސެލް ބޭނުންކުރާ އުޅަނދުފަހަރެވެ.

ގްރީން ޓެކްސްގެ ދަށުން ފާއިތުވެދިޔަ އަހަރު ތެރޭގައިވެސް ރައީސް މެކްރޮން ވަނީ ޑީސެލްގެ އަގު ވިހި އިންސައްތަ ބޮޑުކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ މެކްރޮންގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ.

މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި އެކަކު މަރުވެ ސަތޭކަމީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މުޒާހަރާ ކުރަމުން ދިޔަ މީހުން މެކްރޮންގެ ގެކޮޅާއި ދިމާލަށް މިސްރާބު ޖެހުމުން އެކަން ހުއްޓުވުމުގެ ގޮތުން ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ.

ފްރާންސްގެ އިންޓީރިއާ މިނިސްޓްރީއާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ، މި މުޒާހަރާގައި ފްރާންސްގެ އެކި ހިސާބުތަކުގައި 240،000 އަށް ވުރެ ގިނަމީހުން ބައިވެރިވެފަވާ ކަމަށެވެ. އަދި މިމުޒާހަރާ އާއި ގުޅިގެން 73 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފްރާންސްގައި މިހާރު ޑީސެލް ލީޓަރެއްގެ އަގު ހުރީ 1.51 ޔޫރޯއަށެވެ. މިއި ނިސްބަތުން ދުނިޔޭގެ ބާޒާރުގައި ޑީސެލްގެ އަގު ހުރި މިންވަރަށްވުރެ މަތީ އަގެކެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު