Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެނުއެލް މެކްރޮން

ގައުމީ ޚިދުމަތަށް ނެރުން ފްރާންސްގައި އިއާދަކޮށްފި

ގައުމީ ޚިދުމަތުގެ ޕްރޮގްރާމްގައި އުމުރުން 16 އަހަރު ފުރޭ ހުރިހާ ކުދިން ބައިވެރިކުރެވޭނެ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 28 ޖޫން 2018 | ބުރާސްފަތި 06:21
ގައުމީ ޚިދުމަތް ތައާރަފްކުރުމަކީ ރައީސް އެމަނުއެލް މެކްރޮންގެ ރިޔާސީ އިންތިޚާބުގައި ފާޅުކުރައްވާފައިވާ ޚިޔާލެއް

ގައުމީ ޚިދުމަތް ތައާރަފްކުރުމަކީ ރައީސް އެމަނުއެލް މެކްރޮންގެ ރިޔާސީ އިންތިޚާބުގައި ފާޅުކުރައްވާފައިވާ ޚިޔާލެއް

އުމުރުން 16 އަހަރު ފުރުމުން ގައުމީ ޚިދުމަތަށް ނެރުމުގެ ޕްލޭނެއް ފްރާންސްގެ ސަރުކާރުން ތައާރަފުކޮށްފިއެވެ.

މިއީ ފްރާންސްގެ ޒުވާނުންގެ މެދުގައި ގައުމީ އެއްބައިވަންތަކަން އާލާކޮށް މަދަނީ ޒިންމާ ހަނދާންކޮށްދިނުމަށް ރައީސް އެމަނުއެލް މެކްރޮންގެ ރިޔާސީ އިންތިޚާބުގައި ފާޅުކުރައްވާފައިވާ ޚިޔާލެކެވެ. ނަމަވެސް މިކަމުގެ ފައިދާ އޮތީ ވިސްނައި ނުދެވިއެވެ.

އަލަށް ތައާރަފް ކުރެވޭ ގައުމީ ޚިދުމަތުގައި އުމުރުން 16 އަހަރުގެ އަންހެން ފިރެހެން ހުރިހާ ކުދިން ބައިވެރިކުރާއިރު ޕްރޮގްރާމް ކުރިޔަށް ގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހި ކޮންމެ ކުއްޖަކަށް ވެސް ލާޒިމުވާއިރު އެ ފިޔަވަހީގައި އޮންނަނީ މަދަނީ އަދި ސަގާފީ ޚިދުމަތްތަކުގައި އެއްމަސް ދުވަސް ހޭދަކުރުމެވެ. ފްރާންސް ސަރުކާރުން ބުނާ ގޮތުގައި އެކަމުގެ ސަބަބުން ގުޅުންތައް ބަދަހިވެ މުޖުތަމައުގައި އެމީހުންގެ ދައުރު ތަރައްގީވެގެންދާނެއެވެ.

ހިލޭ ސާބަހަށް ކިޔަވައިދިނުމާއި އަދި ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކާ އެކު މަސައްކަތްކުރުމާއި އަސްކަރިއްޔާ އާއި ފުލުހުންގެ ދައުރު އަދާކުރަން ތައްޔާރުވުމާއި ނުވަތަ ފަޔަރ ސަރވިސްގައި މަސައްކަތްކުރުމުގެ އިޚްތިޔާރު އޮންނާނެއެވެ.

ދެވަނަ މަރުހަލާގައި ހިލޭ ސާބަހަށް މަސައްކަތްކުރާއިރު މަދުވެގެން ތިން މަހު އަދި ގިނަވެގެން އަހަރެއްހާ ދުވަހު މަސައްކަތްކުރަން ޖެހެއެވެ. މި މަރުހަލާގައި މަސައްކަތްކުރާއިރު އަސްކަރިއްޔާއާ ގުޅުން އޮތް ތަނެއްގައި މަސައްކަތްކުރުމަށް ބާރު އެޅި ނަމަވެސް ތަރިކަ އާއި ތިމާވެއްޓާއި ނުވަތަ އިޖުތިމާއީ ޚިދުމަތުގައި އުޅުން އިޚްތިޔާރު ކުރެވިދާނެއެވެ.

މި ޕްރޮގްރާމްގެ ޚިޔާލު ރައީސް މެކްރޮން ފުރަތަމަ ހުށަހެޅުއްވިއިރު އޮތީ އުމުރުން 18 އަހަރާއި 21 އަހަރާ ދެމެދުގެ ކޮންމެ ރައްޔިތަކު ވެސް މަދުވެގެން އެއްމަސް ދުވަހު އަސްކަރީ ތަޖުރިބާ ހޯދަން މަޖުބޫރުވާ ގޮތަށެވެ. ނަމަވެސް މިހާރު އެ އަށް ވުރެ ލުއިކޮށް އަދި ޔުނިވާސަލް ނޭޝަނަލް ސަރވިސްގެ ނަމުގައި ޕްރޮގްރާމް ވަނީ ފުޅާކުރެވިފައެވެ. މި ބަދަލު ގެނެވުނީ ޕްރޮގްރާމެ ޚަރަދު ބޮޑުވެ އަސްކަރިއްޔާއަށް އިތުރު ތަކުލީފަކަށް ވެދާނެކަމުގެ ކަންބޮޑުވުމާ އެކުއެވެ.

އެއް އަހަރުދުވަހުގެ މުއްދަތަށް މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ވެސް 1.6 ބިލިއަން ޔޫރޯއަށް ޚަރަދުވާނެ ކަމަށް ލަފާކުރެވޭއިރު ފެށުމަށްޓަކައި ވެސް 1.75 ބިލިއަން ޔޫރޯ ޚަރަދުވާނެއެވެ.

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2018

ފްރާންސްގައި ކުރި މުޒާހަރާ ތަކުގައި އެކަކު މަރުވެ 100 މީހުން ޒަހަމްވެއްޖެ

18 ނޮވެމްބަރު 2018
ފްރާންސްގައި ކުރި މުޒާހަރާ ތަކުގައި އެކަކު މަރުވެ 100 މީހުން ޒަހަމްވެއްޖެ
21 ޖުލައި 2018

ތުރުކީއާއި ނެދަލޭންޑާއި ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން ފުރިހަމައަށް އިއާދަކޮށްފި

21 ޖުލައި 2018
ތުރުކީއާއި ނެދަލޭންޑާއި ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން ފުރިހަމައަށް އިއާދަކޮށްފި
24 މާރިޗު 2018

ފްރާންސްގައި ބަޔަކު ރަޙީނުކޮށް ތިން މީހަކު މަރާލައިފި

24 މާރިޗު 2018
ފްރާންސްގައި ބަޔަކު ރަޙީނުކޮށް ތިން މީހަކު މަރާލައިފި
11 ނޮވެމްބަރު 2017

ބާރަށް ދުއްވި ކާރެއް ޖެހި ތިން ސްކޫލް ކުދިން ފްރާންސްގައި ޒަޚަމްވެއްޖެ

11 ނޮވެމްބަރު 2017
ބާރަށް ދުއްވި ކާރެއް ޖެހި ތިން ސްކޫލް ކުދިން ފްރާންސްގައި ޒަޚަމްވެއްޖެ
06 ނޮވެމްބަރު 2017

ޗައިނާގައި ގައުމީ ސަލާމަށް އިހުތިރާމް ކުޑަކޮށްފި ނަމަ ތިން އަހަަރުގެ ޖަލު ހުކުމެއް

06 ނޮވެމްބަރު 2017
ޗައިނާގައި ގައުމީ ސަލާމަށް އިހުތިރާމް ކުޑަކޮށްފި ނަމަ ތިން އަހަަރުގެ ޖަލު ހުކުމެއް
13 އޮކްޓޯބަރު 2017

ސްޕެއިންގެ ގައުމީ ދުވަހު ބޭއްވި މުޒާހަރާއެއްގައި ހަަމަނުޖެހުން ހިނގައިފި

13 އޮކްޓޯބަރު 2017
ސްޕެއިންގެ ގައުމީ ދުވަހު ބޭއްވި މުޒާހަރާއެއްގައި ހަަމަނުޖެހުން ހިނގައިފި
12 އޮކްޓޯބަރު 2017

ހަލަބޮލިކަމަށް ވެއްޓިފައިވާ ސްޕެއިން، ގައުމީ ދުވަސް ފާހަގަ ކުރަނީ

12 އޮކްޓޯބަރު 2017
ހަލަބޮލިކަމަށް ވެއްޓިފައިވާ ސްޕެއިން، ގައުމީ ދުވަސް ފާހަގަ ކުރަނީ
13 ޖޫން 2017

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް

13 ޖޫން 2017
އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާގެ ގައުމީ ސަަލާމަތަށް މިހާރުން މިހާރަށް ނުރައްކާވެފައިވާ އެންމެ ބޮޑު މައްސަލަ: ޖޭމްސް މެޓިސް
02 މެއި 2017

ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ

02 މެއި 2017
ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ
23 އެޕްރީލު 2017

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު