Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިސްޓަރ މޯލްޑިވްސް ބޭއްވުން

ކުރިއަށް އޮތް ތިން އަހަރަށް މިސްޓަރ މޯލްޑިވްސް ރާއްޖެޓީވީއަށް

1 ފެބުރުއަރީ 2021 | ހޯމަ 13:50

މިސްޓަރ މޯލްޑިވްސްގެ އެކްސްކުލޫސިވް ރައިޓްސް ކުރިއަށް އޮތް ތިން އަހަރަށް ރާއްޖެޓީވީއަށް ވަނީ ލިބިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 1 ފެބުރުއަރީ 2021 | ހޯމަ 13:50
މޯލްޑިވްސްގެ އެކްސްކުލޫސިވް ރައިޓްސް ރާއްޖެޓީވީއަށް ދިނުމަށް އެއްބަސްވުމުގައި ސޮއިކުރުމަށްފަހު

މޯލްޑިވްސްގެ އެކްސްކުލޫސިވް ރައިޓްސް ރާއްޖެޓީވީއަށް ދިނުމަށް އެއްބަސްވުމުގައި ސޮއިކުރުމަށްފަހު

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ބާއްވަމުން އަންނަ ނެޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕް (މިސްޓަރ މޯލްޑިވްސް) ގެ އެކްސްކުލޫސިވް ރައިޓްސް ކުރިއަށް އޮތް ތިން އަހަރަށް ރާއްޖެޓީވީއަށް ދީފިއެވެ.

މިސްޓަރ މޯލްޑިވްސްގެ މުޅި އިވެންޓް މި އަހަރުން ފެށިގެން ތިން އަހަރަށް ރާއްޖެޓީވީއަށް ދިނުމަށް އެއްބަސްވީ ހޯމަ ދުވަހު ރާއްޖެޓީވީގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި އެއްބަސްވުމުގައި ރާއްޖެޓީވީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަލީމް ސޮއިކުރެއްވިއިރު، ބީބީއޭއެމުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ނައިބު ރައީސް އަޙްމަދު އައިމަނެވެ.

މި އެއްބަސްވުމާއެކު ކުރިއަށް އޮތް ތިން އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މިސްޓަރ މޯލްޑިވްސްގެ އެކްސްކުލޫސިވް ރައިޓްސް ރާއްޖެޓީވީއަށް ވަނީ ލިބިފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން މިސްޓަރ މޯލްޑިވްސް ޕްރޮމޯޓް ކުރުމަށް މުބާރާތުގެ އެތުލީޓުންނާއެކު ރާއްޖެޓީވީން މަސައްކަތްކުރާއިރު، އެ މުބާރާތައް ހާއްސަކޮށްގެން ޕްރީ-ޝޯތަކެއް ތައްޔާރުކުރުމަށްވެސް ވަނީ ނިންމާފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބީބީއޭއެމްގެ ނައިބު ރައީސް އަޙްމަދު އައިމަން ވިދާޅުވީ މިސްޓަރ މޯލްޑިވްސްއަކީ ދިވެހިން ވަރަށް ޝައުގުވެރިކަމާއެކު ދެކެން ބޭނުންވާ ޝޯއެއް ކަމަށާއި، މި ޝޯ ހިންގުމަށް ރާއްޖެޓީވީއާއެކު ސޮއިކުރުމާއެކު، ޝޯ އިތުރަށް ފުރިހަމަވެގެންދާ ކަމަށެވެ. އަދި މި ދަތި ހާލަތުގައިވެސް ރާއްޖެޓީވީން ކުޅިވަރަށް ދޭ އަހަންމިއްޔަތުކަން މިކަމުން ވަރަށް ބޮޑަށް ފާހަގަވާ ކަމަށާއި، ބޮޑީބިލްޑިންގއަަކީ ސިއްހަތާ ގުޅިފައިވާ ކަމަކަށްވާއިރު، ރާއްޖެޓީވީން ސިއްހަތަށް ދޭ އަހަންމިއްޔަތުކަންވެސް ފާހަގަވާ ކަމަށްވެސް އައިމަން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ބޮޑީބިލްޑަރުންގެ ފަރާތުން ވާހަކަދައްކަމުން އަލީ ސަލީމް އިބްރާހީމް ބުނީ މި ފެންވަރުގެ މުބާރާތެއް ރާއްޖެޓީވީން އިސްނަގައިގެން ތިން އަހަރުގެ މުއްދަތަށް ނެގުމަކީ ބޮޑީބިލްޑަރުންނަށްވެސް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މިކަމުން ބޮޑީބިލްޑަރުން ކުރާ ބުރަ މަސައްކަތް ރާއްޖެޓީވީގެ ފަރާތުންވެސް ބަލައިގެންފައިވާކަންވެސް ހާމަވެގެންދާ ކަމަށްވެސް ބުންޏެވެ.

މި ރަސްމިއްޔާތަށްފަހު ރާއްޖެޓީވީގެ ސްޕޯޓްސް ހެޑް ހުސެއިން ފަރިޔާޒް ވިދާޅުވީ މިސްޓަރ މޯލްޑިވްސް ބޭއްވުމަށް ރާއްޖެޓީވީއާއެކު އެއްބަސްވެގެން ދިޔުމާއެކު، މި ކަމުގެ ސަބަބުން ބީބީއޭއެމަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި މިސްޓަރ މޯލްޑިވްސް ނެގުމުގެ އެންމެ ބޮޑު ބޭނުމަކީ ކުޅިވަރު ކުރިއެރުވުމަށް ރާއްޖެޓީވީން ކުރަމުންދާ މަސައްކަތް އިތުރަށް ފުޅާކޮށް، ބޮޑީބިލްޑިންނަކީ ރާއްޖޭގެ މަގުބޫލް ކުޅިވަރަކަށް ހަދައި، ބޮޑީބިލްޑަރުންނަކީ ގިނަ ބަޔަކަށް އެނގޭނެ ބަޔަކަށް ހެދުން ކަމަށްވެސް ވިދާޅުވިއެވެ. އަދި މި އެއްބަސްވުމާއެކު މިސްޓަރ މޯލްޑިވްސް ކުލަގަދަ އިވެންޓަކަށް ހެދުމަށް ރާއްޖެޓީވީން މަސައްކަތްކުރާނެ ކަމަށްވެސް ފަރިޔާޒް ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ތިން އަހަރަށް މިސްޓަރ މޯލްޑިވްސްގެ އެކްސްކުލޫސިވް ރައިޓްސް ރާއްޖެޓީވީއަށް ދިންއިރު، މި އަހަރުގެ ބޭއްވުމަށް ހަމަޖެހިފައިވާ 19 ވަނަ ނެޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕް (މިސްޓަރ މޯލްޑިވްސް) އޮންނާނީ މާޗު މަހުގެ 26 ވަނަ ދުވަހުއެވެ. މި އަހަރުގެ މުބާރާތް މާޗު މަހު ބޭއްވުމަށް ތާވަލުކުރިއިރު، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު މުބާރާތް ބާއްވާފައެއް ނުވެއެވެ

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް