Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާ އާއި ދަ ގްރާންޑޭގެ މެޗު

މާޒިޔާ މެޗުން މޮޅުވެވޭނެ: އިންމަ

1 ފެބުރުއަރީ 2021 | ހޯމަ 14:45

ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 2-2 ން ދެ ޓީމު އެއްވަރުވެގެން

އަތޫފް އާތިފް
އަތޫފް އާތިފް | 1 ފެބުރުއަރީ 2021 | ހޯމަ 14:45
ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ)

ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ)

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ނުކުންނަ މެޗަކީ އުނދަގޫ މެޗެއް ކަމަށާއި، އެކަމަކު އެ މެޗުން މޮޅުވުމުގެ ފުރުސަތު އެބައޮތް ކަމަށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނެފިއެވެ.

ލީގުގެ ދެވަނަ ބުރުގައި މާޒިޔާ އާއި ދަ ގްރާންޑޭ ބައްދަލުކުރާއިރު، ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 2-2 ން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗުގައި މާޒިޔާއަށް އިރުޝާދު ދީފައިވަނީ އެސިސްޓަންޓް ކޯޗު އަޙްމަދު ސުޒައިރެވެ.

ލީގުގައި އަންގާރަ ދުވަހުގެރޭ މާޒިޔާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އިންމަ ބުނީ މާޒިޔާއަކީ ހުރިހާ ގޮތަކުންވެސް ވަރުގަދަ ޓީމެއް ކަމަށާއި، އެކަމަކު މި މެޗަށް ދަ ގްރާންޑޭ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. އަދި މާޒިޔާއާ ކުރިމަތިލާއިރު ވިސްނަން ޖެހޭ ވަރަށް ބައިވަރު ކަންކަން ހުންނާނެ ކަމަށާއި، ގައުމީ ފުޓްބޯޅަ ޓީމުގެ އެހާ ގިނަ ކުޅުންތެރިން ތިބި ޓީމަކާ ދެކޮޅަށް ނުކުތް ނަމަވެސް، މެޗުން މޮޅުވެވޭނެ ކަމަށާއި، މި މެޗުން މޮޅުވުމަށް ކުޅުންތެރިން މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް އިންމަ ވަނީ ބުނެފައެވެ.

ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗަށްފަހު މާޒިޔާއިން ބިދޭސީ ކޯޗެއް ހަމަޖައްސާފައިވާއިރު، އިންމަ ބުނީ އައު ކޯޗާއެކު މާޒިޔާއިން އެ ޓީމުގެ ކުޅުމުގެ ވައްޓަފާޅި ވަރަށް ތަފާތު ކަމަށާއި، މާޒިޔާއަކީ މިހާރު ރީތި ފުޓުބޯޅައެއް ކުޅޭ ޓީމެއް ކަމަށެވެ.

ދަ ގްރާންޑޭ މެޗުގެ ކުރިން މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ ދަ ގްރާންޑޭއިން ފަހަކަށް އައިސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކަމަށާއި، މި މެޗަށް ނުކުންނައިރު މާޒިޔާއަށް އޮތް އެންމެ ބޮޑު މައްސަލައަކީ ބައެއް މުހިންމު ކުޅުންތެރިން އަނިޔާގައި ތިބުން ކަމަށެވެ.

އަދި މި މެޗަކީ ލީގު ތާވަލުގެ އެއްވަނައިގައި ލީޑު ދެމެހެއްޓުމަށް މާޒިޔާއަށް ވަރަށް މުހިންމު މެޗެއް ކަމަށާއި، އެހެންކަމުން މި މެޗަށް މާޒިޔާއިން ނުކުންނާނީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން، ރީތި ފުޓްބޯޅައެއް ކުޅުމަށް ކަމަށްވެސް ވިޑަކޮވިޗް ބުންޏެވެ.

ދަ ގްރާންޑޭ މެޗަށް ނުކުންނައިރު، ލީގުގައި މިހާތަނަށް އެއްވެސް މެޗަކުން މާޒިޔާ ބަލިވެފައެއް ނުވެއެވެ. އެއާއެކު ތާވަލުގެ އެއްވަނައިގައި މާޒިޔާ އޮތީ ކުޅުނު އަށް މެޗުން ލިބުނު 18 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އޮތް ދަ ގްރާންޑޭއަށް އަށް މެޗުން ވަނީ 15 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން މި މެޗުން މޮޅުވެ މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރުމުގެ ފުރުސަތު ދަ ގްރާންޑޭއަށް އެބައޮތެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ދަ ގްރާންޑޭ ބައްދަލުކުރާ މެޗު ފަށާނީ އަންގާރަ ދުވަހުގެރޭ 21:00 ގައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް