Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ޓީސީ ބަލިކޮށް ވެލެންސިއާ ދެވަނައަށް

2 ފެބުރުއަރީ 2021 | އަންގާރަ 14:04

ޓީސީ އަތުން ވެލެންސިއާ މޮޅުވީ 2-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 2 ފެބުރުއަރީ 2021 | އަންގާރަ 14:04
ވެލެންސިއާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވެލެންސިއާ މޮޅުވީ 2-0 ން

ވެލެންސިއާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވެލެންސިއާ މޮޅުވީ 2-0 ން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ހަވީރު ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް ލީގު ތާވަލުގެ ދެވަނައަށް ކުލަބު ވެލެންސިއާ ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ވެލެންސިއާއިން ފުލުފުލުގައި ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު، އެ ޓީމުގެ އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އޭގެ ފަހުން ޓީސީގެ މެލްކަމް ކޮނޭލިއަސް ސްޓެވާޓަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ވެލެންސިއާގެ ޑިފެންޑަރުން ވަނީ އޭނާ ފޮނުވާލި ހަމަލާ ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެލެންސިއާއިން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 57 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސެންޓޭއެވެ. އަދި އޭގެ ފަހުންވެސް މި މެޗުގައި ވެލެންސިއާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 72 ވަނަ މިނެޓުގައި އެ ޓީމުގެ އެންޓޯނިއޯ ސޮލާ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. އަދި މެޗުގެ 82 ވަނަ މިނެޓުގައި ސެންޓޭއަށް ވަނީ ލީޑު ފުޅާ ކުރުމަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގައި ވެލެންސިއާއިން ލީޑު ފުޅާކޮށްފައިވަނީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަޙްމަދު އިމާޒް (އާއްކޮ) އެވެ.

މި މެޗުގެ ކުރިން ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ކަރަންޓީނުކުރުމާ ގުޅިގެން އޭނާ ދަނޑަށް ހާޒިރުވެފައެއް ނުވެއެވެ. މި މެޗަށްފަހު ވާހަކަ ދައްކަމުން ވެލެންސިއާގެ އެސިސްޓަންޓް ކޯޗު ހުސެއިން އިބްރާހީމް އިލްމާއު ބުނީ އެ ޓީމުން މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދުމަށް ކަމަށާއި، އެކަން ހާސިލުވުމުން ހިތްހަމަޖެހޭ ކަމަށެވެ.

އަންގާރަ ދުވަހުގެ މެޗަކީ ޓީސީގެ ކޯޗުގެ މަގާމާ މުޙައްމަދު ނިޒާމް (ނިޒާމްބެ) ހަވާލުވި ފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗަށްފަހު ނިޒާމްބެ ބުނީ މެޗުން ބަލިވި ނަމަވެސް، ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކުގައި ނަތީޖާ ރަނގަޅުކުރަން މަސައްކަތް ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މި މޮޅާއެކު ވެލެންސިއާއިން ލީގު ތާވަލުގެ ދެވަނައަށް ޖެހިލީ ކުޅުނު ނުވަ މެޗުން ލިބުނު 15 ޕޮއިންޓާއެކުގައެވެ. ލީގު ތާވަލުގެ ތިންވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށް އަށް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ލީގުގައި އަންގާރަ ދުވަހުގެރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ދެވަނައަށް އަލުން އެރުމުގެ ފުރުސަތު ދަ ގްރާންޑޭއަށް އެބައޮތެވެ. މީގެ އިތުރުން ވެލެންސިއާ އަތުން ބަލިވި ޓީސީ އޮތީ ތާވަލުގެ ފަސްވަނައިގައި ނުވަ މެޗުން ނުވަ ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް