Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލައިޕްޒީގާއި ލިވަޕޫލުގެ މެޗު

ލައިޕްޒީގާއި ލިވަޕޫލުގެ މެޗު ހަންގޭރީއަށް ބަދަލުކުރަނީ

6 ފެބުރުއަރީ 2021 | ހޮނިހިރު 12:33

ލައިޕްޒީގާއި ލިވަޕޫލުގެ މެޗު މެޗު ކުޅޭނީ މި މަހުގެ 17 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 ފެބުރުއަރީ 2021 | ހޮނިހިރު 12:33
މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި އެޓަލާންޓާ ބައްދަލުކުރި މެޗުގެ ތެރެއިން

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި އެޓަލާންޓާ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އާރްބީ ލައިޕްޒީގާއި ލިވަޕޫލް ބައްދަލުކުރަން އޮތް މެޗު ޖަރުމަނުގައި ކުޅެވޭނެ ގޮތް ނުވުމުން، އެ މެޗު ހަންގޭރީގެ ބުޑަޕެސްޓުގައި ކުޅެން މަޝްވަރާކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ލައިޕްޒީގާއި ލިވަޕޫލް ބައްދަލުކުރާއިރު، މި މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ ޖަރުމަނުގައި މި މަހުގެ 17 ވަނަ ދުވަހުއެވެ. އަދި ދެވަނަ ލެގު އިންގްލެންޑުގައި ކުޅޭނީ އަންނަ މާޗު މަހުގެ 11 ވަނަ ދުވަހުއެވެ.

ޖަރުމަނުގައި ކުޅެން އޮތް މެޗު އެ ގައުމުގައި ކުޅެވޭ ގޮތް ނުވީ ކޮވިޑް-19 އާ ގުޅިގެން ކަނޑައަޅާފައިވާ އުސޫލުތަކާ ގުޅިގެންނެވެ. އެގޮތުން ކޮވިޑުގެ އައު ވޭރިއަންޓުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ޖަރުމަނު ސަރުކާރުން އެންމެ ފަހުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އިންގްލެންޑް ހިމެނޭ ގޮތަށް އެކި ގައުމުތަކުން އަންނަ މީހުންނަށް ޖަރުމަނަށް އެތެރެނުވެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މި މެޗު ޖަރުމަނުގައި ނުކުޅެވޭނެކަން އެ ގައުމުގެ ސަރުކާރުން ވަނީ ލައިޕްޒީގުގެ އޮފިޝަލުންނަށް އަންގާފައެވެ.

އެހެންކަމުން މި މެޗު ނިއުޓްރަލް ދަނޑެއްގައި ކުޅޭއިރު، ރިޕޯޓުތައް ބުނާ ގޮތުން ޔުއެފާއިން ވަނީ އަންނަ ހޯމަ ދުވަހުގެ ކުރިން މެޗު ކުޅޭނެ ދަނޑެއް ނިންމުމަށް ލައިޕްޒީގަށް އަންގާފައެވެ. އެހެން ނޫންނަމަ އެ މެޗުން ލިވަޕޫލް 3-0 ގެ ނަތީޖާއަކުން މޮޅުވީ ކަމަށް ނިންމަން ޖެހިދާނެ ކަމަށްވެސް ޔުއެފާއިން އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެއާއެކު ހަންގޭރީގެ ބުޑަޕެސްޓުގައި ހުންނަ ޕުސްކަސް އެރީނާގައި މި މެޗު ކުޅެން ލައިޕްޒީގުން މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަރުމަނުން ކަނޑައެޅި އުސޫލުތަކާ ގުޅިގެން މީގެ ކުރިން ޔުއެފާއިން ވަނީ ދެ ޓީމުން ރުހޭނަމަ ފުރަތަމަ ލެގު ލިވަޕޫލް ދަނޑުގައި ކުޅުމަށްފަހު، ދެވަނަ ލެގު ލައިޕްޒީގުގެ ދަނޑަށް ބަދަލުކުރަން ހުށަހަޅާފައެވެ. އެކަމަކު އެ ގޮތަށް ލިވަޕޫލުން އެއްބަސްވެފައެއް ނުވެއެވެ. އަދި ފަހުން ޔުއެފާއިން ވަނީ ދެ ލެގުގެ ބަދަލުގައި ލައިޕްޒީގާއި ލިވަޕޫލުގެ އެއް ލެގު ނިއުޓްރަލް ދަނޑެއްގައި ކުޅެންވެސް ހުށަހަޅާފައެވެ. އެކަމަކު އެކަމަށްވެސް ދެ ޓީމުން އެއްބަސްނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮވިޑާ ގުޅިގެން ޗެމްޕިއަންސް ލީގުގެ މެޗުތަކަށް ބުރޫ އަރާނެ ކަމަށް ބެލެވޭއިރު، ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ކުޅުން ފެށުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އަދި މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮންނާނީ މެއި މަހުގެ 29 ވަނަ ދުވަހު ތުރުކީގެ އިސްތަންބޫލުގައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް