Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"ކިގާލީ އެމެންޑްމަންޓް"

އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް ބޭނުންކުރުން މަދުކުރުމުގެ އެއްބަސްވުމުގައި ބައިވެރިވުމަށް ފާސްކޮށްފި

ކުރިއަރާފައިވާ ގައުމުތަކުން 2019 ވަނަ އަހަރުން ފެށިގެން އެޗްސީއެފްސީ މާއްދާތައް މަދުކުރުމަށް މަސައްކަތް ކުރަންޖެހޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 ނޮވެމްބަރު 2017 | ހޯމަ 05:16
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން

އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއް ކަމަށްވާ ހައިޑްރޯ ކްލޯރޯ ފްލޯރޯ ކާބަންސް (އެޗްސީއެފްސީ) ބޭނުންކުރާ މިންވަރު ކޮންޓްރޯލް ކުރުމަށް މޮންޓްރިއަލް ޕްރޮޓޮކޯލް އަށް ގެނެވިފައިވާ އިސްލާހު "ކިގާލީ އެމެންޑްމަންޓް ޓު ދަ މޮންޓްރިއަލް ޕްރޮޓޮކޯލް "ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

"ކިގާލީ އެމެންޑްމަންޓް ޓު ދަ މޮންޓްރިއަލް ޕްރޮޓޮކޯލް" ގައި ދިވެހިރާއްޖެ ބައިވެރިވުމަށް ސަރުކާރުގެ ފަރާތުން މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅި މައްސަލަ، މަޖިލީހުގެ ގައުމީ ސަލާމަތާއިގުޅޭ ކޮމެޓީން ދިރާސާކުރި ރިޕޯޓަށް ވޯޓަށް އެހުމުން، އެ އެއްބަސްވުމުގައި ބައިވެރިވުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ 28 މެމްބަރުންގެ އިއްތިފާގުންނެވެ.

ހޯމަ ދުވަހުގެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި އިހުތިޖާޖު ކޮށްފައެވެ. އަދި އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖް ކުރަމުންދަނިކޮށް ނެގި ވޯޓުގައި، އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެފައެއް ނުވެއެވެ.

އިދިކޮޅު މެމްބަރުން ބުނަމުންދަނީ މަޖިލީހުގެ ރައީސަކީ އަބްދުﷲ މަސީހު މުހައްމަދު ނޫން ކަމަށާއި، ރިޔާސަތުގައި މަސީހު އިންނަވައިގެން ކުރިއަށް ގެންދަވާ މަޖިލީހުގެ ޖަލްސާތަކަކީ ސައްހަ ޖަލްސާތަކެއް ނޫން ކަމަށެވެ.

"ކިގާލީ އެމެންޑްމަންޓް ޓު ދަ މޮންޓްރިއަލް ޕްރޮޓޮކޯލް" އަކީ ޖައްވު ހޫނުވުމަށް މެދުވެރިވާ ގޭހެއްކަމުގައިވާ އެޗްސީއެފްސީ މަދުކޮށް ކޮންޓްރޯލް ކުރުމަށް ގެނެވިފައިވާ އިސްލާހެކެވެ.

މި އިސްލާހުގެ ދަށުން، ތަރައްޤީވެފައިވާ ގައުމުތަކުން 2019 ވަނަ އަހަރުން ފެށިގެން އެޗްސީއެފްސީ ބޭނުންކުރާ މިންވަރު މަދުކުރުމަށް މަސައްކަތް ކުރަންޖެހެއެވެ. އަދި ތަރައްގީވަމުން އަންނަ ގައުމުތަކުން 2024 ވަނަ އަހަރާއި 2028 ވަނަ އަހަރާއި ދެމެދުގައި އެޗްސީއެފްސީ ބޭނުން ކުރުން ކޮންޓްރޯލްކޮށް މަދުކުރަން ޖެހެއެވެ.

އޯޒޯން ފަށަލަ ހިމާޔަތް ކުރުމަށްޓަކައި 1986 ވަނަ އަހަރު އެކުލަވާލާފައިވާ "ވިއެނާ ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް ދަ އޯޒޯން ލޭޔާރ" ގައި ދިވެހިރާއްޖެއިން ބައިވެރިވެފައި ވަނީ އޭޕްރީލް 26، 1988 ގައެވެ. މި މުއާހަދާގެ ދަށުން އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލްތައް މަދުކޮށް، ބޭނުންކުރުން ހުއްޓާލުމަށްޓަކައި 1987 ވަނަ އަހަރުގައި "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދަ އޯޒޯން ލޭޔާރ"ގެ ނަމުގައި މުއާހަދާއެއް އެކުލަވާލެވިފައި ވެއެވެ.

މޮންޓްރިއަލް ޕްރޮޓޮކޯލްގައި ހިމެނޭ ކަންކަން ދިވެހިރާއްޖެއިން ތަސްދީގު ކުރުމަށްޓަކައި "އޯޒޯން ފަށަލަ ހިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ގާނޫނު" އެކުލަވާލާ ފާސްކޮށްފައި ވަނީ 2015 ވަނަ އަހަރު އެވެ.

އިތުރަށް ކިޔާލަން

08 އެޕްރީލު 2018

ސޫރިޔާގައި ދިން ކެމިކަލް ހަމަލާ ދިވެހިރާއްޖެއިން ކުށްވެރިކޮށްފި

08 އެޕްރީލު 2018
ސޫރިޔާގައި ދިން ކެމިކަލް ހަމަލާ ދިވެހިރާއްޖެއިން ކުށްވެރިކޮށްފި
22 ފެބުރުއަރީ 2018

މުސްލިމުން ބޭނުންކުރުން މަނާ ޕްރޮޑަކްޓްތައް ފިހާރަ އިން ނަގައިފި ކަމަށް ކަސްޓަމްސް އިން ބުނެފި

22 ފެބުރުއަރީ 2018
މުސްލިމުން ބޭނުންކުރުން މަނާ ޕްރޮޑަކްޓްތައް ފިހާރަ އިން ނަގައިފި ކަމަށް ކަސްޓަމްސް އިން ބުނެފި
21 ފެބުރުއަރީ 2018

މުސްލިމުން ބޭނުންކުރުން މަނާ ޕްރޮޑަކްޓެއް މާލޭގައި!

21 ފެބުރުއަރީ 2018
މުސްލިމުން ބޭނުންކުރުން މަނާ ޕްރޮޑަކްޓެއް މާލޭގައި!
25 ސެޕްޓެމްބަރު 2017

ގަސްތަކަށް ގެއްލުންދޭ ފިނިހަކަތަކެއް ވާދޫއިން ފެނިއްޖެ

25 ސެޕްޓެމްބަރު 2017
ގަސްތަކަށް ގެއްލުންދޭ ފިނިހަކަތަކެއް ވާދޫއިން ފެނިއްޖެ
15 އޯގަސްޓު 2017

'އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ" އެކްސްޕޯ ފަށައިފި

15 އޯގަސްޓު 2017
 'އޯޒޯން ޓު ކްލައިމެޓް ޓެކްނޮލޮޖީ" އެކްސްޕޯ ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު