Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓީ.އޭ.ސީ މުޢާހަދާ

ޓީ.އޭ.ސީ މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފި

ވަޒީރުންގެ މަޖިލީހުގެ ޖަލްސާ ބާއްވާފައިވަނީ ވަރޗުއަލްކޮށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2021 | ބުދަ 03:19
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

”ޓްރީޓީ އޮފް އެމިޓީ އެންޑް ކޯޕަރޭޝަން އިން ސައުތު އީސްޓް އޭޝިއާ“ (ޓީ.އޭ.ސީ) މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި ބުދަ ދުވަހު މަޝްވަރާ ކުރައްވައި، އެ މުޢާހަދާގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމަވާފައި މިވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހުށަހަޅާފައިވާ ކަރުދާހަކާ ގުޅޭގޮތުން ވަރޗުއަލްކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

Advertisement - newsAdvertisement

ޓީ.އޭ.ސީ. އަކީ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން) ގައި ހިމެނޭ މެންބަރު ޤައުމުތަކުގެ މެދުގައި 1976 ވަނަ އަހަރު ސޮއިކުރެވުނު މުޢާހަދާއެކެވެ. މި މުޢާޙަދާ އެކުލަވައިލާފައި ވަނީ އާސިއާންގެ ޤައުމުތަކުގެ މެދުގައި ޤާއިމުކުރެވިފައިވާ ގުޅުންތައް، ކަނޑައެޅިފައިވާ އުޞޫލުތަކެއްގެ މަތިން ދެމެހެއްޓުމުގެ މަޤުޞަދުގައެވެ. އޭގެ ތެރޭގައި ސައުތް އީސްޓް އޭޝިޔާގެ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، އެ ސަރަޙައްދުގެ ސުލްޙަ މަސަލަސްކަން ޤާއިމުކުރުމާއި، މުޢާހަދާގައި ބައިވެރިވާ ޢާންމު ފަރާތްތަކުގެ މަސްލަޙަތުތައް ހިމާޔަތްކުރުމާ ގުޅޭ ދާއިރާތަކުން ގުޅުން ބަދަހިކުރަންވާނެ ކަމުގައި މި މުޢާހަދާގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖެއިން ޓީ.އޭ.ސީ މުޢާޙަދާގައި ބައިވެރިވުމުން، އާސިއާންގެ ޤައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާވެ، އެކި ދާއިރާތަކުން ދިވެހި ރާއްޖެއަށް ބޭނުންވާ ފަންނީ އެހީތެރިކަން ލިބުމަށް މަގުފަހިވެގެންދާނެ ކަމުގައި ފޮރިން މިނިސްޓަރ ކަރުދާސް ހުށަހަޅައިދެއްވަމުން ވަނީ ފާހަގަކުރައްވާފައެވެ.

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2017

ރާއްޖެޓީވީ ނައިޓްގައި ބައިވެރިވުމަށް ލަންކާގެ ޖާދޫގަރު މާލެ އަތުވެއްޖެ

15 ޑިސެމްބަރު 2017
ރާއްޖެޓީވީ ނައިޓްގައި ބައިވެރިވުމަށް ލަންކާގެ ޖާދޫގަރު މާލެ އަތުވެއްޖެ
14 ޑިސެމްބަރު 2017

ރާއްޖެޓީވީ ނައިޓްގައި ބައިވެރިވުމަށް އަންކިތާ މާލެ އައިސްފި

14 ޑިސެމްބަރު 2017
ރާއްޖެޓީވީ ނައިޓްގައި ބައިވެރިވުމަށް އަންކިތާ މާލެ އައިސްފި
07 ޑިސެމްބަރު 2017

ފްރީ ޓްރޭޑް އެގްރީމަންޓްގައި ޗައިނާ އާއެކު ދިވެހިރާއްޖެއިން ސޮއިކޮށްފި

07 ޑިސެމްބަރު 2017
ފްރީ ޓްރޭޑް އެގްރީމަންޓްގައި ޗައިނާ އާއެކު ދިވެހިރާއްޖެއިން ސޮއިކޮށްފި
19 ނޮވެމްބަރު 2017

މެންބަރުން ވޯޓުދޭ ގޮތަށް ނުފޫޒު ފޯރުވާ ވަޒީރުންގެ މައްސަލަ ތަހުގީގުކުރަން ޖެހޭ:ޝިދާތާ

19 ނޮވެމްބަރު 2017
މެންބަރުން ވޯޓުދޭ ގޮތަށް ނުފޫޒު ފޯރުވާ ވަޒީރުންގެ މައްސަލަ ތަހުގީގުކުރަން ޖެހޭ:ޝިދާތާ
06 ނޮވެމްބަރު 2017

އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް ބޭނުންކުރުން މަދުކުރުމުގެ އެއްބަސްވުމުގައި ބައިވެރިވުމަށް ފާސްކޮށްފި

06 ނޮވެމްބަރު 2017
އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް ބޭނުންކުރުން މަދުކުރުމުގެ އެއްބަސްވުމުގައި ބައިވެރިވުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު