Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރިޔާސީ އިންތިޚާބު 2018

ޕާކިސްތާނަށް ދޭ އަސްކަރީ އެހީއިން 300 މިލިއަން ޑޮލަރު އެމެރިކާއިން ކަނޑާލައިފި

އެހީތައް ކަނޑާލާނެކަމުގެ އިޝާރާތެއް ކުރިންވެސް އެމެރިކާއިން ދިން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 2 ސެޕްޓެމްބަރު 2018 | އާދީއްތަ 13:32
ޕާކިސްތާނާއިމެދު އެމެރިކާއިން ކުރާ ތުހުމަތުތައް ޕާކިސްތާނުން ދޮގުކުރޭ

ޕާކިސްތާނާއިމެދު އެމެރިކާއިން ކުރާ ތުހުމަތުތައް ޕާކިސްތާނުން ދޮގުކުރޭ

ޕާކިސްތާނަށް ދޭ އަސްކަރީ އެހީއިން 300 މިލިއަން ޑޮލަރު ކަނޑާލުމަށް އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާގެ ދިފާޢި ވުޒާރާ ޕެންޓަގަންއިން ބުނީ ޕާކިސްތާނަށް ދޭ އެހީއިން ބައެއް ކަނޑާލަން ޖެހުނީ ހަނގުރާމަވެރި ޖަމާޢަތްތައް ހުއްޓުވުމަށް އެޤައުމުގެ އަސްކަރިއްޔާއަށް ނުކުޅެދުމުންކަމަށެވެ. ޕެންޓަގަންއިން ބުނީ އެމެރިކާއިން ދޭ އެހީގެ ދާއިރާތައް އިތުރަށް އެޤައުމުން ވިސްނަމުންދާކަމަށެވެ. ޕާކިސްތާނަށް ދޭ އަސްކަރީ އެހީ ކަނޑާލާނެކަމަށް އެމެރިކާއިން ރަސްމީކޮށް ހޮނިހިރު ދުވަހު އިއުލާންކުރިނަމަވެސް، ޕާކިސްތާނަށް ދޭ ހުރިހާ ސަލާމަތީ އެހީއެއް ކަނޑާލާނެކަމަށް އެމެރިކާއިން މިދިޔަ ޖެނުއަރީ މަހު ވަނީ އިއުލާންކޮށްފައެވެ.

މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޕާކިސްތާނުން އެމެރިކާގެ އެހީ ހޯދުމަށްފަހު އެމެރިކާއަށް އޮޅުވާލަމުންދާކަމަށް ތުހުމަތުކުރައްވާފައެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި ޕާކިސްތާނަކީ ހަނގުރާމަވެރިންނަށް ރައްކާތެރި މާހައުލެކެވެ. އަދި އެޤައުމުގައި ތިބެގެން ސަރަހައްދީ ރޮނގު ހުރަސްކޮށް އަފްޣާނިސްތާނަށް ހަނގުރާމަވެރިން ހަމަލާދެމުންދާކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ޕެންޓަގަންއިން ވަނީ ހައްޤާނީ ނެޓްވޯކާއި، ޕާކިސްތާނުގެ ޠާލިބާނުން ހުއްޓުވުމަށް ޕާކިސްތާނަށް ނުކުޅެދިފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާއިން ވަނީ އެއްވެސް ތަފާތުކުރުމެއް ނެތި ހުރިޙާ ޓެރަރިސްޓް ގްރޫޕްތަކާއި ދެކޮޅަށް ހަނގުރާމަކުރުމަށް ޕާކިސްތާނަށް ގޮވާލާފައެވެ.

އެމެރިކާއިން ޕާކިސްތާނަށް ދޭ އެހީގެ ތެރެއިން އެތައް ސަތޭކަ މިލިއަން ޑޮލަރެއް ކަނޑާލާފައިވާކަން އިއުލާންކޮށްފައި މިވަނީ ޕާކިސްތާނުގެ އައު ބޮޑުވަޒީރު އިމްރާން ޚާންއާއި ބައްދަލުކުރެއްވުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އިސްލާމްއާބާދަށް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވަނިކޮށެވެ.

ޕާކިސްތާނަށް ދޭ އަސްކަރީ އެހީ ކަނޑާލުމަށް އެމެރިކާއިން ނިންމިއިރު، ހުކުރު ދުވަހު އެމެރިކާއިން ވަނީ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ އދގެ ޖަމްއިއްޔާ، ޔޫއެން ރިލީފް އެޖެންސީއަށް ދެމުންދާ އެހީވެސް ކަނޑާލާފަައެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!

22 އެޕްރީލު 2017
އަފްޣާނިސްތާނުގެ އަސްކަރީ މަރުކަޒަކަށް ތާލިބާނުންގެ ވަރުދަގަ ޙަމަލާއެއް!
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
12 މާރިޗު 2017

ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ

12 މާރިޗު 2017
ވޯލްޑް ބޭންކުން މޮރޮކޯއަށް 150 މިލިއަން ޑޮލަރު ދެނީ
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
07 މާރިޗު 2017

އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި

07 މާރިޗު 2017
އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު