Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

އަހަރުމެންނަށް ވުރެ މިހާރު މެޑްރިޑް މޮޅު: ޕީކޭ

ފުރަތަމަ ލެގުގެ މެޗުގައި ޕީކޭ އަތުން ވަނީ ބައިކޮޅަށް ގޯލެއް ވެސް ވަދެފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 17 އޯގަސްޓު 2017 | ބުރާސްފަތި 03:26
ބާސާގެ ޑިފެންޑާ ޖެރާޑް ޕީކޭ

ބާސާގެ ޑިފެންޑާ ޖެރާޑް ޕީކޭ

މިވަގުތު ބާސެލޯނާއަށް ވުރެ ރެއާލް މެޑްރިޑު މޮޅު ކަމަށް ދެކޭ ކަމަށް ބާސާއަށް ކުޅެމުން އަންނަ ސްޕެއިންގެ އިތުބާރު ޑިފެންޑާ ޖެރާޑް ޕީކޭ ބުނެފިއެވެ.

ޕީކޭ މިހެން ބުނެފައި ވަނީ ބުދަ ދުވަހުގެ ރޭ ސްޕެނިޝް ސުޕާކަޕުގައި ވާދަވެރި ރެއާލް މެޑްރިޑުގެ އަތުން ބާސާ 2-0 އިން ބަލިވި މެޗަށް ފަހުއެވެ. މި ބައްޔާ އެކު އެ ޓީމަށް ވަނީ 5-1 ގެ އެގްރިގޭޓް ނަތީޖާއަކާ އެކު ސްޕެނިޝް ސުޕާކަޕުގެ ޗެމްޕިއަންކަން ވާދަވެރި ރެއާލްއަށް ގެއްލިފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޕީކޭ ބުނެފައިވަނީ ޓީމެއްގެ ގޮތުގައި މިއީ ބާސާއަށް ވަރަށް އުނދަގޫ ދުވަސްކޮޅެއް ކަމަށާއި ހުރިހާ ކުޅުންތެރިން ވެސް ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ކުރިޔަށް ދާންޖެހޭ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނެފައި ވަނީ މި ބައްޔާ އެކު މެޑްރިޑް ބާސާއަށް ވުރެ މޮޅު ކަމަށް ގަބޫލްކުރަން ޖެހޭ ކަމަށާއި ސީޒަނަކީ ވަރަށް ދިގު ސީޒަނެއް ކަމުން ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅު ކުރެވޭނެ ކަމަށެވެ. އަދި މިއީ އޭނާ ބާސާގައި ވޭތުކުރި ނުވަ އަހަރުގެ ތެރޭގައި ބާސާއަށްވުރެ ރެއާލް މޮޅުކަމަށް ފެންނަ ފުރަތަމަ ފަހަރު ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

މި ދެ ޓީމު ވާދަކުރި ފުރަތަމަ ލެގުގެ މެޗުގައި ޕީކޭ އަތުން ވަނީ ބައިކޮޅަށް ގޯލެއް ވެސް ވަދެފައެވެ. އަދި ރެއާލްއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ޕީކޭ އަށް ދެއްކިފައި ވަނީ ވަރަށް އާދައިގެ ކުޅުމެކެވެ.

ޕީކޭވަނީ ބާސާއާ އެކު ވޭތުކުރި ނުވަ އަހަރު 25 ތަށި އެ ޓީމާ އެކު ކާމިޔާބުކޮށްފައެވެ. އޭނާވަނީ ބާސާއަށް 246 މެޗު ކުޅެދީފައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު