Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ވަޙީދަށްވުރެ ދިވެހި ސިފައިންނަށާއި ރައްޔިތުންނަށް ގޯނާކުރި ވެރިއެއް ދުށީމުތަ!

3 ފެބުރުއަރީ 2021 | ބުދަ 03:37

ދިވެހި ސިފައިންނާއި ފުލުހުން މެދުވެރިކޮށް، ސަރުކާރެއް ވައްޓާލައި ރައްޔިތުންނަށް އެތައް އަނިޔާއެއް ދިން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 3 ފެބުރުއަރީ 2021 | ބުދަ 03:37
ބަޣާވާތަކުން ވެރިކަމަށް އަރާވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ރަސްމިއްޔާތުގެ ތެރެއިން

ބަޣާވާތަކުން ވެރިކަމަށް އަރާވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ރަސްމިއްޔާތުގެ ތެރެއިން

އިއްޔެ އަރައިގެންއައި އިރާއެކު އިވުނީ މިޔަންމާގެ އަސްކަރިއްޔާއިން އެގައުމުގެ ސްޓޭޓް ކައުންސިލަރ އައުންސަންސޫކީ އެގައުމުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންދިޔަ ޚަބަރެވެ. އައުންސަންސޫކީ އަކީ އެހެންގޮތަކަށް ބުނާނަމަ، އެގައުމުގައި މިވަގުތު އޮތް ސަރުކާރު ހިންގާ ލީޑަރެވެ. ސޫކީގެ އިތުރުން އެގައުމުގެ ރައީސާއި ސަރުކާރުގެ ބައެއް އޮފިޝަލުން ވެސް ސިފައިންގެ ބެލުމުގެ ދަށަށް ގެންސްފައިވާ ކަމަށް ބައިނަލްއަޤުވާމީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ރިޕޯޓްތައް ބުނާގޮތުން، މިޔަންމާގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް، ސޫކީ ހައްޔަރުކުރީ އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުން ސޫކީ ނިސްބަތްވާ މިޔަންމާގެ ވެރިކަންކުރާ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ޕާޓީން ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށްފައިވާކަން އިޢުލާނުކޮށްފައިވަނިކޮށެވެ.

މިޔަންމާގައި ޖެހިގެން މިއުޅޭ މައްސަލައަކީ، މިޔަންމާގެ ޤާނޫނު ހަދާ މަޖިލީހުން 480 ގޮނޑި ސަރުކާރު ހިންގާ ޕާޓީން ކާމިޔާބު ކުރިއިރު، އަސްކަރިއްޔާގެ އެއްބަރުންލުން ލިބޭ އިދިކޮޅު ޔޫނިއަން ސޮލިޑާރިޓީ އެންޑް ޑިވެލޮޕްމަންޓް ޕާޓީއަށް އެންމެ 24 ގޮނޑި ލިބި، ބޮޑު ނާކާމިޔާބަކާ ކުރިމަތިލާންޖެހުމުން، އެކަން ހަޖަމު ކުރުމުގައި ދިމާވެގެންއުޅޭ މައްސަލައެކެވެ.

އެއީ، މިޔަންމާގެ މިއަދުގެ ސިޔާސީ މަޝްރަޙުގެ ވާހަކައެވެ. އަސްލު މިރިޕޯޓްގެ މައުޟޫޢުއަށް ޖެހިލާނަމެވެ.

ރާއްޖޭގައި ޑިމޮރެޓިކް އުސޫލުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު އޭރުގެ އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ، އިންތިޚާބު ފުރަތަމަ ބުރު ކާމިޔާބުކޮށް، އަދި ދެވަނަ ބުރުގައި އިދިކޮޅު ބައެއް އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެން ރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރަމުންދިޔަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުމަކަށް ގެނައުމުގެ މޭސްތިރިޔަކީ އެމް.ޑީ.ޕީ.ގެ ރައީސް މުހައްމަދު ނަޝީދެވެ. ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިޔާ، އަދި ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ޖަހައިގަތީ، ކާޅެއް މަސްގަނޑެއް ޖަހައިގެން ފަދަ ގޮތަކަށެވެ. ނާއިބު ރައީސްކަމުގެ މަގާމުގައި ހުންނަވައި، ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވެރިކަމަށް ވަޑައިގެންނެވީ މިފަދަ ގޮތަކަށް ނޫންތޯއެވެ.

މިޔަންމާގެ މިހާރު ހިނގައިގެން އުޅޭ ކަންތައްތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވަނީ އެކަމުގައި ރާއްޖޭގައި 7 ފެބްރުއަރީ 2012ގައި، ހިނގާދިޔަ ކަންތަކާ އެއްގޮތް ކަންތައްތަކެއް އެބަހުރިކަމަށެވެ. އަދި ބަޣާވާތްކުރުން ހުއްޓުވުމަށް މިނިވަން މުއައްސަސާތައް ހަރުދަނާ ކުރަންޖެހޭކަމަށާއި، ބަޣާވާތުގެ ކަންކަން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވެ ޓްވީޓެއް ކުރެއްވުމާއެކު، ބަޣާވާތަކުން ވެރިކަމަށް އަރާވަޑައިގެންނެވި ވަހީދު ވެސް ޓްވީޓެއް ކުރައްވައިފިއެވެ. ވެރިކަމަށް އަރާވަޑައިގެންނެވި ވަހީދު ވިދާޅުވަނީ، "މިޔަންމާގެ މިލިޓަރީ އިންގިލާބާ ފެބްރުއަރީ 7ގެ ރިޔާސީ އިސްތިޢުފާއާ އެއްވަރު ކުރުމަކީ ދިވެހި ލޮބުވެތި ސިފައިންނަށް ގޯނާކުރުން" ކަމަށެވެ.

މަނިކުފާނު ތިޔަވިދާޅުވީ ހަމަ ހެޔޮކޮށެވެ. މިޔަންމާގެ މިލިޓަރީ އިންގިލާބާއި ރާއްޖޭގައި މަނިކުފާނު އިސްކޮށް ހުންނަވައި ހިންގި ބަޣާވާތާ އެއްވަރެއް ނުކުރެވޭނެއެވެ. މަނިކުފާނު އިސްކޮށް ހުންނަވައިގެން ހިންގި ބަޣާވާތަކީ މިހާރު މިޔަންމާގައި ހިންގަމުންދާ މިލިޓަރީ އިންގިލާބަށް ވުރެ، މާ އަނިޔާވެރި ބަޣާވާތެވެ. އޭރު ވެރިކަމުގައި ހުންނެވި ރައީސް ނަޝީދު، އަތްފައި ނުބަންނަކަން އެކަނި ނޫންތޯއެވެ. އަނިޔާވެރި އަމަލުތަކެއްގެ އިންޒާރާއި ލޭ އޮހޮރުވާލާނެކަމުގެ އިންޒާރު މަނިކުފާނު ބައިޢަތު ހިފައިގެން އުޅުއްވި ބޭފުޅުން ދެއްވިއިރު، މިލިޓަރީ އޮތީ ރައީސް ނަޝީދު ވަށާލައިގެން، އެމަނިކުފާނުގެ ދިފާޢުގައިތޯއެވެ. މިލިޓަރީން ރައީސް ނަޝީދުގެ އިސްތިޢުފާއަށް ގޮވައި، އިސްތިޢުފާ ދޭން މަޖުބޫރު ކުރަމުންދިޔައިރު، މަނިކުފާނު ހުންނެވީ، ރައީސްކަމުގެ ހުވާ ކުރެއްވުމަށް ކޯޓު ފަޓުލޫނު ހެޔޮވަރުކުރައްވަން ގެކޮޅުގައި ނޫންތޯއެވެ.

"ދިވެހި ލޮބުވެތި ސިފައިންނަށް" ގޯނާ ކުރަނިއްޔޭ ވިދާޅުވާއިރު، މަނިކުފާނަށްވުރެ، ދިވެހި ސިފައިންނާއި ފުލުހުންނަށް ގޯނާކުރި ވެރިއެއް މިފަހަކުން ދިވެހި ތާރީޚު ނުދެކެއެވެ. ދިވެހި ސިފައިންނާއި ފުލުހުންނަށް ނިސްބަތްކޮށް، ބަޣާވާތުގެ އަހުލުވެރިންގެ ގޮތުގައި "ލޭބަލް" ކުރި ވެރިޔަކީ މަނިކުފާނު ނޫންތޯއެވެ. ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު ހައްދައިގެން ބަޣާވާތެއް ހިންގިއިރު، މިއަދާހަމައަށް ވެސް އެ ދެ މުއައްސަސާއަށް އެ އުޅެނީ އެކަމުން ހިންދަމާ ނުލެވިގެންނޫންތޯއެވެ. އެކަމުގައި ބައިވެރިވި އެ ދެ މުއައްސަސާގެ އޮފިސަރުން އެ ތިބީ ބަޣާވާތް ކުރެވުނީތީ "މޮޔަ" ހީވެފަނޫންތޯއެވެ.

ނަމަވެސް މަނިކުފާނާއެކު ބަޣާވާތްކުރި ބައިވެރިން ގޮވައިގެން ވެސް، މިސަރުކާރުން ދައުލަތުގެ ހިންގުން ހަމަ މަގަށް އެޅުވޭތޯ ލައްކަ މަސައްކަތް އެބަކުރެއެވެ. މިސަރުކާރަކީ ވެސް ބަޣާވާތުގެ އަހުލުވެރިންގެ 60 އިންސައްތަ އޮތް ސަރުކާރެއްކަމުން އެމްޑީޕީއަށް ވެސް ލައްކަ ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަން އެޕާޓީގެ މެމްބަރުން ބުނަމުންދެއެވެ.

ބަޣާވާތަކުން ވެރިކަމަށް ވަޑައިގަންނަވައި، މަނިކުފާނު ވަނީ މުޅި ދައުލަތް ހިންގުމުގެ ނިޒާމު ގަޑުބަޑު ކޮށްލާފައި ނޫންތޯއެވެ. އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލެވުނު ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލައި، އެމަރްހޫމްގެ އާއިލާއަށް އިންސާފު ހޯދާ ނުދެނުތަނުގައި، މަނިކުފާނާއި ބަޣާވާތުގެ ސަރުކާރުގެ އިސްވެރިން ގެންދެވީ އެމައްސަލައިގެ ހަގީގަތް ފޮރުވުމަށް މަސައްކަތް ކުރަމުން ނޫންތޯއެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލި މީހުންނާއި އެކަމަށް ފަންޑުކުރި މީހުންނާއި އެކަމުގެ އަޑީގައި ތިބި މީހުން ހޯދުމަށް 8 އަހަރު ފާއިތުވެގެންދިޔައިރު، ދިވެހި ރައްޔިތުން މިއަދު ވެސް ތިބީ އެކަމަށް އެދިއެދިއެވެ. އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލީ އަފްރާޝީމް އެކަންޏެއް ވެސް ނޫނެވެ. ދިވެހި އެތައް ޒުވާނުންނެއް ތޫނު އެއްޗެއްހިން ހަމަލާދީ މުޅި މަގުމައްޗަށް ވައްޓަމުންދިޔައިރު، ތަންފީޒީ އިދާރާތައް ހުރީ ނަމެއްގައި ނޫންތޯއެވެ. އިންސާފު ގާއިމު ނުކުރެވުނުތަނުގައި، ސަރުކާރުން ރާވައިގެން ބޮޑެތި ޖަރީމާތައް ހިންގާފައިވޭ ނޫންތޯއެވެ.

ބަޣާވާތާއެކު އަނިޔާވެރި އެތައް އަމަލުތަކެއް ހިންގީމު ނޫންތޯއެވެ. ދިވެހި ސިފައިންނާއި ފުލުހުން މެދުވެރިކޮށް، ދިވެހި ރައްޔިތުންނަށް އަނިޔާކުރުމުގައި މަނިކުފާނަށް ވުރެ ކުރި ހޯއްދެވި އިތުރު ވެރިއެއް މިފަހުގެ ތާރީޚުގައި ނުފެނެއެވެ.

ދިވެހި ސިފައިންނަށް ގޯނާ ކުރާވާހަކަ ނުދައްކަވައި، ބަޣާވާތަކުން ވެރިކަމަށް ވަޑައިގެން، ދެ އަހަރު ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއާމެދު ވިސްނާލުން މާބުއްދިވެރި ނޫންތޯއެވެ. ވެރިކަމުގައި ހުންނަވައި، ރައްޔިތުންގެ އެންމެ ފަސް ޕަސެންޓް ވޯޓު ލިބުނު ވެރިއެއް މި ދިވެހިރާއްޖެ، ކީއްކުރަންތޯ؟ މުޅިދުނިޔޭގެ ތާރީޚުގައި ވެސް ދެކެފައެއް ނުވެއެވެ. ދިވެހި ރާއްޖެއިން ބަޣާވާތުގެ ވާހަކަ ދެއްކުން ނިމޭނީ، ބަޣާވާތްކުރާ މީހުންނަށް ހައްގު އަދަބު ދެވިގެންނެވެ. ބަޣާވާތް ކުރި މީހުންނަށް ދިވެހި ދައުލަތުން ޢިނާޔަތާއި ޚިމާޔަތާއި ރައްކާތެރިކަން ދީގެން ތިބޭނަމަ، ބަޣާވާތުގެ ވާހަކަތައް ދިވެހިރައްޔިތުން ދައްކާނެއެވެ. ބަޣާވާތް ހުއްޓުވުމަށް އޮތް ހައްލަކީ އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމެވެ. ކުށްވެރިވާނަމަ ހައްގު އަދަބު ދިނުމެވެ. އެހެންނޫނީ މިއީ ނިމުމެއް ނުވާ ވާހަކައެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

19 މެއި 2017

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!
19 މާރިޗު 2017

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!
12 މާރިޗު 2017

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު
10 މާރިޗު 2017

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟
08 މާރިޗު 2017

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
08 ޖެނުއަރީ 2017

ދިވެހި ދައުލަތް އޯވަހޯލް ކުރަން ޖެހިފައި!

08 ޖެނުއަރީ 2017
ދިވެހި ދައުލަތް އޯވަހޯލް ކުރަން ޖެހިފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް