Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުސްތާފީ ޝާލްކާއަށް ބަދަލުވުން

އާސެނަލް ދޫކޮށް މުސްތާފީ ޝާލްކާއަށް

2 ފެބުރުއަރީ 2021 | އަންގާރަ 12:40

މުސްތާފީ ޝާލްކާއަށް ބަދަލުވީ ދާއިމީ އެއްބަސްވުމެއް ދަށުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ފެބުރުއަރީ 2021 | އަންގާރަ 12:40
އާސެނަލަށް ކުޅެމުން އައި ޖަރުމަނުގެ ޑިފެންޑަރު ޝޮކްޑްރަން މުސްތާފީ

އާސެނަލަށް ކުޅެމުން އައި ޖަރުމަނުގެ ޑިފެންޑަރު ޝޮކްޑްރަން މުސްތާފީ

އާސެނަލް ދޫކޮށް ޖަރުމަނުގެ ޑިފެންޑަރު ޝޮކްޑްރަން މުސްތާފީ ޝާލްކާއަށް ބަދަލުވެއްޖެއެވެ.

ޓްރާންސްފާ ބާޒާރުގެ ފަހު ދުވަހު މުސްތާފީ ޝާލްކާއަށް ބަދަލުވީ ދާއިމީ އެއްބަސްވުމެއް ދަށުންނެވެ. ޝާލްކާއިން މުސްތާފީގެ ސޮއި ހޯދީ އެ ޓީމަށް ކުޅެމުން އަންނަ ތުރުކީގެ ޒުވާން ޑިފެންޑަރު އޮޒާން ކަބަކް ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ބަދަލުވުމާ ގުޅިގެންނެވެ.

އާސެނަލް ދޫކޮށް އުމުރުން 28 އަހަރުގެ މުސްތާފީ ޝާލްކާއަށް ބަދަލުވިއިރު، މި ސީޒަނުގައި އޭނާ އާސެނަލަށް ކުޅެދީފައިވަނީ އެންމެ ނުވަ މެޗެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގައި އޭނާ އެންމެ ތިން މެޗު ކުޅެފައިވާއިރު، މި ތިން މެޗުގައިވެސް މުސްތާފީ ކުޅެން އަރާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

އެހެންނަމަވެސް 2016 ވަނަ އާސެނަލާ ގުޅުނު މުސްތާފީ ވަނީ މީގެ ކުރިން އެ ޓީމުގެ ފަހަތުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން މުސްތާފީ ވަނީ އާސެނަލަށް 151 މެޗު ކުޅެދީ ނުވަ ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ އާސެނަލާއެކު އިނގިރޭސި އެފްއޭ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.

ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުންވެސް ޖާގަ ހޯދާފައިވާ މުސްތާފީއަކީ 2014 ވަނަ އަހަރު އެ ގައުމުން ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެކެވެ. އެގޮތުން މުބާރާތުގެ ކުރީކޮޅު މުސްތާފީ އެ ގައުމަށް މުހިންމު މެޗުތަކެއް ކުޅެދިން ނަމަވެސް، ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއް ސަބަބުން އޭނާއަށް މުބާރާތުގެ ފަހު މެޗުތައް ގެއްލުނެވެ.

އާސެނަލުން ފުރުސަތު ލިބުން މަދުވުމާއެކު މުސްތާފީ ޝާލްކާއަށް ބަދަލުވިއިރު، ޖަރުމަން ލީގުގައި ޝާލްކާ އޮތީ ތާވަލުގެ ފުލުގައެވެ. އެގޮތުން އެ ޓީމަށް ކުޅުނު 19 މެޗުން ލިބިފައިވަނީ އެންމެ އަށް ޕޮއިންޓެވެ. ލީގުގައި ޝާލްކާއި ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ނުކުންނާނީ އާރްބީ ލެއިޕްޒީގާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް