Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނަށް އެސްޓްރަޒެނެކާ ވެކްސިން

ކޮވެކްސް މެދުވެރިކޮށް ޕާކިސްތާނަށް އެސްޓްރަޒެނެކާ ވެކްސިންގެ 17 މިލިއަން ޑޯޒް

31 ޖެނުއަރީ 2021 | އާދީއްތަ 02:37

ހަ މިލިއަން ޑޯޒް މި އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި ލިބޭނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 31 ޖެނުއަރީ 2021 | އާދީއްތަ 02:37
އެސްޓްރަޒެނެކާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ޕާކިސްތާނުން ވަނީ ދީފައި

އެސްޓްރަޒެނެކާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ޕާކިސްތާނުން ވަނީ ދީފައި

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ޕާކިސްތާނަށް، އެސްޓްރަޒެނެކާ-އޮކްސްފޯޑް ޔުނިވާސިޓީގެ ކޮވިޑް-19 ވެކްސިންގެ 17 މިލިއަން ޑޯޒް ލިބިފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

ޕާކިސްތާނުގެ އޮފިޝަލަކު މީޑިއާއަށް މަޢުލޫމާތުދީފައިވާ ގޮތުގައި ކޮވެކްސް މެދުވެރިކޮށް އެގައުމަށް ލިބިފައިވާ ވެކްސިންގެ ޑޯޒްތަކުގެ ތެރެއިން ހަ މިލިއަން ޑޯޒް މި އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި ޕާކިސްތާނަށް ލިބޭނެއެވެ. އަދި ބާކީ ހުރި ޑޯޒްތައް އަހަރުގެ މެދުތެރޭގައި ލިބޭނެކަމަށް އޭނާ ބުނެއެވެ.

ޕާކިސްތާނުން ކޮވެކްސް ފެސިލިޓީގައި ބައިވެރިވެފައި ވަނީ 2020 ވަނަ އަހަރުއެވެ. އަދި ކޮވެކްސް މެދުވެރިކޮށް އެގައުމަށް ބޭނުންވާ ވެކްސިންގެ ގިނަ ޑޯޒް ލިބޭނެ ކަމަށް ޕާކިސްތާނުން ބުނެއެވެ.

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޕާކިސްތާނުގައި ވެކްސިންދިނުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންދާ އިރު، ޗައިނާގެ ސިނޮފާމް ކުންފުނިން ކޮވިޑް-19 އަށް އުފައްދާ ވެކްސިންގެ ފަސް ލައްކަ ޑޯޒް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ލިބިގެންދާނެ ކަމަށް އެގައުމުން ބުނެއެވެ. އަދި ސިނޮފާމް އިން އިތުރު އެއް މިލިއަން ޑޯޒް ފޯރުކޮށްދޭނެ ކަމަށް ޕާކިސްތާނުން ގަބޫލުކުރެއެވެ.

ޕާކިސްތާނުން މިހާތަނަށް އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީގެ ވެކްސިންގެ އިތުރުން ސިނޮފާމްގެ ވެކްސިން އެމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ރަޝިއާގެ ސްޕަޓްނިކް ވީއަށް އެގައުމުން ހުއްދަ ދެވިގެންދާނެ ކަމަށް އެގައުމުގެ އޮފިޝަލަކު ވިދާޅުވެފައިވާ ކަމަށް އަރަބް ނިއުސްގައި ވަނީ ރިޕޯޓްކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

22 ޑިސެމްބަރު 2018

ޔޫއޭއީއިން ޕާކިސްތާނަށް ތިން ބިލިއަން ޑޮލަރުގެ އެހީއެއް ދެނީ

22 ޑިސެމްބަރު 2018
ޔޫއޭއީއިން ޕާކިސްތާނަށް ތިން ބިލިއަން ޑޮލަރުގެ އެހީއެއް ދެނީ
02 ސެޕްޓެމްބަރު 2018

ޕާކިސްތާނަށް ދޭ އަސްކަރީ އެހީއިން 300 މިލިއަން ޑޮލަރު އެމެރިކާއިން ކަނޑާލައިފި

02 ސެޕްޓެމްބަރު 2018
ޕާކިސްތާނަށް ދޭ އަސްކަރީ އެހީއިން 300 މިލިއަން ޑޮލަރު އެމެރިކާއިން ކަނޑާލައިފި
13 ޖުލައި 2018

ޕާކިސްތާނަށް ވަޑައިގަތުމާއެކު ނާވާޒު ޝަރީފާއި ދަރިކަނބަލުން މަރިޔަމް ހައްޔަރު ކޮށްފި

13 ޖުލައި 2018
ޕާކިސްތާނަށް ވަޑައިގަތުމާއެކު ނާވާޒު ޝަރީފާއި ދަރިކަނބަލުން މަރިޔަމް ހައްޔަރު ކޮށްފި
21 މެއި 2018

ޕާކިސްތާނަށް ޖާސޫސު ކޮށްދިންކަމުގެ ކުށް ސާބިތުވެ އިންޑިއާގެ ޑިޕްލޮމޭޓަކު 3 އަހަރަށް ޖަލަށް

21 މެއި 2018
ޕާކިސްތާނަށް ޖާސޫސު ކޮށްދިންކަމުގެ ކުށް ސާބިތުވެ އިންޑިއާގެ ޑިޕްލޮމޭޓަކު 3 އަހަރަށް ޖަލަށް
29 މާރިޗު 2018

މަލާލާ ފުރަތަމަފަހަރަށް އެނބުރި ޕާކިސްތާނަށް ގޮސްފި

29 މާރިޗު 2018
މަލާލާ ފުރަތަމަފަހަރަށް އެނބުރި ޕާކިސްތާނަށް ގޮސްފި
02 ޖެނުއަރީ 2018

ޓްރަމްޕްގެ އަހަރުގެ ފުރަތަމަ ޓްވީޓްގައި ޕާކިސްތާނަށް ބަހުގެ ޙަމަލާތަކެއް

02 ޖެނުއަރީ 2018
ޓްރަމްޕްގެ އަހަރުގެ ފުރަތަމަ ޓްވީޓްގައި ޕާކިސްތާނަށް ބަހުގެ ޙަމަލާތަކެއް
07 ސެޕްޓެމްބަރު 2017

އެމެރިކާ އިން ސެކިޔުރީޓީ ކައުންސިލް މެދުވެރިކޮށް އުތުރު ކޮރެއާ އަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަނީ

07 ސެޕްޓެމްބަރު 2017
އެމެރިކާ އިން ސެކިޔުރީޓީ ކައުންސިލް މެދުވެރިކޮށް އުތުރު ކޮރެއާ އަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަނީ
07 އޯގަސްޓު 2017

އެމެރިކާ އިސްވެ އޮވެ ސެކިޔުރިޓީ ކައުންސިލް މެދުވެރިކޮށް އެޅި ފިޔަވަޅުތަކުގެ ރައްދު ދޭނަން: އުތުުރު ކޮރެއާ

07 އޯގަސްޓު 2017
އެމެރިކާ އިސްވެ އޮވެ ސެކިޔުރިޓީ ކައުންސިލް މެދުވެރިކޮށް އެޅި ފިޔަވަޅުތަކުގެ ރައްދު ދޭނަން: އުތުުރު ކޮރެއާ
17 މެއި 2017

ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި

17 މެއި 2017
ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި
07 މާރިޗު 2017

އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި

07 މާރިޗު 2017
އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް